ކޮވިޑްޖެހިގެން ފަރުވާ ހޯދަމުންދަނިކޮށް ކޮށްޔަ ހަސަން ނިޔާވެއްޖެ

679

 

މަޝްހޫރު ފިލްމީ ތަރި  ހަސަން އަލީ މަނިކު ( ކޮށްޔަ ހަސަން) ކޮވިޑް-19 ބަލީގައި ފަރުވާ ހޯދަމުންދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.

ގިނަ ފިލްމަތަކާއި ޑްރާމާތައް ކުޅުއްވެވި ހަސަން  1989 ވައަހަރުން ފެށިގެން ފިލްމީދާއިރާގައި މަސައްކަތް ކުރަމުންއައި މީހެކެވެ.

 

މަޝްހޫރު ގިނަ ފިލްމުތަކެއްގައި އެކްޓްކޮށްފައިވާ ހަސަން ވަނީ ފިލްމް ބޮސް،ދެރިޔާ، އެ ބައްޕަ ފަދަ މަޝްހޫރުކަން ހޯދައިފައިވާ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ.

ފިލްމީ ދާއިރާގެ އިތުރުން  ނިއުރޭޑިއަންޓްގެ ހާއްސަ ސަޕޯޓަރެއްގެ ގޮތުގައި މަޝްހޫރު ކަމެއް ހޯދާފައި  ހަސަން އަލީ މަނިކު ނިޔާވީ އުމުރުން 67 އަހަރުގައެވެ.

ހަސަން މަރުވީ ސަރުކާރުގެ މައި ހޮސްޕިޓަލް ދަރުމަވަންތައިގައި އެޑްމިޓްކޮށް ފަރުވާ ދެނިކޮށެވެ.

ހަސަންގެ މަރާއެކު މިއީ ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި ދެވަނަ މީހާ އެވެ. އެއާއެކު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 60 އަށް އަރައިފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 18،467 އަށް އަރާފައިވާ އިރު މިވަގުތު 2،446 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އޭގެ ތެރެއިން 159 މީހުނަކީ  ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންނެވެ.

 

2 ހިޔާލުތައް

  1. ހިތް ހެޔޮ މިޒާޖެއްގެ އަޚެއް. އިންޝާﷲ، ޙަސަންއަށް ސުވަރުގޭގެ ދާއިމީނިޢުމަތް ލިބިދެއްވާށިއެވެ. އާމީން!

  2. ކޮންމެ މީހެއްވެސް މަރުވެގެން ދުނިޔެދޫކޮށް ދާންޖެހޭނެއެވެ. އެއީ 100% ޔަގީން ކަމެކެވެ. ވީއިރު ދުނިޔޭގައި އުޅޭއިރު އެހެން މީހުނަށް ފުރަށްސާރަކުރުން ދޫކޮށްލާށެވެ. ޙަސަނަކީ އަސްލުވެސް ހެޔޮމިޒާޖެއްގެ ރަނގަޅު ފުރެންޑެކެވެ. ހިތާމަޔާއެކު މި ނިއުސް ލިބުނީ. އެހެނަސް މާދަމާ އެއީ މަގޭ ދުވަސްކަމުގައި ވެދާނެއެވެ. ވީމާ އިލާޙީ ނިންމުތަކަށް ޝުކުރުކޮށް ހެޔޮދުޢާކޮށެ ހެޔޮ ޢަމަލު ކުރުމުގައި ދެމިތިބޭމާހިނގާށެވެ. އިންޝާﷲ ކޮވިޑްގެ ވަބާވެސް ލަހެއްނުވެ ނިމިދާނެއެވެ. އާމީން.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