މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން ކައުންސިލުން ނިންމައިފި

Loading

Facebook
Twitter
WhatsApp

މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލެ ސިޓީ ކައުންސިލުން ނިންމީ މިއަދު ބޭއްވި ކައުންސިލުގެ 4 ވަނަ ދައުރުގެ 104 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ޖަލްސާއަށް މެންބަރަކު ހުށަހެޅުއްވި މި ހުށަހެޅުމާ ގުޅިގެން ޖަލްސާގައި މަޝްވަރާ ކުރެއްމަށްފަހު ކައުންސިލުން ނިންމީ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން ތަފާތު ދެ އަގެއްގައި ފީއެއް ނެގުމަށެވެ.

ޖަލްސާގައި ދެއްކެވި ވާހަކައިގައި މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ޕާކުތަކާއި މައިޒާންތަކަށް ވަންނަ ބިދޭސީންގެ އަތުން ފީ ނެގުމަކީ ބޭރު ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފީ ނަގަން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެއާއެކު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި އަގުތައް ކަނޑައެޅުމަށް ވަނީ ނިންމައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް