ރާއްޖޭގެ އެހީދޭ ޖަމްއިއްޔާއެއް ކަމަށްވާ އައިއޭސީގެ ގުދަނަކަށް އަމާޒުކޮށް އިޒްރޭލުން ބޮން އަޅައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ޖަމްއިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ރައްކާކޮށްފައި ހުރި ގުދަނަކަށް އިޒްރޭލުން ހަމަލާދީފިއެވެ.

އައިއޭސީއިން ބުނީ އެ ޖަމްއިއްޔާގެ ވެއަރ ހައުސް އަކަށް ސީދާ އަމާޒުކޮށް ޔަހޫދީން ހަމަލާދީފައިވާ ކަމަށާއި މި ހަމަލާގައި ވެއަރ ހައުސް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.

މި ގުދަނުގައި ހުރި ތަކެތީގެ ތެރޭގައި ވަގުތުން ކެވޭގޮތަށް ތައްޔާރު ކުރެވިފައިވާ 1000 ޕެކް, 2000 ރަޖާ އަދި 3000 އަންނައުނު ޕެކް ހިމެނެއެވެ.

“މީގެ އިތުރުން އަޅުގަނޑުމެންގެ މުވައްޒަފުން ދަތުރު ކުރަމުން ދިޔަ ވެހިކަލްއަކަށްވެސް ވަނީ ހަމަލާދީފަ.“ 

ނަމަވެސް އެއްވެސް މީހެއްގެ ފުރާނަޔަށް ގެއްލުން ވާވަރުގެ އަނިޔާއެއް ނުވާކަމަށް އައިއޭސީއިން ބުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް