އިންޑިއާގެ އެއް އާއިލާއެއްގެ ނުވަ މީހުންނަށް ކޮރޯނާގެ އެންމެ ނުރައްކާތެރި، އޮމިކްރޯން ޖެހިއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ރާޖިސްތާނުގެ ޖޭޕޫރުގެ އެއް އާއިލާއެއްގެ ނުވަ މީހުންނަށް ކޮރޯނާ ވައިރަސްގެ އެންމެ ނުރައްކާތެރި ވައްތަރު ކަމަށްވާ އޮމިކްރޯން ޖެހިއްޖެއެވެ. އެ ނުވަ މީހުންނަށް އޮމިކްރޯން ވައިރަސް ޖެހުމުން އެ ވައިރަސް ޖެހިފައި އިންޑިއާގައި ތިބި މީހުންގެ އަދަދު 21 އަށް އަރައިފިއެވެ.

އިންޑިއާގެ މީޑިއާތަކުން ޚަބަރުދޭގޮތުގައި ޖޭޕޫރުން އޮމިކްރޯން ޖެހުނު މީހުންނަކީ ދެކުނު އެފުރިކާގައި އުޅެފައި އިންޑިއާއަށް ދިޔަ ބައެކެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޮމިކްރޯންގެ ނުރައްކާތެރި ވައިރަސް ފުރަތަމަ ފެނިފައި ވަނީ ދެކުނު އެފުރިކާ އިންނެވެ.

ދާދި ފަހުން ދިއްލީން ވެސް ވަނީ އޮމިކްރޯން ޖެހިފައިވާ މީހަކު ފެނިފައެވެ. އެމީހާއަކީ ޓެންޒޭނިޔާއިން ދިއްލީއަށް ދިޔަ މީހެކެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި އިންޑިއާގެ މަހާރާޝްޓްރާއިން ވެސް ވަނީ އޮމިކޮރޯން ޖެހިފައިވާ އަށް މީހުން ފެނިފައެވެ. އަދި ގުޖުރާތުން ވެސް ވަނީ އޮމިކްރޯން ވައިރަސް ޖެހިފައިވާ މީހަކު ފެނިފައެވެ.

އިންޑިއާގެ ސިއްހީ ވުޒާރާއިން ބުނިގޮތުގައި އިންޑިއާއިން ވަނީ އިހަށްދުވަހު ވެސް ކޮރޯނާ ވައިރެސް ޖެހިފައިވާ 8306 މީހުން ފެނިފައެވެ. އަދި އެދުވަހު 211 މީހުން މަރުވެފައިވެއެވެ.

އިންޑިއާގެ 34،641،561 މީހުންނަށް ކޮވިޑް ޖެހި އެ ބަލީގައި 473،537 މީހުން މަރުވެފައި ވެއެވެ.

 

 

 

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް