ހުޅުމާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ, ގެއްލުނީ 2 އަހަރުގެ ދަރިފުޅާ އެކުގައި

Loading

Facebook
Twitter
WhatsApp

ހުޅުމާލެއިން އަންހެނަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ހއ. އިހަވަންދޫ/ނަސްރީނުގެ, ޢާއިޝަތު އިޙްސާނާ (32އ) އެވެ.

ފުލުހުން ބުނީ އޭނާގެ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 29 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ މެއި 29 ވަނަ ދުވަހު ހެނދުނު އޭނާ ދިރިއުޅޭ ހުޅުމާލެ, ހިޔާ 06-4-15 އިން ކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދީފައިވާ ކަމަށެވެ. 

އޭނާ ގެއްލިފައިވަނީ އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅާއެކުގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް