އިންޑިއާގެ ފިލްމީ ތަރިއަކު ވައްކަން ކުރިކަމަށް އެއްބަސްވެއްޖެ

Loading

Facebook
Twitter
WhatsApp

މަޝްހޫރު ފިލްމީ ތަރި ޢާމިރު ޚާން އުފެއްދި ކާމިޔާބު ފިލްމު ”ދަންގަލް“އިން ހިންދީ ފިލްމީ ދުނިޔެއަށް ތައާރަފު ވެގެންދިޔަ ސަންޔާ މަލްހޯތުރާ ސާޅި ވަގަށް ނެގިކަމަށް އިއުތިރާފު ވެއްޖެއެވެ.

ބަސްދީގަތުމެއްގައި ސަންޔާ 29އ ބުނިގޮތުގައި ފިލްމެއް ކުޅެން އޭނާ އަޅަންދިން ސާޅިތަކުގެ ތެރެއިން އެތައް ސާޅިއެއް އޭނާ ވަނީ ވަގަށް ނަގާފައެވެ. އޭނާ ހާމަކުރިގޮތުގައި ހަގީގީ ދިރިއުޅުމުގައި ވެސް އޭނާ ސާޅި އަޅާހިތްވާތީ އޭނާ ސާޅި ވަގަށް ނެގީއެވެ. އަދި ވަގަށް ނެގި ސާޅިއެއް އަޅައިގެން ރައްޓެއްސެއްގެ ކައިވެނި ޕާޓީއަކަށް ދިޔަކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ދިއްލީއަށް އުފަން ސަންޔާ: މަސައްކަތް ކުރީ އުފާވެރި މާހައުލެއްގައި

ސަންޔާ ބުނިގޮތުގައި ފިލްމު ”މީނާކްޝީ ސުންދަރޭޝްވަރު“ ކުޅުމުގެ މަސައްކަތް ފަށާފައި ވަނީ ފުރަބަންދު ހަމަ ނިމުނުތަނާއެވެ. އަދި މަސައްކަތް ދިޔައީ ވަރަށް އުފާވެރި މާހައުލެއްގައިކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އެ ފިލްމުގައި ދިއްލީއަށް އުފަން ސަންޔާ ކުޅެނީ ދެކުނު އިންޑިއާގެ އަންހެނެއްގެ ބައެވެ. ފިލްމުގެ ދިގުމިނަކީ 2 ގަޑި 50 މިނިޓުއިރެވެ.

ސާޅިއެއް ވަގަށް ނެގިކަމަށް ސަންޔާ ބުނިކަމަށް ވިޔަސް އެކަމާގުޅިގެން އޭނާއާމެދު އެއްވެސް ފިޔަވަޅެއް އަޅާނެކަމަކަށް ނުބެލެވެއެވެ.

ސަންޔާ ސާޅިއެއް ވަގަށްނެގިކަމަށް އިއުތިރާފު ވިޔަސް، ފިލްމީ ތަރިން އާންމުކޮށް އެމީހުން ކުރާ ވިޔާނުދާ ކަންތައްތައް ހާމަކޮށް ނަހަދައެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް