އައްޑޫގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފި

އައްޑޫ ސިޓީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފިއެވެ. ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމަށް ރޭ 23:38 ހާއިރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. ހަމަލާދިނުމުގެ ސަބަބުން އަނިޔާވީ 27 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
ގެއްލިގެން ހޯދަމުން އަންނަ އަންހެން މީހާ އޭނާގެ އާއިލާއަށް ޚަބަރެއްވެއްޖެ

ހުޅުމާލެއިން އަންހެނަކު ގެއްލިގެން ހޯދަމުން އަންނަ އަންހެން މީހާގެ ޚަބަރެއް އާއިލާއަށްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ހއ.އިހަވަންދޫ/ނަސްރީނުގެ ޢާއިޝަތު އިޙްސާނާ (32އ) އާއި އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅުގެ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މެއި 29 ވަނަ ދުވަހުއެވެ. އިޙްސާނާ ހޯދަމުންދާކަން އިއުލާނުކޮށް ފުލުހުން މިއަދު ހެނދުނު ހާމަކުރި ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ މެއި 29 ވަނަ ދުވަހު ހެނދުނު އޭނާ ދިރިއުޅޭ ހުޅުމާލެ, ހިޔާ 06-4-15 އިންނެވެ. […]
މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން ކައުންސިލުން ނިންމައިފި

މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލެ ސިޓީ ކައުންސިލުން ނިންމީ މިއަދު ބޭއްވި ކައުންސިލުގެ 4 ވަނަ ދައުރުގެ 104 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ޖަލްސާއަށް މެންބަރަކު ހުށަހެޅުއްވި މި ހުށަހެޅުމާ ގުޅިގެން ޖަލްސާގައި މަޝްވަރާ ކުރެއްމަށްފަހު ކައުންސިލުން ނިންމީ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން ތަފާތު ދެ އަގެއްގައި […]
ހުޅުމާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ, ގެއްލުނީ 2 އަހަރުގެ ދަރިފުޅާ އެކުގައި

ހުޅުމާލެއިން އަންހެނަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ ހއ. އިހަވަންދޫ/ނަސްރީނުގެ, ޢާއިޝަތު އިޙްސާނާ (32އ) އެވެ. ފުލުހުން ބުނީ އޭނާގެ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 29 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ މެއި 29 ވަނަ ދުވަހު ހެނދުނު އޭނާ ދިރިއުޅޭ ހުޅުމާލެ, ހިޔާ 06-4-15 އިން ކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދީފައިވާ ކަމަށެވެ. އޭނާ ގެއްލިފައިވަނީ އޭނާގެ ދެ […]
ރާއްޖެއަށް އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލައެއް އުޅޭތީ ބޭނުންކުރުން މަނާކޮށްފި

ރާއްޖެއަށް އެތެރެކޮށް ބޭނުންކުރާ އިންޖެކްޝަނެއްގައި މައްސަލައެއް އުޅޭތީ އެ އިންޖެކްޝަންގެ ވަކި ބެޗުތަކެއް ބޭނުންކުރުން މަނާކޮށްފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނީ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންގެންދާ (Ranitidine Injection) Aciloc ގެ ބެޗަކުން ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. މި ޕްރޮޑަކްޓްގެ ބެޗް ނަންބަރު RP21311 ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ. “އެހެންކަމުން މި ބޭހުހެ މި ބެޗް އެއްވެސް ފާމަސީއެއް […]
ރައީސަށް “ޗޯރު އިބުރޭ“ ކިޔުން ނަޝީދަށް އޯކޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ނިސްބަތްކޮށް “ޗޯރު އިބުރޭ“ ކިޔުން ހުއްޓުވުމަކީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. “ޗެނަލް 13“ އިން ބްރޯޑްކާސްޓްކުރި ތިން ލަވައެއްގައި ރައީސް ޞާލިޙްގެ އިއްޒަތާއި ގަދަރަށް އުނިކަން ލިބޭކަމަށް ބުނެ އެ ލަވަތައް ދެއްކުން ހުއްޓާލަން އަންގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ގެންދަނީ އެ މައްސަލަ ބަލަމުންނެވެ. ބްރޯޑްކޮމްއިން ޗެނަލް 13 އަށް […]
”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރުމުން މަގާމުން ވަކިކޮށްފި

އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވައިގެން ”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކުރެއްވުމުން ތިން ބޭފުޅަކު މަގާމުން ވަކިކުރައްވައިފިއެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު މަގާމުން ވަކިކުރެއްވީ ހޯމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރު އާޝިޔަތު އަލައިކާ އަދުނާނާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު ހަމްދާން އަދިި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި މުޙައްމަދު އަންޞާރެވެ. މިކަމާ ގުޅިގެން […]
އުރުދުޣާން ތުރުކީގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި

ތުރުކީގެ ރިޔާސީ އިންތިޚާބު އެ ގައުމުގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކާމިޔާބު ކުރައްވައިފިއެވެ. ރިޔާސީ އިންތިޚާބު ދެވަނަ ބުރުގެ ވޯޓުލުން މިއަދު ބާއްވާފައިވާއިރު, ވޯޓުލާފައިވަނީ ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާއި އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ކެމާލް ކިލިޗްދަރޯލޫއާއި ދެމެދުގައެވެ. ގިނަ އަދަދެއްގެ ވޯޓު ފޮށިތައް މިހާރު ގުނާފައިވާއިރު 52 ޕަސެންޓް ވޯޓާއެކު ކުރީގައި އުޅުއްވަނީ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނެވެ. އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ކެމާލް ކިލިޗްދަރޯލޫއަށް ލިބިވަޑައިގެންފައިވަނީ 47 […]
ތުރުކީގެ ރިޔާސީ އިންތިޚާބު: %52 އާއެކު އުރުދުޣާން ކުރީގައި

ތުރުކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ގުނަމުންދާއިރު ކުރީގައި އުޅުއްވަނީ އެ ގައުމުގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކަމަށް ނަތީޖާއިން ދައްކައިފިއެވެ. ރިޔާސީ އިންތިޚާބު ދެވަނަ ބުރުގެ ވޯޓުލުން މިއަދު ބާއްވާފައިވާއިރު, ވޯޓުލާފައިވަނީ ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާއި އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ކެމާލް ކިލިޗްދަރޯލޫއާއި ދެމެދުގައެވެ. ގިނަ އަދަދެއްގެ ވޯޓު ފޮށިތައް މިހާރު ގުނާފައިވާއިރު 52 ޕަސެންޓް ވޯޓާއެކު ކުރީގައި އުޅުއްވަނީ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނެވެ. […]
ވަގު ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލާގައި ހައްޔަރުކުރި ޝިފާއު ދޫކޮށްލައިފި

ސައްހަނޫން ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޙުސައިން ޝިފާއު ދޫކޮށްލައިފިއެވެ. ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކޮށް މަކަރާއި ހީލަތް ހެދި މައްސަލައިގައި ޙުސައިން ޝިފާއު (37 އ) ހައްޔަރުކުރީ މިދިޔަ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހުއެވެ. ބަންދާމެދު ގޮތެއް ނިންމަން ރޭ ކޯޓަށް ހާޒިރުކުރުމުން މުޖުތަމައުއަށް ނުރައްކަލެއް ނެތްކަމަށް ބުނެ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ޝިފާއު ދޫކޮށްލި ނަމަވެސް މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް […]