އިދިކޮޅު ކޯލިޝަންގެ ޚާއްޞަ މަންދޫބަކަށް ނަޒާކީ ޒަކީ ހަމަޖައްސަވައިފި

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަޑައަޅުއްވާފައިވާ ކުރީގެ ސަފީރުކަމުގެ މަގާމު އަދާކުރެއްވި ދާތޯ މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މެލޭޝިޔާއަށް ކަނޑައަޅުއްވާފައިވާ ޚާއްޞަ މަންދޫބުކަމުގައި ހަމަޖައްސަވައިފިއެވެ.

އޮޕޮޒިސަން ޕީޕީއެމް-ޕީއެންސީ އިއްތިހާދުން ވަނީ ޒަކީ ޚާއްޞަ މަންދޫބަކަށް މިއަދު ކަނޑައެޅުއްވިކަން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ލަންކާގައި ހުންނަވާ މެލޭޝިޔާގެ ސަފީރުގެ އިތުރުން މެލޭޝިޔާ ފޮރިން މިނިސްޓްރީ އަށްވެސް އަންގަވާފައެވެ. އެ އެންގުމުގައި ބުނާގޮތުން އޮޕޮޒިޝަނުން ސިންގަޕޯރއަށް ކަނޑައަޅުއްވާފައިވާ ޚާއްސަ މަމްދޫބު އަކީވެސް ދާތޯ ޒަކީއެވެ.

ޒަކީ ވަނީ 2009ން 2014 އަށް ބުރުނާއީ އާއި ތައިލޭންޑާއި އިންޑޮނޭޝިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ނޮންރެޒިޑެންޓް އެމްބަސަޑަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އެދުވަސްވަރު މެލޭޝިޔާއިން ވަނީ ޒަކީއަށް މެލޭސިއާގެ ރަސްގެފާނު ދެއްވާ ”ދާތޯ“ގެ ލަގަބު އަރުވާފައެވެ.

 ޕީޕީއެމް އިން ބުނީ ޒަކީ އެކޯލިޝަން އާއި ގުޅުމަކީ މިވަގުތު ސިޔާސީގޮތުން އެކޯލިޝަންއަށް ލިބުނު ބޮޑު ކާމިޔާބެއްކަމުގައެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ”ސަންދާން“ގެ ނަމުގައި ޒަކީއާއި ރައްޓެހި ގްރޫޕަކުން ނެރުނު މިނިވަން ޚިޔާލުގެ ލިއުންތަކަކާ ގުޅިގެން ޒަކީއާއި އެ ގްރޫޕްގެ އެންމެންނަށް އުމުރުދުވަހުގެ ޖަލުގެ ޙުކުމެއް ދެވިފައިވެއެވެ.

 ޒަކީ އަކީ މައުމޫނުގެ ޑިކްޓޭޓަރޝިޕް ނިމުމަކަށް ގެނައުމަށް ބުރަ އަދި މުހިއްމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ޑިސެމްބަރު މަހު ޕީޕީއެމްއަށް ސޮއިކުރެއްވުމަށްފަހު ފަހު ޒަކީ ވިދާޅުވީ އޭނާ ޕީޕީއެމްއާ ގުޅިވަޑައިގަތީ ހަމަ ކޮންކޮންމެ މީހަކަށް ދައުލަތުގެ ވެރިކަން ނުކުރެވޭނެކަން ގަބޫލުކުރެވިގެން ކަމަށާއި އަދި އިންޑިއާގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަން ކުރުމަށާއި ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށް ރައީސް ޔާމީން ކުރައްވަމުން ދެންދަވާ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުމަށެވެ.

Loading

2 Responses

  1. ޒަކީތިބޭފުޅާއައްހެޔޮވިސްނުއްދެއްވިކަމައްޓަކާﷲސުކުރުކުރައް.،އިރާދަކުރެއްވިއްޔަތިއަފަދައަގުހުރިދަރިއްތަކެއްމިގައުމައްޓަކާއިދީނައްޓާކާޕީޕިއެމްއާގުޅިގެއްމަސެއްކައްކުރުމީގައުމައްޓަކާކުރެވޭޖިހާދެއް.،ހެޔޮވިސްނޭޤައުމުދެކެލޯބިވާއަހުއްނާއިއުހުތުއްޕީޕީއެމްއާގުޅިގެއްމިގައުމުސަލާންމައްކުރައްހިތްވަރާއެކު.،.މާއްﷲޓަކާގރުބާންވެވަޑާގައްނަވާ.،.ތިޔަބޭފުޅުއްމަގުމައްޗައްނިނުމެ.،މިގައެރުގާނޫނީސަރުކާހަމަމަގައްއެޅުވުމައްޓަކާއިއްސާފުގެމަގުއްކުރިއައްވަޑާގައްނަވާ.،.ސުކުރިއްޔާ

  2. ޕީޕީއެމް އަށް އިތުރު ކުރިއެރުން ލިބި ގައުމުގެ މިނިވަންކަން ދެމެހެއްޓި ގައުމަށް މިދިމާވި ނިކަމެތިކަމުން ސަލަމަތް ކުރަށްވާށިއެވެ. ފެންފޯށްރުށް ކަނޑާ މީހުން ވެރިންނަށް ހަދައިގެން މަގުމަތީ ސަކަރާތްޖަހާ އަދި ދައުލަތުގެ ޑިފެންސް ފޯރސްއަށާއި ޕޮލިހަށް ހަމަލާދީ ތަޅާލާނެ ކުދިންކޮޅެއް ހޯދަން އަމުރުކުރާ ބައިގަނޑާ ދައުލަތް ހަވާލުވުމުން ދެން ވާނެ ހައެތި މިއޮތީވެފައެވެ. 7 ފެބްރުއަރީ ރިޕީޓްވެދާނެކަމަށް މިނާގާބިލް ސަރުކާރު އިންޑިއާގެ މިލިޓަރީއަށް ގައުމު ވިއްކާލީއެވެ. ހާދަ ދެރައެވެ. ފަސްބެލުމެއްނެތި ކުރިއަށް ގޮސް މިނިކަމެތިކަމުންވެސް ސަލާމަތްވަމާ ހިނގާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް