އިންޑިއާގެ ޔޯގާއަށް ނަޒަރެއް .. 

އިންސާނާ އުޅެމުން މިދާ ދުނިޔެއަކީ ތަފާތު ކަންކަމާއި ކުރިމަތިލާންޖެހި، ނަފުސަށް ތަފާތު އިޙްސާސްތަކެއް ތަޙައްމަލުކުރަމުންދާ ދުނިޔެއެކެވެ. އެ ގޮތުން ކަންބޮޑުވުމާއި، ހާސްކަމާއި ހިތާމަތައް ސިކުނޑިއަށާއި ޖިސްމަށް ކުރުވަތެވެ. ވުމާއިއެކު މިކަންކަމުން އަރައިގަތުމަށް އެ އިންސާނާ އަބަދުވެސް ބޭނުންވާނެތެވެ. މިކަންކަން އިންސާނިއްޔަތުގެ މެދުގައި އޮންނާނެކަން ކާއިނާތުގެ ވެރި ރައްބު ދެނެވޮޑިގެން ވުމާއިއެކު އެ އިލާހުވަނީ އެކަންކަމުން އަރައިގަންނާނެ މަގުތައް އެ އިންސާނާއަށް ދައްކަވާ ދެއްވާފައެވެ. މި ގޮތުން ޝިފާއެއް ގޮތުގައި ޤުރުއާން ބާވައިލައްވާ ޖިސްމަށް ހަމަޖެހުމެއް ކަމުގައި ނަމާދުކުރުން (ޙަރަކާތްތަކެއް)ލައްވާފައިވެއެވެ. ޤަވާއިދުން މިކަންކަމުގެ […]

ބާޠިލުގެ އަޑު ކިތަންމެ ގަދަވިއަސް ބާޠިލު ވާނީ ބާޠިލަށެވެ! 

ބާޠިލުގެ އަޑު ގަދަވިއެއް ކަމަކު ޚާއްޞަކޮށް މިޒަމާނުގެ ބާޠިލުގެ އަޑު ގަދަވެފައިވާތީ ތިބާއަށް ފެންނާނެއެވެ. އިސްލާމްދީނުގެ ޙުކުމްތަކަށް ފުރައްސާރަކުރުމާއި، އިސްލާމްދީނާ ދިމާލަށް އެއްޗެހި ކިޔާހަދާތަން ތިބާއަށް ފެންނާނެއެވެ. ފާސިދުން މީސްތަކުންގެ މައްޗަށް އަމުރު މައުރޫފު ހިންގާތީ ފެންނާނެއެވެ. ނުސިހޭށެވެ! ޙައްގަށް ފައުޅުގަޔާއި ސިއްރިޔާތުގައި މަަސައްކަތް ކުރާށެވެ. ދަންނާށެވެ! ޞާލިޙުންގެ އަޑު މަޑުވެފައި ވީނަމަވެސް އެބައިމީހުންގެ މަސައްކަތްވެސް ދަނީ ހަމަކުރިއަށެވެ. ފާޅުކަން ނެތި، އާރާއި ބާރުނެތި ދަތިތަކާއި އުނދަގުލާ އެކުގައިވެސް މެއެވެ. ޙައްގަށް ނަސްރު ދެއްވާނެއެވެ. ޙައިރާން ނުވާށެވެ! އަބޫ ޖަހުލު އިބިލީހުގެ ދުލުން އިސްލާމްދީނާ ދެކޮޅަށް ބަސްބުނެ […]

ފަތިސް ނަމާދުކޮށްގެން އޭގެ ފަހުން ނިދުމަކީ ކޮންކަހަލަ ކަމެއްތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين. أما بعد: ފަތިސް ނަމާދުކޮށްގެން އޭގެ ފަހުން ނިދުން މަނާ ކުރާނެ ދަލީލެއް ނެތެވެ. އެހެންކަމުން ބަޔާންވެގެންވަނީ ހުއްދަވެގެންވާ ކަމެވެ. އެހެނަސް އެނގިގަތުން މޮޅު އިތުރު ވެގެންވާ ނުކުތާތަކެއް ފާހަގަ ކޮށްލަމެވެ. 1. ފަތިސް ނަމާދަށް ފަހުގައި މާތް ނަބިއްޔާ […]

މި ކިޔާލުމަށްފަހު، އެފުރުޞަތު އެހެން މީހަކަށް ހޯދަދޭށެވެ.

