"އިންޑިއާ އައުޓް"އޭ ގޮވަމުންދާ ދުވަސްވަރެއްގައި ޗައިނާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް

Loading

Facebook
Twitter
WhatsApp

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ރާއްޖެއަށް ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުރާސްފަތި ދުވަހު ބުނިގޮތުގައި ޚާރިޖީ ވަޒީރު ޖެނުއަރީމަހުގެ 4 ވަނަ ދުވަހު ފަށްޓަވާ ދަތުރުފުޅުގައި އެފްރިކާގެ 3 ގައުމަކަށާއި ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި ލަންކާއަށާއި ރާއްޖެއަށް ވަޑައިގަންނަވާނީ އިރުމަތީ އެފުރިކާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅަށް ފަހުގައެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އަންނަ އަހަރަކީ ޗައިނާއާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި ކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ. އަދި އެރަސްމިއްޔާތުގެ ބައެއް ކަންތައްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ފާއިތުވެދިޔަ ތާނގައި ޗައިނާއިން ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ވަރަށް ގިނަ ގޮތްގޮތުން ގުޅުން ބަދަހިކޮށް ތަރައްގީގެ ކަންތައްތަކުގައި ވަރަށް ބޮޑެތި އެހީތައް ވެފައެވެ. ޚާއްޞަކޮށް ސްރީލަންކާގެ ތަރައްގީއަށް ޗައިނާއިން ވަނީ އާދަޔާ ޚިލާފަށް އެހީތެރިވެފައެވެ. އަދި ކޮވިޑް-19 ފެތުރިގެން އައިދުވަސްވަރު އަދި އޭގެ ފަހުން ވެސް ސްރީލަންކާއަށް ބިލިއަން ބިލިއަން ޑޮލަރުގެ އެހީތައް ޗައިނާއިން ވެދީފައިވެއެވެ. ހަމަ އެގޮތަށް ޗައިނާގެ ދީލަތި އެހީ ދިވެހިރާއްޖެއަށް ވެސް ވަނީ ލިބިފައެވެ. ޚާއްޞަކޮށް ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ތަރައްގީގެ ބޮޑެތި މަޝްރޫޢު ތަކަށެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މަސްހުނި ސަރުކާރުގެ ވެރިކަން ފެށުނު ފަހުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައި އޮތީ ބޮޑަށް އިންޑިއާއަށް ބަރޯސާވާގޮތަށެވެ. ޗައިނާއާއި ގުޅުން ބަދަހިކޮށް ގުޅުން ދެމެހެއްޓުމުގެ ބަދަލުގައި ރައީސް ނަޝީދުފަދަ ބޭފުޅުން ގެންދެވީ ޗައިނާއާ ދެކޮޅު ސިޔާސަތެއް ކުރިއަށް ނެރުއްވައި ޗައިނާއާ ދިމާކުރަމުންނެވެ. ސިޔާސީ އެއްވުންތަކުގެ އިތުރަށް ރައްޔިތުންގެ މަޖިލިހުގެ ތެރޭގައިވެސް މެއެވެ.

ޗައިނާއާއި ރާއްޖޭގެ ވަޅޯވެފައިވާ ގުޅުމަށް ޗައިނާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ހެއު އަސަރުތަކެއް ކުރާނޭކަމަށް ބެލެވެއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވެންގް ރާއްޖެއަށް ޒިޔާރަތް މިކުރައްވަނީ ”އިންޑިއާ އައުޓް“ ކެމްޕޭނެއް ޕީޕީއެމް-ޕީއެންސީން ފަށައި އެ ކެމްޕޭނުގެ ކަންތައް މުޅި ރާއްޖެއަށް ފެތުރި އައު އުސްމިނަކަށް އޭގެ އަޑު އުފުލެމުންދާ ދުވަސްވަރެއްގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް