ދުވާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ރ. ދުވާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ. ފުލުހުން ބުނީ ދުވާފާރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެއް ރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެމީހާއަށް މިހާރު އެރަށު ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
ގާނޫނާއި ގަވާއިދާ އެއްގޮތަށް ހަރަކާތްތައް ހިންގަން އީސީން އެމްޑީޕީ އާއި ޕީއެންއެފްއަށް އަންގައިފި

އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސިޔާސީ ހަރަކާތްތައް ނުހިންގުމަށް އެމްޑީޕީއާ ޕީއެންއެފް އަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ. އީސީން ނެރުނު ނޫސް ބަޔާނުގައި ބުނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓްއިން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކުގައި ޢާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، ޢާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޙަރަކާތްތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.އެހެންކަމުން […]
ފުލުހުންގެ ބެލުމުގެދަށުގައި ހުރި 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ. ,ފުލުހުން މިއަދު ބުނީ އިއްޔެ ދޫނިދޫގައި މަސްތުވާތަކެތި ނައްތާލުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ނޫސްވެރިންނާއި، އެ ހަރަކާތުގައި ބައިވެރިވުމަށް ނަންނޯޓުކުރުުމަށް ހުޅުވާލި ފުރުސަތުގައި ނަންނޯޓުކުރި އާންމު ރައްޔިތުން ވެސް ބައިވެރިވި ކަމަށެވެ. އަދި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 4690 ރަބަރު ޕެކެޓާއި 2768 ސެލޯފިންކޮޅާއި ފިލްމުހުސްކުރި 335 ދަޅާއި، 462 ބުލެޓު އަދި 8 ބިޑީގެ އިތުރުން 3437 މަނާ ބޭސްގުޅަ […]
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ’އަދަދު‘ ނޫހުގެ އޮފީހަށް ވަދެ، ބަލައި ފާސްކޮށްފި

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ބަލައި ފާސްކޮށްފިއެވެ. ރޭގެ ވަގުތެއްގައި ފުލުހުން ބުނީ އަދަދު ނޫހުގެ އޮފީސް ބަލާ ބާސްކުރަމުންދަނީ އެ އިދާރާއަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލައިގެ ތަޙްޤީގަށް ކަމަށެވެ.އަދި އެ މައްސަލައަކީ މިހާރު ހިނގަމުން ދާ މައްސަލައަކަށް ވުމާއި ތަޙްޤީގުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން އިތުރު މަޢުލޫމާތެއް މި ދަނޑިވަޅުގައި ހާމަކުރެވެންނެތް ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން އެ ނޫހުގެ އޮފީސް ބަލައި ފާސްކޮށްފައި މިވަނީ އެ ނޫހުން […]
ޚަބަރެއް ނުވެގެން ފުލުހަށް ރިޕޯޓްކުރި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރި މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ ރ. ރަސްގެތީމު ސޯސަންގެ އުމުރުން 55 އަހަރުގެ އިބްރާހީމް ޔޫސުފް އެވެ.ފުލުހުން މިއަދު ބުނީއިބްރާހީމް ޔޫސުފްގެ ޚަބަރެއް ނުވެ 2 ދުވަސްވެފައިވާ ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރޭ 21:53ހާއިރު އޭނާ ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު އެމީހާ ނިޔާވެފަ އޮއްވާ ފެނިފައި ވާކަމަށެވެ.އިބްރާހީމް ޔޫސުފަކީ އެކަނި ދިރިއުޅެމުންދިޔަ މީހެކެވެ. މިމައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެމީހާގެ ހަށިގަނޑުގެ […]
އާދަމް ޝަރީފާއި ޠާރިގް އަދި ދިޔާނާ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް

އާދަމް ޝަރީފާއި ޠާރިގް އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ. މި މަހުގެ 14 ވަނަ ދުވަހު އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި އާދަމް ޝަރީފާއި ތޯރިގް އިބްރާހީމް ހިމެނިވަޑައި ގަންނަވައެވެ.އެގޮތުން ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރެއްވީ މީގެ ދެ ދުވަހެއް ކުރިންނެވެ. […]
ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި 2 ބިދޭސީން ހައްޔަރުކޮށްފި

ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޝިފުލް (40އ) އާއި ސަޖިބް (32އ) އެވެ. މި ދެމީހުންނަކީ މަސްތުވާތަކެއްޗާއި މަނާބޭސް ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެމީހުންނެވެ.މި ދެމީހުން ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ވަގުތީ […]
މާލޭގެ މޭޔަރަށް ދިން ހަމަލާ ރައީސް މުއިއްޒު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި

އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރުމުން، އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ. އެގޮތުން އެކަމަށް އިޝާރަތްކުރައްވާ ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ، މޭޔަރު އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން ރައީސް ކުށްވެރި ކުރައްވާ ކަމަށް ތަރުޖަމާނު […]
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބާއްވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް އެދޭ މީހުން ފޯމާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަރީގެ ކުށާއި ދަރަނީގެ ރެކޯޑް އަދި […]
ކޮރަޕްޝަން ހުއްޓުވުމުގެ ސްޓްރެޓީޖިކް ޕްލޭން ރަސްމީކޮށް އިފްތިތާހުކޮށްފި

ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން އެކުލަވާލި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސްޓްރެޓީޖިކް ޕްލޭން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. އޭސީސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފްތިތާހުކޮށްދެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އާއި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހުޔާ އަލް ގަހުތާނީ އެވެ. އެ ޕްލޭންގެ މައިގަނޑު އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން ރައްޔިތުންނަށް ފެންނަ ފަދަ އަމަލީ ބަދަލުތަކެއް ގެނައުމެވެ. […]