ރާއްޖެ އެތެރެކުރި 4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

ވައިގެ މަގުން ރާއްޖެ އެތެރެކުރި 4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން މިއަދު ބުނީ މި މަހުގެ 7 ވަނަ ދުވަހު ޕާކިސްތާނުން ރާއްޖެއައި އެ ގައުމުގެ 20 އަހަރުގެ އަންހެނެއްގެ ލަގެޖުން 4.720 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ފުރަތަމަ މަރުހަލާގައި އެތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އެ ތަކެތީގެ ބަރުދަނުގައި 4.720 ކިލޯ ހުރިއެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 5.8 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް