ފަލަސްޠީނަށް އެހީވުމަށް ޓެލެތޯނެއް ބާއްވަނީ

Loading

Facebook
Twitter
WhatsApp

ފަލަސްޠީނަށް އެހީތެރިވުމުގެ ގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި ދިވެހި މީޑިއާތައް ގުޅިގެން ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. 

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއިން ހާމަކުރި ގޮތުގައި މި ޓެލެތޯން ކުރިއަށް ގެންދާނީ މާދަމާއިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ދަންވަރު 00:00 ނިޔަލަށެވެ.

އައިއޭސީއިން ބުނި ގޮތުގައި މާދަމާ ހެނދުނު 11:00 ގައި މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ފަންޑް ފޮށި ބަހައްޓާނެއެވެ. އަދި ރަށްރަށުގެ މިސްކިތްތަކުގައި ވެސް އެ ރަށްރަށުން އިސް ނަގައިގެން ފަންޑް ފޮށި ބަހައްޓަން އެ ޖަމްއިއްޔާއިން ވަނީ އެދިފައެވެ.

ފަލަސްޠީނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މާދަމާ ހަވީރު އާޓިފިޝަލް ބީޗުގައާއި މުޅި ރާއްޖޭގައި ކަނބަލުންގެ އެއްވުމެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އަދި ހޮނިހިރު ދުވަހުގެރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިމޭން އިހުތިޖާޖެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 

މިދިޔަ ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން ރައްދުގައި އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ފަލަސްޠީނުގެ 900 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު 4500 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް