ސީޕީ ޙަމީދު ރިޓަޔާކުރައްވަނީ

Loading

Facebook
Twitter
WhatsApp

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ރިޓަޔާކުރަން ނިންމަވައިފިއެވެ.

ފުލުހުންގެ އިސްވެރިން ހިމެނޭ މީޑިއާ ގުރޫޕަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ޙަމީދު ވިދާޅުވީ އަންނަ މަހު ރިޓަޔާ ކުރައްވަން ވިސްނަވާ ކަމަށާއި އެކަން ކުރައްވާނެ ކަމަށް ބެލެވެނީ އަންނަ މަހު ނޮވެމްބަރު 11 ވަނަ ދުވަހު ކަމަށެވެ.

އެ މެސެޖުގައި އޭނާ ވަނީ 2012  ވަނަ އަހަރު އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރި ހިސާބުން މިއަދާ ހިސާބަށް ހިނގި ބައެއް ކަންކަން ފާހަގަކުރައްވައިފައެވެ.

ފުލުހުންގެ އިންޓެލިޖެންސްގެ ވެރިއަކަށް ހުންނަވަނިކޮށް ޙަމީދު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރެއްވިކަމުގެ ތުހުމަތުގައެވެ. ނަމަވެސް 2018 ވަނަ އަހަރު ސްޕްރީމް ކޯޓުން ވަނީ ޙަމީދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިފައެވެ.

އެގޮތުން 2018 ޑިސެމްބަރު ހަތަރުވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސްގެ ވެރިއަކަށް އައްޔަން ކުރުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސްގެ ޒިންމާވަގުތީ ގޮތުން ހަވާލުކުރީ އެ މަހުގެ 12 ވަނަ ދުވަހުއެވެ. ރަސްމީކޮށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރީ ހަމަޖެއްސީ 26 މާޗު 2019 ގައެވެ.

ޙަމީދުގެ މެސެޖުގައިވަނީ މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި ފުލުހުންގެ ތަރައްގީއަށް ކުރެއްވި ކަންކަން ފާހަގަކުރައްވައި ފުލުހުންގެ އިސް ވެރިންނާއި ހުރިހާ ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ފުލުހުންނާމެދު ރައްޔިތުން ކުރާ އުންމީދުތަކެއް ހުރުމާއެކު ފުލުހުން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެންކަމުން އޭނާގެ ތަޖުރިބާތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް