އައު އަހަރު 2022: ”ހާކާލަ ހާކާލަ“ ތިބޭކަށް އަންހެނަކު ވެސް ފިރިހެނަކު ވެސް ނޭދޭނެ

މިއަދުން ފެށިގެން މި ޖެހެނީ އައު އަހަރަކާއެކު ކުރިއަށް ދާށެވެ. ހިތާމައަކީ ކުރީން ވެސް ތިބި ”ލަސްލަސް“ މީހުންނާއެކު ކުރިއަށް ދާންޖެހިފައި ވާތީއެވެ. ހިތާމައަކީ ކުރީގެ ރައީސް، ގައުމީ އަދި ބައިނަލްއަގުވާމީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރ މުޙައްމަދު ޙަސަން މަނިކު ވިދާޅުވިފަދަ ”ހާކާލަ ހާކާލަ“ ތިބި ބަޔަކާ އެކު އުއްމީދުތައް ހަގީގަތަކަށް ހަދަން ނިކުންނަން ޖެހޭތީއެވެ. އިއްޔެ އިވުނީ ރާއްޖެއިން 160 މީހުން ކޮވިޑަށް ފައްސިވި ވާހަކައެވެ. އަހަރު ނިމެމުން ދިޔައިރު ކޮވިޑްގެ އަދަދުތައް ދިޔައީ މައްޗަށް […]

”އިންޑިއާ އައުޓް“އޭ ގޮވަމުންދާ ދުވަސްވަރެއްގައި ޗައިނާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ރާއްޖެއަށް ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުރާސްފަތި ދުވަހު ބުނިގޮތުގައި ޚާރިޖީ ވަޒީރު ޖެނުއަރީމަހުގެ 4 ވަނަ ދުވަހު ފަށްޓަވާ ދަތުރުފުޅުގައި އެފްރިކާގެ 3 ގައުމަކަށާއި ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި ލަންކާއަށާއި ރާއްޖެއަށް ވަޑައިގަންނަވާނީ އިރުމަތީ އެފުރިކާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅަށް ފަހުގައެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އަންނަ […]

އިދިކޮޅު ކޯލިޝަންގެ ޚާއްޞަ މަންދޫބަކަށް ނަޒާކީ ޒަކީ ހަމަޖައްސަވައިފި

ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަޑައަޅުއްވާފައިވާ ކުރީގެ ސަފީރުކަމުގެ މަގާމު އަދާކުރެއްވި ދާތޯ މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މެލޭޝިޔާއަށް ކަނޑައަޅުއްވާފައިވާ ޚާއްޞަ މަންދޫބުކަމުގައި ހަމަޖައްސަވައިފިއެވެ. އޮޕޮޒިސަން ޕީޕީއެމް-ޕީއެންސީ އިއްތިހާދުން ވަނީ ޒަކީ ޚާއްޞަ މަންދޫބަކަށް މިއަދު ކަނޑައެޅުއްވިކަން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ލަންކާގައި ހުންނަވާ މެލޭޝިޔާގެ ސަފީރުގެ އިތުރުން މެލޭޝިޔާ ފޮރިން މިނިސްޓްރީ އަށްވެސް އަންގަވާފައެވެ. އެ އެންގުމުގައި ބުނާގޮތުން އޮޕޮޒިޝަނުން ސިންގަޕޯރއަށް ކަނޑައަޅުއްވާފައިވާ ޚާއްސަ މަމްދޫބު އަކީވެސް ދާތޯ ޒަކީއެވެ. ޒަކީ ވަނީ 2009ން 2014 […]

އިންޑިއާގެ ފިލްމީ ތަރިއަކު ވައްކަން ކުރިކަމަށް އެއްބަސްވެއްޖެ

މަޝްހޫރު ފިލްމީ ތަރި ޢާމިރު ޚާން އުފެއްދި ކާމިޔާބު ފިލްމު ”ދަންގަލް“އިން ހިންދީ ފިލްމީ ދުނިޔެއަށް ތައާރަފު ވެގެންދިޔަ ސަންޔާ މަލްހޯތުރާ ސާޅި ވަގަށް ނެގިކަމަށް އިއުތިރާފު ވެއްޖެއެވެ. ބަސްދީގަތުމެއްގައި ސަންޔާ 29އ ބުނިގޮތުގައި ފިލްމެއް ކުޅެން އޭނާ އަޅަންދިން ސާޅިތަކުގެ ތެރެއިން އެތައް ސާޅިއެއް އޭނާ ވަނީ ވަގަށް ނަގާފައެވެ. އޭނާ ހާމަކުރިގޮތުގައި ހަގީގީ ދިރިއުޅުމުގައި ވެސް އޭނާ ސާޅި އަޅާހިތްވާތީ އޭނާ ސާޅި ވަގަށް ނެގީއެވެ. އަދި ވަގަށް ނެގި ސާޅިއެއް އަޅައިގެން ރައްޓެއްސެއްގެ […]

އިނގިރޭސީ ރާނީ އަވަހާރަކޮށްލަން ހަތިޔާރާއެކު ގަނޑުވަރަށް ވަންނަން އިންޑިއާ މީހަކު މަސައްކަތްކޮށްފި

އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތު II ގަނޑުވަރު ވިންޑްސޯ ކާސުލްގައި އުޅުއްވަނިކޮށް ހަތިޔާރު ހިފައިގެން ހުރި އިންޑިއާ މީހަކު ގަނޑުވަރަށް ވަންނަން އުޅެނިކޮށް ސަލާމަތީ ބާރުތަކުން އެމީހާ ހުއްޓުވައިފިއެވެ. އެ ވަގުތު ގަނޑުވަރުގައި ދިޔައީ ކްރިމަސްއަށް ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމުގެ ތައްޔާރީތައް ކުރަމުންނެވެ. ހަތިޔާރާއެކު ގަނޑުވަރަށް ވަންނަން އުޅުނު މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ އިސްބޭފުޅަކު، ހައްޔަރުކޮށްފައި ހުރި މީހާއާ ހަވާލާދީ ވިދާޅުވީ އެއީ އިންޑިއާގެ މީހެއްކަމަށާއި އެމީހާ […]

ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޟް ރައީސް ޔާމީނާ ދެކޮޅަށް ވާހަކަފުޅުދެއްކެވިޔަސް މި ޕޮއިންޓް އޮޅުއްވާ ނުލައްވާ!

ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޟު ދާދިފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. ”ޔޫޓީއެފް އެގްރިމެންޓުގެ ފެށުމަކީ 2016 ވަނަ އަހަރު އިންޑިއާއާ އެކު ސޮއިކުރެވުނު ”ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕްރޭޝަން.“ ޔޫޓީއެފް އެގްރިމެންޓުގައި ތިޔަބޭފުޅުންގެ ސަރުކާރުގެ ދައުރެއްވެސް އެބަ އޮތްކަން ވަރަށް ސާފު. ކޮންމެ ކަމެއްގަ އޮޅުވާލަން ނޫޅުއްވާ!“ ޢަބްދުﷲ ރިޔާޒުގެ ވާހަކަފުޅަށް ޖަވާބު ދެއްވި މަރިޔަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ. ”އެކްޝަން ޕްލޭނެއްގެ […]

ޢުމަރު ޒާހިރު: އެއީ ލާމަސީލު މިސާލެއް

ގައުމަށް ޚިދުމަތް ކުރެއްވުމާއި އަމިއްލަފުޅު ދިރިއުޅުއްވުމުގައި ލާމަސީލު ރީތި މިސާލުތަކެއް ދެއްކެވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު 85އ ކޮވިޑް ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު މެންދުރު ދޭއްޖެހި ފަހުން އަވަހާރަވެއްޖެއެވެ. މަރުޙޫމް ޢުމަރު ޒާހިރުގެ ކަންތައްތައް ވަރަށް ގާތުން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ކޮވިޑުގެ އާލަސްކަންފުޅު އުމަރު ޒާހިރަށް ޖެހިވަޑައިގެންނެވިކަން ފާހަގަ ކުރެވުނީ އެމަނިކުފާނުގެ ޚަރަދުގައި ފުވައްމުލަކުގައި އިމާރާތްކުރި މިސްކިތް ހުޅުވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެވަޑައިގެންނެވިފަހުންނެވެ. […]

ފާއިތުވި ދެ އަހަރަކީ އެމް.ޓީ.ސީ.ސީ ގެ ޙަޔާތުގައިވެސް އައި އެންމެ ޙަރަކާތްތެރި އަދި އެންމެ ކާމިޔާބު ދެ އަހަރު: ރައީސް ޞާލިޙު

ފާއިތުވި ދެ އަހަރަކީ އެމް.ޓީ.ސީ.ސީ ގެ ޙަޔާތުގަ ވެސް އައި އެންމެ ޙަރަކާތްތެރި އަދި އެންމެ ކާމިޔާބު ދެ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމް.ޓީ.ސީ.ސީ އަށް 41 އަހަރު ފުރުން ފާހަގަކުރަން ބައްދަލުވުން ބޭއްވީ އާދީއްތަ ދުވަހުގެ ރޭ ހެންވޭރު ދަނޑުގައެވެ. އެމްޓީސީސީއަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ގައުމީ ތަރައްގީގެ މުހިއްމު ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް އުފެއްދެވި ކުންފުންޏެކެވެ. އެކިދުވަސްވަރު ކުންފުންޏަށް ފައިދާވިޔަސް އަނެއްބައި ދުވަސްވަރު ކުންފުންޏަށް ބޮޑެތި ގެއްލުންތައްވެ ބަނގުރޫޓު ވުމުގެ ތުންފަތް […]

ވެކްސިން ނުޖަހަން ވެގެން އިންޑިއާ މީހަކު އެރީ ގަހަކަށް

އިންޑިއާގެ ސްޓޭޓެއްކަމުގައިވާ ތަލަންގާނާގެ ސިއްހީ ދާއިރާއިން ރާވާފައި ވަނީ މި އަހަރު ނިމުމުގެ ކުރިން ސްޓޭޓުގެ އެންމެންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދިނުމަށެވެ. އެގޮތުން ގޭގެއަށް ގޮސް ވެކްސިން ނުޖަހާ މީހުން ބަލައި ހޯދައިގެން ވެސް ވެކްސިން ޖެހުމުގެ މަޝްރޫޢު ކުރިއަށް އެބަގެންދެއެވެ. ނަމަވެސް ބައެއް މީހުން ވެކްސިން ޖެހުމަށް އިންކާރުކޮށް ފިލަމުން އެބަދެއެވެ. ތަލަންގާނާގެ ސަންގްރީދީގެ މީހަކަށް ވެކްސިން ޖަހަން ވެގެން ދިއުމުން އެމީހާ ވެކްސިން ނުޖަހަންވެގެން ދުވެފައިގޮސް ފިލަން އެރީ ގަހަކަށެވެ. ޣޫޘުއްދީންގެ […]

އިންޑިއާގައި ޝަރީޢަތް ނުކޮށް މީހަކު 41 އަހަރު ވާނދެން ބަންދުގައި: އެންމެ ފަހުން ޙުކުމް ކުރީ އޭނާއަށް ބަދަލު ދޭން

މީހަކު މެރިކަމުގެ ތުހުމަތުގައި ހުޅަގު ބެންގާލުގެ ރަށެއްކަމުގައިވާ ދާރުޖިލިންގައި 12 މެއި 1980ގައި މީހަކު ހައްޔަރުކުރިއެވެ. އެއީ ނޭޕާލުގެ ރައްޔިތެއްކަމުގައިވާ ދީޕަކު ޖޯޝީއެވެ. ދީޕަކު ޖޯޝީ ނޭޕާލުން އިންޑިއާއަށް ދިޔައީ އޭނާއަށް ސިފައިންގެ ތެރެއަށް ވަދެވޭނޭ ގޮތް ހަދައިދޭނޭކަމަށް މީހަކު ބުނެގެންނެވެ. އެކަމަކު އެކަމެއްނުވިއެވެ. އޭނާއަށް ޖެހުނީ މީހަކު މެރިކަމުގެ ތުހުމަތުގައި ޖަލަށް ވަންނާށެވެ. ޝަރީޢަތެއް ނުކޮށް 41 އަހަރު ބަންދުގައި ބެހެއްޓި މީހާގެ މައްސަލަ ކަލްކަތާގެ ހައިކޯޓުން ބެލުމަށް ފަހު ހުޅަގު ބެންގާލުގެ ސަރުކާރުގެ މައްޗަށް […]