ގެއްލިގެން ހޯދަމުން އަންނަ އަންހެން މީހާ އޭނާގެ އާއިލާއަށް ޚަބަރެއްވެއްޖެ

Loading

Facebook
Twitter
WhatsApp

ހުޅުމާލެއިން އަންހެނަކު ގެއްލިގެން ހޯދަމުން އަންނަ އަންހެން މީހާގެ ޚަބަރެއް އާއިލާއަށްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހއ.އިހަވަންދޫ/ނަސްރީނުގެ ޢާއިޝަތު އިޙްސާނާ (32އ) އާއި އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅުގެ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މެއި 29 ވަނަ ދުވަހުއެވެ.

އިޙްސާނާ ހޯދަމުންދާކަން އިއުލާނުކޮށް ފުލުހުން މިއަދު ހެނދުނު ހާމަކުރި ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ މެއި 29 ވަނަ ދުވަހު ހެނދުނު އޭނާ ދިރިއުޅޭ ހުޅުމާލެ, ހިޔާ 06-4-15 އިންނެވެ.

އޭގެ ހަތަރު ގަޑިއިރެއްހައިއިރު ފަހުން 15:00 ހާއިރު ފުލުހުން ބުނީ އިޙްސާނާ އޭނާގެ އާއިލާއަށް މިއަދު ގުޅާފައިވާ ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ. އަދި އޭނާއާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅުކަމަށް ބުނެފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް