ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް
ތުރުކީ ސަރުކާރާ އެކުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތަށް ހިނގައްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. ރައީސް ވިދާޅުވީ ތުރުކީ ސަރުކާރާ އެކުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތަށް ހިނގައްޖެ ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން 53 ބާވަތަކުން ޑިއުޓީ […]
އޭސީސީން ދަނީ ދައުލަތުގެ ކުންފުނިތަކާ ގުޅުންހުރި 896 މައްސަލައެއް ބަލަމުން
ދައުލަތުގެ ކުންފުނިތަކާ ގުޅުންހުރި 896 މައްސަލައެއް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެ ކޮމިޝަނުން ދެ މަރުހަލާއަކަށް ބަހާލައިގެން މައްސަލަތައް ބަލަމުން ގެންދާ ކަމަށެވެ. އެ ދެ މަރުހަލާއަކީ ފުރަތަމަ ޕްރިލިމިނަރީ މަރުހަލާއާއި އިތުރަށް މައްސަލަ ބެލުމުގެ މަރުހަލާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝާމިލް ވިދާޅުވި ގޮތުން, މިހާރު ޕްރިމިލަނީ މަރުހަލާގައި ދައުލަތުގެ ކުންފުނިތަކާ ގުޅުންހުރި […]
ސީޕީޕީސީސީގެ ވައިސް ޗެއަރމަން ރާއްޖެއަށް
ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ) ގެ ވައިސް ޗެއަރމަން މިސްޓަރ ބަޓީރ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. ސީޕީޕީސީސީގެ ވައިސް ޗެއަރމަން މިސްޓަރ ބަޓީރ ރާއްޖެ ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިސްޓަރ ބަޓީރ އަށްމަރުހަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ. އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މިސްޓަރ ބަޓީރ ކުރައްވާ މި ދަތުރުފުޅުގައި މާދަމާގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން […]
އިސްރާއީލުން ޙަމާސްއާއިއެކު ސުލްޙައިގެ ވާހަކަތަކަށް އެއްމޭޒުދޮށަށް
އިސްރާއީލުން ޙަމާސްއާއެކު ސުލްޙައިގެ ވާހަކަތަކަށް އެއްމޭޒުދޮށަށް އައުމަށް އެންމެފަހުން އެއްބަސްވެއްޖެ ކަމަށް އެސޯޝިއޭޓެޑް ޕްރެސްގެ މިއަދުގެ ޚަބަރުގައި ބުނެފިއެވެ. ބެލެވޭގޮތުގައި މިހާރު ހިނގަމުންދާ ހަނގުރާމާގައިއިސްރާއީލަށް މި ނިކުމެވެނީ ކޮޅުބަންދުވެފައިވާ މަގަކަށެވެ. ގައްޒާ ބޯޑަރު ގައި ދިރިއުޅޭ ޔަހޫދީންތައްވެސް ވަނީ ހަނގުރާމައިގެ ސަބަބުން ވިއްސި ވިހާލިވެފައެވެ. އިސްރާއީލުގެ ތެރޭގައި ހިނގަމުންދާ ހަނގުރާމައާއިދެކޮޅު މުޒާހަރާތަކުގެ ވައި ގަދަވެ ސިޔާސީ މީހުންގެ […]
ރާއްޖޭގެ އެހީދޭ ޖަމްއިއްޔާއެއް ކަމަށްވާ އައިއޭސީގެ ގުދަނަކަށް އަމާޒުކޮށް އިޒްރޭލުން ބޮން އަޅައިފި
ރާއްޖޭގެ ޖަމްއިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ރައްކާކޮށްފައި ހުރި ގުދަނަކަށް އިޒްރޭލުން ހަމަލާދީފިއެވެ. އައިއޭސީއިން ބުނީ އެ ޖަމްއިއްޔާގެ ވެއަރ ހައުސް އަކަށް ސީދާ އަމާޒުކޮށް ޔަހޫދީން ހަމަލާދީފައިވާ ކަމަށާއި މި ހަމަލާގައި ވެއަރ ހައުސް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. މި ގުދަނުގައި ހުރި ތަކެތީގެ ތެރޭގައި ވަގުތުން ކެވޭގޮތަށް ތައްޔާރު ކުރެވިފައިވާ 1000 ޕެކް, 2000 ރަޖާ އަދި 3000 އަންނައުނު […]
ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ ދެ މީހަކު ހޯދަނީ
ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ / ސްޕަންޖުގެ، މަރްޔަމް އަޝްފާ (29އ) އާއި ނ. ވެލިދޫ / ގުލިސްތާނުގެ، ޢާއިޝަތު ރިޒްނާ (39އ) އެވެ. އެ ދެމީހުން ވެސް ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ މައްސަލަައަކާ […]
އިންތިޚާބީ ރައީސް މުޢިއްޒު މިރޭ މާލެ ސިޓީ ކައުންސިލާ ބައްދަލުކުރައްވަނީ
އިންތިޚާބީ ރައީސް އަދި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު މިރޭ މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނާ ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ. މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ އިންތިޚާބީ ރައީސް ޑރ.މުޢިއްޒު އެ ކައުންސިލުގެ މުވައްޒަފުންނާ ބައްދަލުކުރައްވާނޯ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި މިރޭ 20:30 ގައި ކަމަށެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރަންޖެހޭ ކަންކަމަށް ވަގުތު ހުސްކުރެއްވުމަށްޓަކައި މުޢިއްޒު ވަނީ މޭޔަރުގެ ޒިންމާތަކުން އެކަހެރިވެވަޑައިގެންފައެވެ. ނަމަވެސް ނޮވެމްބަރު 17 ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމާ ހަމައަށް މޭޔަރުގެ މަގާމުގައި […]
ސީޕީ ޙަމީދު ރިޓަޔާކުރައްވަނީ
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ރިޓަޔާކުރަން ނިންމަވައިފިއެވެ. ފުލުހުންގެ އިސްވެރިން ހިމެނޭ މީޑިއާ ގުރޫޕަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ޙަމީދު ވިދާޅުވީ އަންނަ މަހު ރިޓަޔާ ކުރައްވަން ވިސްނަވާ ކަމަށާއި އެކަން ކުރައްވާނެ ކަމަށް ބެލެވެނީ އަންނަ މަހު ނޮވެމްބަރު 11 ވަނަ ދުވަހު ކަމަށެވެ. އެ މެސެޖުގައި އޭނާ ވަނީ 2012 ވަނަ އަހަރު އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރި ހިސާބުން މިއަދާ ހިސާބަށް ހިނގި ބައެއް ކަންކަން ފާހަގަކުރައްވައިފައެވެ. ފުލުހުންގެ އިންޓެލިޖެންސްގެ ވެރިއަކަށް […]
ރާއްޖެ އެތެރެކުރި 4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ވައިގެ މަގުން ރާއްޖެ އެތެރެކުރި 4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސްއިން މިއަދު ބުނީ މި މަހުގެ 7 ވަނަ ދުވަހު ޕާކިސްތާނުން ރާއްޖެއައި އެ ގައުމުގެ 20 އަހަރުގެ އަންހެނެއްގެ ލަގެޖުން 4.720 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ފުރަތަމަ މަރުހަލާގައި އެތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އެ ތަކެތީގެ ބަރުދަނުގައި 4.720 ކިލޯ ހުރިއެވެ. އަދި އެތަކެތީގެ މަގުމަތީ އަގު […]
ފަލަސްޠީނަށް އެހީވުމަށް ޓެލެތޯނެއް ބާއްވަނީ
ފަލަސްޠީނަށް އެހީތެރިވުމުގެ ގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި ދިވެހި މީޑިއާތައް ގުޅިގެން ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއިން ހާމަކުރި ގޮތުގައި މި ޓެލެތޯން ކުރިއަށް ގެންދާނީ މާދަމާއިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ދަންވަރު 00:00 ނިޔަލަށެވެ. އައިއޭސީއިން ބުނި ގޮތުގައި މާދަމާ ހެނދުނު 11:00 ގައި މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ފަންޑް ފޮށި ބަހައްޓާނެއެވެ. އަދި ރަށްރަށުގެ މިސްކިތްތަކުގައި ވެސް އެ ރަށްރަށުން އިސް ނަގައިގެން […]