އެއް ކޮޓަރީގެ ފްލެޓްތައް ވިއްކިކަމަށް ބުނާ ވާހަކަ އެމްޕީއެލުން ދޮގުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

 

ހިޔާ މަޝްރޫއުގައި އެޅި އެއް ކޮޓަރީގެ ފްލެޓްތައް ވިޔަފާރި އުސޫލުން ވިއްކި ކަމަށް ބުނެ އޮންލައިން ނޫހަކުން ބުނެފައިވާތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކަން ދޮގުކޮށްފި އެވެ.

އެމްޕީއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފަކާ ހަވާލާދީ އިއްޔެގެ ވަގުތެއްގައި އޮންލައި ނޫހަކުން  204 ޕްލެޓް ވިޔަފާރި އުސޫލުން ވިއްކާލައިފައިވާ ކަމަށް ބުނެ ރިޕޯޓްކުރި ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ.

“ މީޑިއާ އަށް މައުލޫމާތު ދިނުމަށް މިކުންފުނިން ކަނޑައަޅާފައިވާ އޮފިޝަލެއް ކަންހިންގާފައިވާގޮތާ ޚިލާފު މިފަދަ މައުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމުގެ ޔަގީންކަން މިކުންފުނިން އަރުވަމެވެ.“ އެމްޕީއެލް އިން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ، ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކުންފުންޏާ ގުޅުވައި ލިޔެ ޝާއިއުކޮށްފައި ވާތީ އެ ޚަބަރު ލިޔުނު ވޮއިސް ނޫހުގެ މަށްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެދި  މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ފަރާތުން އިމާރާތްކުރަމުންދާ ފްލެޓްތަކަކީ އެ ކުންފުނީގެ މުއައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް އިމާރަތް ކުރަމުންދާ ފްލެޓްތަކެއްކަމަށާ މި ފްލެޓްތައް ގަތުމުގެ ފުރުސަތުދޭނީ ކުންފުނީގެ މުއައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ލިބޭ މުއައްޒަފުންގެ ތަރުތީބުން ކަމަށެވެ.

ވޮއިން އެމްވީގައި އެމްޕީއެލްގެ އޮފިޝަލަކާ ހަވާލާދީ ލިޔެފައިވާ ގޮތުން ހިޔާ ފްލެޓްތަކުގެ ތެރެއިން އެއްކޮޓަރިއަށް ކުރީ ސަރުކާރުން ޚާއްސަކޮށްފައިވާ 204 ފްލެޓް މި ސަރުކާރުންގެނައި ޕޮލިސީ ބަދަލާ އެކު ވަނީ ވިއްކާލާފައެވެ.

ހިޔާ މަސްރޫއުގައި އެއް ކޮޓަރީގެ ފްލެޓްތައް އެކަށީގެންވާ މިންވަރަށް ނެތް ކަމަށް ބުނެ އެ ކެޓަގަރީތައް އުވާލަން ސަރުކާރުން ނިންމައިފައިވާކަމަށް އިއުލާންކޮށްފައިވަނީ މީގެ ދެ ދުވަސްކުރިންނެވެ.

ހައުސިން މިނިސްޓްރީން ބުނީ ހިޔާ މަޝްރޫއު އިއުލާން ކުރިއިރު އެއް ކޮޓަރީގެ ފްލެޓްތައް ދޫކުރަން ހަމަޖައްސާފައިވަނީ ސަރުކާރު ކުންފުނިތަކުން ހުޅުމާލޭ ފޭސް 2 ގައި އަޅާ ޓަވަރުތަކުން ބައެއް ފްލެޓް ގަތުމަށް ފަހު ކަމަށެވެ.

އެ މިނިސްޓްރީން ބުނާ ގޮތުން މިވަގުތު ގަންނަން ލިބެންހުރީ އެމްޑަބްލިއުއެސްސީން ސަރުކާރަށް ހާއްސަކުރި 36 ފްލެޓެވެ.

ސަރުކާރު ކުންފުނިތަކުން އަޅަން ނިންމާފައިވާ އެއް ކޮޓަރީގެ ފްލެޓްތަކުގެ ޓަވަރުތަކުން އިތުރު ފްލެޓްތައް ގަންނަން ލިބެންނެތް ކަކަމަށް ވެސް ހައުސިން މިނިސްޓްރީންވަނީ ބުނެފަ އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް