އިންޑިއާގައި ޝަރީޢަތް ނުކޮށް މީހަކު 41 އަހަރު ވާނދެން ބަންދުގައި: އެންމެ ފަހުން ޙުކުމް ކުރީ އޭނާއަށް ބަދަލު ދޭން

Loading

Facebook
Twitter
WhatsApp

މީހަކު މެރިކަމުގެ ތުހުމަތުގައި ހުޅަގު ބެންގާލުގެ ރަށެއްކަމުގައިވާ ދާރުޖިލިންގައި 12 މެއި 1980ގައި މީހަކު ހައްޔަރުކުރިއެވެ. އެއީ ނޭޕާލުގެ ރައްޔިތެއްކަމުގައިވާ ދީޕަކު ޖޯޝީއެވެ.

ދީޕަކު ޖޯޝީ ނޭޕާލުން އިންޑިއާއަށް ދިޔައީ އޭނާއަށް ސިފައިންގެ ތެރެއަށް ވަދެވޭނޭ ގޮތް ހަދައިދޭނޭކަމަށް މީހަކު ބުނެގެންނެވެ. އެކަމަކު އެކަމެއްނުވިއެވެ. އޭނާއަށް ޖެހުނީ މީހަކު މެރިކަމުގެ ތުހުމަތުގައި ޖަލަށް ވަންނާށެވެ.

ޝަރީޢަތެއް ނުކޮށް 41 އަހަރު ބަންދުގައި ބެހެއްޓި މީހާގެ މައްސަލަ ކަލްކަތާގެ ހައިކޯޓުން ބެލުމަށް ފަހު ހުޅަގު ބެންގާލުގެ ސަރުކާރުގެ މައްޗަށް ހުކުމް ކުރީ ބަދަލުގައި އޭނާއަށް ފަސްލައްކަ އިންޑިއަން ރުޕީސް ދިނުމަށެވެ.

ޝަރީޢަތެއް ނުކޮށް އޭނާ ބަންދުގައި ބެހެއްޓީ ސިކުނޑީގެ މައްސަލައެއް އޭނާއަށް ކުރިމަތިވެފައިވާކަމަށް ބުނެއެވެ. ބައެއް މީޑިއާ ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި ޖޯޝީގެ މައްޗަށް ދައުވާނުކޮށް ބެހެއްޓީ އޭނާގެ ސިކުޑި މަސައްކަތް ކުރަނީ އުމުރުން 10 އަހަރުގެ ކުއްޖެއްގެ ސިކުނޑިއާ އެއްވަރަކަށް ކަމަށް ވާތީއެވެ.

ކަލްކަތާގެ ހައިކޯޓުން އިތުރު ޝަރީޢަތެއް ނުހިންގައި މިހާރު އުމުރުން 62 އަހަރުވެފައިވާ ޖޯޝީ ދޫކޮށްލުމަށާއި އޭނާއަށް ފަސްލައްކަ ރުޕީސް ދިނުމަށް އަމުރު ނެރުނީ ޝަރީޢަތެއް ނުކޮށް އޭނާ އެހާ ގިނަ ދުވަސް ވާނދެން ބަންދުގައި ބަހައްޓާފައިވާތީއެވެ. އޭނާ ގިނަ ދުވަސް ހޭދަ ކޮށްފައި ވަނީ އިސްލާހީ މަރުކަޒެއްގައެވެ.

 

Loading

One Response

  1. ދެން ރާއްޖޭގައިވެސް ތިކަން ބޮޑުވާނެ. މިހާރު 3 މަސް ދުވަހަށް ހޭވެސް ނާހާ ބަންދުކުރެވޭ ގޮތް އެހެދީތާ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް