އިންތިޚާބީ ރައީސް މުޢިއްޒު މިރޭ މާލެ ސިޓީ ކައުންސިލާ  ބައްދަލުކުރައްވަނީ

Loading

Facebook
Twitter
WhatsApp

އިންތިޚާބީ ރައީސް އަދި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު މިރޭ މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނާ ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ އިންތިޚާބީ ރައީސް ޑރ.މުޢިއްޒު އެ ކައުންސިލުގެ މުވައްޒަފުންނާ ބައްދަލުކުރައްވާނޯ

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި މިރޭ 20:30 ގައި ކަމަށެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރަންޖެހޭ ކަންކަމަށް ވަގުތު ހުސްކުރެއްވުމަށްޓަކައި މުޢިއްޒު ވަނީ މޭޔަރުގެ ޒިންމާތަކުން އެކަހެރިވެވަޑައިގެންފައެވެ. ނަމަވެސް ނޮވެމްބަރު 17 ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމާ ހަމައަށް މޭޔަރުގެ މަގާމުގައި ދެމިހުންނަވާނެއެވެ.

މުޢިއްޒު އެންމެ ފަހުން ބައިވެރިވެވަޑައިގަތް ސިޓީ ކައުންސިލުގެ ޖަލްސާގައި ވަނީ މޭޔަރުގެ ހުރިހާ ޒިންމާތަކެއް ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝާ ހަވާލު ކުރައްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް