ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާމެދު ހަގީގަތާޚިލާފް ވާހަކަތައް ދަނީ ފަތުރަމުން: ޖެންޑާ

    އެކި ސަބަބުތަކާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލްސާވިސްގެ ދަށަށްގެންދެވޭ ކުޑަކުދިންނާ މެދު މުޖުތަމައުގެ ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފް ވާހަކަތައް ފަތުރަމުން ދާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. ޖެންޑާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ 10ވަނަ މާއްދާ “އަޅައިލުމާއި ހިމާޔަތް ލިބުން”ގެ (ހ) އަދި އެ ޤާނޫނުގެ 33ވަނަ މާއްދާ “ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު ޢާންމުނުކުރުން”ގެ (ހ)އާ […]

ވޯކް ޕާމިޓް ފީ ދައްކާއިރު ޖޫރިމަނާ ދައްކާކަށް ނުޖެހޭ

  ވޯކް ޕާމިޓް ފީ ދައްކާއިރު ޖޫރިމަނާ ނުދައްކައި ފީ ބަލައި ގަތުމުގެ އިންތިޒާމް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ. އިކޮނިމިކް މިނިސްޓްރީން ބުނީ ޖޫރިމަނާ އާއި ނުލައި ފީ ބަލައިގަތުމަށް ހަމަޖައްސާފައިވަނީ  އަންނަ މަހު 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ މިނިސްޓްރީން ބުނީ ޖޫރިމަނާ ނުލައި ފީ ބަލައިގަތުމަށް ނިންމީ އެކްޕްރެސް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވާކްޕާރމިޓް ފީ ދެއްކުމުގައި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ދަތިތައް ކުރިމަތިވަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަ ކުރެވިފައި ވާތީ […]

ސީ ލައިފްގެ އެމްޑީ އައްމަޓީ ލަންކާއިން ހައްޔަރުކޮށްފި

  ފްލެޓް ވިއްކުމުގެ ނަމުގައި މަކާރާއި ހީލަތުން ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައިގެން ފިލައިގެން އުޅޭކަމުގެ ތުހުމަތުގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު ( އައްމަޓީ) ސްރީލަންކާއިން ރޭ ހައްޔަކޮށްފިއެވެ. އޭނާ ހައްޔަރުކުރިކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ. ފުލުހުން ބުނީ އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ވ. ތިނަދޫ އަހުމަދު މޫސާ މުހައްމަދު ހައްޔަރުކޮށްފައިވާކަން އިންޓަޕޯލްއިން ފުލުހުންނަށް އަންގާފައިވާ […]

ކޯސްޓްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ހެދުމަށް އިންޑިއާއާއެކު ސޮއިކޮށްފި

    ސިފަވަރުގައި ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ. މިމިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ސުބްރަމަނިއަމް ޖައިޝަންކަރްއެވެ. މި އެއްބަސްވުމުގެ ދަށުން ސިފަވަރުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި، މުއާސަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްގީ ކުރުމުގައި […]

ޝިދާތާ ކައިވެނި ކުރައްވައިފި

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) މިއަދު ކައިވެނި ކުރައްވައިފި އެވެ. ޝިދާތާ ކައިވެނި ކުރެއްވީ މިދިޔަ މަހު ބޭއްވި އެންގޭޖް ވުމަށްފަހު މި މަހު ކައިވެނި ކުރަށްވާނެކަމަށް އިއުލާންކުރެއްވުމަށް ފަހުއެވެ. ދެ މީހުން އެންގޭޖްވީ ތިން މަހެއްހާ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ކަމަށް ޝިދާތާ މީގެ ކުރިން ވިދާޅުވެފައި ވެއެވެ. ޝިތާދާ އާއި ޒިޔާވެސް މީގެ ކުރިން ކައިވެންޏެއް ކޮށްފައިވެ އެވެ. ޝިދާތާ މީގެ ކުރިން ކައިވެންޏެއްކޮށް ތިން […]

ތެލުގެ އަގު ބޮޑުކޮށްފި

  އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި އެވެ. އެސްޓީއޯއިން ބުނީ އަގަށް ބަދަލުގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެންކަމަށެވެ.  މި ބަދަލާއެކު މިއަދުން ފެށިގެން ފެށިގެން ޕެޓްރޯލް ލީޓަރަކުން 0.37 ލާރި ވަނީ ބޮޑުކޮށްފައެވެ.  މި އަގަށް ބަދަލުގެނައުމުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ ލީޓަރެއް 8.44 ރުފިޔާއަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް އެސްޓީއޯއިން ވިއްކީ 8.07 ރުފިޔާއަށެވެ. ޕެޓްރޯލްގެ އިތުރުން ޑީސަލް ވިއްކާ އަގަށްވެސް އެސްޓީއޯއިން ވަނީ ބަދަލުގެނެސްފައެވެ. […]

ރާއްޖެއަށް އަނެއްކާ ވެސް އެއް ލައްކަ ޑޯޒް އިންޑިއާ އިން ދީފި

އަވައްޓެރި އިންޑިއާއިން އަނެއްކާ ވެސް ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ހަދިޔާ ކޮށްފިއެވެ. އޮކްސްފޯޑާއި އެސްޓްރާޒެނެކާއިން ތައްޔާރުކުރާ މި ވެކްސިން ރާއްޖެއަށް ހަދިޔާކުރީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ރަމްޒީ އެހީ ހަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިވެކްސިން ރާއްޖެއާ ހަވާލުކޮށްދެއްވީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމަނިޔަމް ޖައިޝަންކަރެވެ. ރާއްޖެ ސަރުކާރުގެ ފަރާތުން […]

އެއް ކޮޓަރީގެ ފްލެޓްތައް ވިއްކިކަމަށް ބުނާ ވާހަކަ އެމްޕީއެލުން ދޮގުކޮށްފި

      ހިޔާ މަޝްރޫއުގައި އެޅި އެއް ކޮޓަރީގެ ފްލެޓްތައް ވިޔަފާރި އުސޫލުން ވިއްކި ކަމަށް ބުނެ އޮންލައިން ނޫހަކުން ބުނެފައިވާތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކަން ދޮގުކޮށްފި އެވެ. އެމްޕީއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފަކާ ހަވާލާދީ އިއްޔެގެ ވަގުތެއްގައި އޮންލައި ނޫހަކުން  204 ޕްލެޓް ވިޔަފާރި އުސޫލުން ވިއްކާލައިފައިވާ ކަމަށް ބުނެ ރިޕޯޓްކުރި ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ. […]

ކޮވިޑްޖެހިގެން ފަރުވާ ހޯދަމުންދަނިކޮށް ކޮށްޔަ ހަސަން ނިޔާވެއްޖެ

  މަޝްހޫރު ފިލްމީ ތަރި  ހަސަން އަލީ މަނިކު ( ކޮށްޔަ ހަސަން) ކޮވިޑް-19 ބަލީގައި ފަރުވާ ހޯދަމުންދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ. ގިނަ ފިލްމަތަކާއި ޑްރާމާތައް ކުޅުއްވެވި ހަސަން  1989 ވައަހަރުން ފެށިގެން ފިލްމީދާއިރާގައި މަސައްކަތް ކުރަމުންއައި މީހެކެވެ.   މަޝްހޫރު ގިނަ ފިލްމުތަކެއްގައި އެކްޓްކޮށްފައިވާ ހަސަން ވަނީ ފިލްމް ބޮސް،ދެރިޔާ، އެ ބައްޕަ ފަދަ މަޝްހޫރުކަން ހޯދައިފައިވާ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ. ފިލްމީ ދާއިރާގެ އިތުރުން  ނިއުރޭޑިއަންޓްގެ ހާއްސަ ސަޕޯޓަރެއްގެ ގޮތުގައި މަޝްހޫރު ކަމެއް […]

ވިލިމާލެއިން ގަސް ހެއްދުމަށް ކަނޑައަޅާފައިވާ ބިންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

    ވިލިމާލޭގައި ގަސްއިންދުމަށް ޚާއްސަކޮށްފައިވާ ބިމުން ޖާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ގަސްއިންދުމަށް ދޫކުރުމަށް ހަމަޖައްސފައިވާ  ބިމުން 30 ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށާ މި ސްލޮޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހު 25 ހުގެ ނިޔަލަށް ހުޅުވާފައިވާކަމަށެވެ. ކައުންސިލުން ބުނީ ގަސްތައް އިންދުމަށް 400 އަކަފޫޓުގެ ސަރަހައްދަކުން 20 ފޫޓު 20 ފޫޓުގެ  30 ޕްލޮޓް ދޫކުރުމަށްހަމަޖައްސާފައިވާ ކަމަށެވެ. މަހު ކުލީގެ ގޮތުގައި 1000ރ. ނެގުމަށް ހަމަޖައްސާފައިވާ މި […]