ރާއްޖެއަށް އަނެއްކާ ވެސް އެއް ލައްކަ ޑޯޒް އިންޑިއާ އިން ދީފި

Loading

Facebook
Twitter
WhatsApp

އަވައްޓެރި އިންޑިއާއިން އަނެއްކާ ވެސް ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ހަދިޔާ ކޮށްފިއެވެ.

އޮކްސްފޯޑާއި އެސްޓްރާޒެނެކާއިން ތައްޔާރުކުރާ މި ވެކްސިން ރާއްޖެއަށް ހަދިޔާކުރީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ރަމްޒީ އެހީ ހަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިވެކްސިން ރާއްޖެއާ ހަވާލުކޮށްދެއްވީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމަނިޔަމް ޖައިޝަންކަރެވެ. ރާއްޖެ ސަރުކާރުގެ ފަރާތުން މިއެހީއާ ހަވާލުވެ ވަޑައިގަތީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރ އަބްދުﷲ ނަސީމެވެ.

މިއީ ކޯވިޑް-19އިން ދިފާއުވުމަށްދޭ ވެކްސިން އިންޑިއާ އިން ރާއްޖެއަށްދޭ ދެ ވަނަ ފަހަރެވެ. ދުނިޔޭގެ ނިސްބަތުންވެސް އެއްމެގިނަ ވެކްސިން އުފައްދާ އިންޑިއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ހަދިޔާކުރި އެއްލައްކާ ޑޯޒް ޝިޕްމަންޓް ރާއްޖެއަށް ގެނައީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ. އޭގެ 10ދުވަސްފަހުން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކު ރާއްޖޭގައި އެ ވެކްސިން ދޭން ފެށީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

މިހާތަނަށް ރާއްޖޭގައި 64 ހާހަށް ވުރެ ގިނަ މީހުންވަނީ މި ވެކްސިން ޖަހާފައެވެ.

ސަރުކާރުން މިހާރުވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ވެކްސިންޖަހަށް ރަޖިސްޓްރީ ވާން ފުރުސަތު ހުޅުވާލާފައެވެ.

ރާއްޖެއާ ގާތްގުޅުމެއް އޮންނަ ޗައިނާ އިން ވެސް ރާއްޖެއަށް އެއްލައްކަ ޑޯޒްގެ ސައިނޯފާމް ވެކްސިން ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް