ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ ދެ މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ބަންދުގައި ބައިތިއްބައިގެން  ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ / ސްޕަންޖުގެ، މަރްޔަމް އަޝްފާ (29އ) އާއި ނ. ވެލިދޫ / ގުލިސްތާނުގެ، ޢާއިޝަތު ރިޒްނާ (39އ) އެވެ.

އެ ދެމީހުން ވެސް ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ މައްސަލަައަކާ ގުޅިގެންނެވެ.

ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ އެ ދެ މީހުން ބަންދުގައި ބައިތިއްބައިގެން 2023 އޮކްޓޫބަރ 21 ވަނަ ދުވަހުގެ 11:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.

އެދެމީހުންނާާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް