އިންޑިއާގެ މިލްޓްރީއަކަށް ރާއްޖޭގެ ފަސްގަނޑުގައި ޖާގައެއްނެތް: ރައީސް ޔާމީން

އިންޑިއާގެ މިލިޓްރީއަކަށް ރާއްޖޭގެ ފަސްގަނޑުގައި ޖާގައެއްނެތް ކަމަށާއި އިންޑިއާގެ ޢަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ބޭރުވާންކަމުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ. ”އިންޑިއާ ޖެހޭނީ ބޭރުވާށޭ! އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭރުވާށޭ!“ ރާއްޖޭގައި އުޅޭ އިންޑިއާގެ ޢަސްކަރިއްޔާއާ ދެކޮޅަށް ތުލުސްދޫގައި ހުކުރު ދުވަހު ހަވީރު ބޭއްވި ބޮޑު އަދި ފޯރީގަދަ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ. ”އެމީހުންނަކަށް ދިވެހިރާއްޖޭގެ ފަސްގަނޑުގައި ޖާގައެއްނެތޭ! އެއްވެސް ގޮތަކަށް ޖާގައެއްނެތް.“ ރައީސް ޔާމީނުގެ ވާހަކަފުޅުގައި ވިދާޅުވީ […]

ސައުދީ އޮތީ އިޒުރޭލާއެކު ގުޅުން ބަދަހި ކުރުމަށް ތައްޔާރަށް

އަރަބި ގައުމުތަކުން 2002 ވަނަ އަހަރު ހުށައަޅާފައިވާ ޝަރުޠުތަކަށް އިޒުރޭލުން އެއްބަސްވާނަމަ އެގައުމާއެކު ގުޅުން ބަދަހި ކުރުމަށް ސައުދީ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުން ބުނެފިއެވެ. ސައުދީ ސަރުކާރުން އ.ދއަށް ކަނޑައަޅުއްވާފައިވާ މަންދޫބު އަލްމަޢުލޫމީ، އަރަބް ނޫސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ސައުދީ ސަރުކާރުން އަރަބި ގައުމުތަކުގެ މެދުގައި ސުލްހަވެރިކަން ބޭއްވުމަށް މަސައްކަތް ކުރާނެއެވެ. މިގޮތުން ސައުދީއިންވަނީ 1967 ވަނަ އަހަރު އިޒުރޭލުން ހިފާފައިވާ އަރަބި ބިންތައް އިޒުރޭލުން ދޫކޮށްލުމުގެ އިތުރުން، އިރުމަތީ ޖެރޫސަލެމްގައި […]

އިންޑިއާގެ 11 ސްޓޭޓަކަށް އޮމިކްރޯން ފެތުރިއްޖެ

ކޮރޯނާ ވައިރަސްގެ އެންމެ ނުރައްކާތެރި ވައްތަރު، އޮމިކްރޯން އިންޑިއާގެ 11 ސްޓޭޓަކަށް ފެތުރި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ. އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހަމަކުރާ ގޮތުގައި 73 މީހުންނަށް މިހާރު ވަނީ އޮމިކްރޯން ޖެހިފައެވެ. ބަލި ޖެހިފައިވާ އެންމެ ގިނަ މީހުން ތިބީ މަހާރާޝްޓްރާގައެވެ. އެ ސްޓޭޓުން މިހާތަނަށް ބަލިޖެހިފައިވާ 32 މީހުން ވަނީ ފެނިފައެވެ. މަހާރާޝްޓްރާއަކީ ކޮވިޑް-19 އިންޑިއާއިން އެންމެ ގިނަ މީހުންނަށް ޖެހުނު އެއް ސަރަހައްދެވެ. މީޑިއާ ރިޕޯޓުތަކަށް ބަލާއިރު […]

ގައުމު ބަނގުރޫޓު ވެއްޖެ : ކުރީގެ ޗެއާރމަން އެފްއާރު، ޝައްބިރު ޒައިދީ

ގައުމު ބަނގުރޫޓު ވެފައިވާކަމަށް ޕާކިސްތާނުގެ ފެޑެރަލް ބޯޑު އޮފް ރެވެނިއު (އެފްބީއާރު)ގެ ކުރީގެ ޗެއާމަން ޝައްބިރު ޒައިދީ ވިދާޅުވެއްޖެއެވެ. ”ގައުމުގެ ކަންތައް ހިންގަމުން ދަނީ ވަރަށް ރަނގަޅަށް. އަޅުގަނޑުމެން ވަރަށް ގިނަ ކާމިޔާބީތައް ހާސިލުކޮށްފިން. އަޅުގަނޑުމެން ހެއު ބަދަލުތަކެއް ގެނެސްފިން. މިހެން ކިޔައިގެން ދައްކާ ވާހަކަތައް ރަނގަޅެއް ނޫން.“ އޭނާ ވިދާޅުވިއެވެ. ”އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގައުމު ބަނގުރޫޓު ވެއްޖެ.“ އިގުތިސާދީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިގުތިސާދީ މާހިރެއްކަމުގައިވާ ޝައްބިރު ޒައިދީ ވިދާޅުވީ ގައުމުގެ ކަންތައްތައް ވަރަށް […]

ނަޒާކީ ޒަކީ ޕީޕީއެމްއަށް: ޒަކީ ވިދާޅުވީ ގައުމު ހަލާކުކޮށް ނުލާށޭ!

Maldives Dhivehi News

”ދޮގާއި މަކާރާއި ހީލަތް ހަދައިގެން ރައްޔިތުންނަށް އޮޅުވާ ނުލާ! ގައުމު ހަލާކުކޮށް ނުލާ!“ އާދީއްތަ ދުވަހުގެ ރޭ ޕީޕީއެމްއާ ގުޅިވަޑައިގަތުމުގެ ކުރިން ސިޔާސީ ގޮތުންވެސް އެންމެން ދެނެފަރިތަ މަޝްހޫރު ވިޔަފާރިވެރިޔާ ނަޒާކީ ޒަކީ ވިދާޅުވިއެވެ. ”މިއީ ރައީސް ޔާމީނާ ގުޅިގެން މި ގައުމު ސަލާމަތް ކުރަންވީ ވަގުތު. ގައުމަށް ޓަކައި އެބޭފުޅަކަށް ކުރެއްވުނު ހެއު ކަމެއް ކުރައްވާ! އަޅުގަނޑުމެންގެ ގައުމު ހަލާކުކޮށްނުލައްވާ!“ ޒަކީ އަކީ ރާއްޖޭގައި ޑިމޮކްރެސީ ގެނެވުމަށް ކުރި ދަތުރުގައި ޢުމުރުގެ ޖަލު ޙުކުމެއް ލިބި […]

އިނގިރޭސި ވިލާތަށް ނުރައްކާ: އޮމިކްރޯންގެ ސުނާމީއެއް

Maldives Dhivehi News

އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސްގެ އާ ވައްތަރެއްކަމަށްވާ އޮމިކްރޯން ފުޅާ ދާއިރާއެއްގައި ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސައިންސްވެރިން މަކާބެހޭ އިދާރާތަކުގައި އެދެމުން އެބަގެންދެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިނގިރޭސިވިލާތުގައި ވަރުގަދަ ނުކުރެވިއްޖެނަމަ ޖެނުއަރީ މަހުގެ ތެރޭގައި އެގައުމުގައި ކޮރޯނާ ވައިރަހުގެ އައު ރާޅެއް އުފެދިގެން ދާނެއެވެ. އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓްރީގެ އިސްބޭފުޅަކު ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ 30 ޕަސެންޓަކީ އޮމިކްރޯންގެ ވައްތަރެވެ. ސިއްހީ ދާއިރާއިން ހާމަކުރާ ގޮތުގައި […]

ރައީސް ޔާމީން މިނިވަން ވުމާއެކު ސަރުކާރު ވަނީ ނިމިފައި: ޓޮމް

ރައީސް ޔާމީން މިނިވަން ވުމާއެކު މިސަރުކާރު ވަނީ ނިމިފައި ކަމަށް މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ. ޕީޕީއެމް-ޕީއެންސީން އިންތިޒާމުކޮށްގެން ކާނިވާ ސަރަހައްދުގައި ”ކޮތަރު ކޮށި“ ނަމުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޠާރިޤް ތަކުރާރުކޮށް ވިދާޅުވިއެވެ. ”މި ސަރުކާރު މިވަނީ ނިމިފައި.“ ”އެބޭފުޅުންނަށް ސާފުކޮށް އެނގޭނެ 2023 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން.“ އޭނާ އިތުރަށް ވިދާޅުވިއެވެ. ”އަދި ސަރުކާރަށް އެކަންޏެއް ނޫނޭ، އިންޑިއާއަށް […]

ރައީސް ޔާމީން ފުރުން މަނާކުރަން އަދި ޕާސްޕޯޓު ހިފަހައްޓަން ވެސް ކޯޓުން އަމުރެއް ނުނެރުނު

ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓުމަށާއި ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނުނިމެނީސް ފުރާވަޑައިގަތުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށް ކްރިނަލް ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އިން ހުށަހެޅި މައްސަލައިގައި ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓުމަށާއި ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނުނިމެނީސް ފުރާވަޑައިގަތުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ. ޝަރީޢަތް ނިމެންދެން ރައީސް ޔާމީން ފުރާވަޑައިގަތުން މަނާ ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި މައްސަލާގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް […]

އިންޑިއާގެ އެއް އާއިލާއެއްގެ ނުވަ މީހުންނަށް ކޮރޯނާގެ އެންމެ ނުރައްކާތެރި، އޮމިކްރޯން ޖެހިއްޖެ

އިންޑިއާގެ ރާޖިސްތާނުގެ ޖޭޕޫރުގެ އެއް އާއިލާއެއްގެ ނުވަ މީހުންނަށް ކޮރޯނާ ވައިރަސްގެ އެންމެ ނުރައްކާތެރި ވައްތަރު ކަމަށްވާ އޮމިކްރޯން ޖެހިއްޖެއެވެ. އެ ނުވަ މީހުންނަށް އޮމިކްރޯން ވައިރަސް ޖެހުމުން އެ ވައިރަސް ޖެހިފައި އިންޑިއާގައި ތިބި މީހުންގެ އަދަދު 21 އަށް އަރައިފިއެވެ. އިންޑިއާގެ މީޑިއާތަކުން ޚަބަރުދޭގޮތުގައި ޖޭޕޫރުން އޮމިކްރޯން ޖެހުނު މީހުންނަކީ ދެކުނު އެފުރިކާގައި އުޅެފައި އިންޑިއާއަށް ދިޔަ ބައެކެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޮމިކްރޯންގެ ނުރައްކާތެރި ވައިރަސް ފުރަތަމަ ފެނިފައި ވަނީ ދެކުނު […]

މިއަދު މި ފެންނަނީ ހާކާލަ ހާކާލަ ތިބޭތަން: ރައީސް ވަޙީދު

ރައީސް ޔާމީނުގެ ދައުރުގައި އެމަނިކުފާނު މަސައްކަތް ކުރެއްވީ ދުރުވިސްނޭ ސިޔާސަތެއް އޮވެގެން ކަމަށާއި ތަރައްގީވެފައިވާ އެހެނިން ގައުމުތަކުގެ ނަމޫނާ މިސާލަކަށް ބައްލަވައިގެން ކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. ”އެމަނިކުފާނު ފެއްޓެވީ ބޮޑެތިކަންތައްތައް. ނިންމެވީ ބޮޑެތި މަޝްރޫޢުތައް. އެކަމުގެ ހެކިތައް ވަށައިގެން ފެންނަން މިހިރީ.“ ޕީޕީއެން-ޕީއެންސީން ހުކުރު ދުވަހުގެ ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވިއެވެ. ”އެކަމަކު […]