މިއަދު ބައިތު އަލް މަޤްދިސްގައި އެއްބައި އަނދާފައިވާ ޤުރުއާނުގައި އަލިފާން ނުޖެހިވާ ޕޭޖުގެ އާޔަތް ތަކުގެ މާނަ ނިކަން ދެކިބަލާށެވެ. ބަޔާން ވެގެންހުރި ހެކިތަކުގެ ތެރެއިން ކިިތައް ކިތައް ކަންތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާފައިވޭތޯ، ކަލޭގެފާނު އިސްރާއިލުގެ ގެދަރިންނާ ސުވާލު ކުރައްވައި ބައްލަވާށެވެ! ތިމަން ރަސްކަލާނގެ ނިޢުމަތް އެމީހަކަށް ލިބުމަށްފަހު، އެ ނިޢުމަތް ބަދަލުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިމަން އައްލާހް އީ، އުގޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. ކާފަރުވި މީސްތަކުންނަށް ދުނިޔޭގެ ދިރިއުޅުން ޒީނަތްތެރި ކުރެއްވިއެވެ. […]

ސަމާސާ ކުރުމުގެ އަދަބުތައް

ސަމާސާ ކުރުމަކީ ޢާންމުގޮތެއެްގައި ހުރިހާ ފަންތިއެއްގެ މީހުންގެ މެދުގައިވެސް އޮންނަ ކަމެކެވެ. ބޮޑެތި މީހުންގެ މެދުގަޔާއި ކުޑަކުދިންގެ މެދުގައެވެ. އެއީ ވަކި ދާއިރާއެއްގެ ތެރޭގައިނަމަ ހުއްދަކަމެކެވެ. ނޫންނަމަ މަނާކަމެކެވެ. ދީނުގެ ފަރާތުން މިކަމާއިމެދު ސަމާލުވުމަށް އަންގަވައި އިޝާރާތް ކުރައްވާފައިވާ ކަންތައް ތަކެއް ހުރެއެވެ. އެކަންތައްތަކަށް ސަމާލުވާން ޖެހެއެވެ. ސަމާސާ ކުރުމުގައި ހައްދުފަހަނަ އަޅައި ދިއުމަކީ ގެއްލުން ހުރި ކަމެކެވެ. އެހެނީ ސަމާސާ ގިނަކޮށް ހައްދުން ބޭރުވުމަކީ މާތްﷲ އިންސާނާ ހެއްދެވި މަގުސަދާއި ދުރަށް ގެންދާ ކަމެއްކަމުގައި ވާތީއެވެ. […]

ދާއިމީ އުފާވެރިކަން!

ދާއިމީ އުފާވެރިކަމުގެ ބަގީޗާ ލިބޭނީ ހަމައެކަނި މާތް ރަސްކަލާންގެ ކިބައަށް ސާފު އަދި ފުރިހަމަ ހިތަކާއިގެން ކުށްތަންވާ މީހުނަށެވެ. މީސްތަކުންގެ ތެރެއިން ތިމާ ހުނިޖެހިގެން ނެގޭދުވަހު އެއްވެސް މީހަކަށް އޭނާގެ ދަރިން ނުވަތަ މުދާތަކުގެ ހިޔާވެހިކަމެއް ނުލިބޭނެއެވެ. ފައިދާ އާއި ވަޢުދުވެގެންވާ ކަންތައްތައް ވަނީ އެކަލާންގެ ކިބަޔަށް ގިނަގިނައިން ކުއްތަންވެ އަބަދުވެސް ތިމާގެ ހިތުގެ އަޑީން އެކަލާންގެ ރަސްކަންފުޅު ހަނދާންކޮށް އެކަލާންގެ ރަސްކަންފުޅު ތިމާއަށް ނުފެންނަކަމުގައި ވިޔަސް ހައްދަވާ ބޮޑުކުރެއްވި ރަޙީމުވަންތަ ކަލާންގެ ކިބަފުޅަށް ހިތުގެ އަޑިން […]

ބިސްމިން އަޑުހަރުކޮށް ނުކިޔާކަން ރައީސް މައުމޫނަށް އެނގި ކަންބޮޑުވުން ފާޅުކުރައްވައިފި!

ބިސްމި އަކީ ސޫރަތުލް ފާތިޙާގެ އާޔަތެއްކަމާއި އެހެންވީމާ ކީއްވެތޯ ބިސްމިން ސިއްރުންކިޔަނީ ރައީސް މައުމޫނު ކުއްލިއަކަށް ސުވާލު އުފަށްދަވައިފިއެވެ. ”އިމާމު ނަވަވީ ވިދާޅުވެފައިވަނީ ސަޙާބީންނާއި ތާބިޢީންނާއި އޭގެފަހުން ގިނަފިގުު ޢިލްމުވެރީންނާއި ގާރީންގެ ބަސްފުޅަކީ ނަމާދުގައި ބިސްމި އަޑުހަރުކޮށް ކިޔުންކަމުގައި. އެހެންކަމުގައިވާއިރު ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމި ނުކިޔަނީ ކީއްވެބާ؟“ މައުމޫނުގެ ޓުވިޓްގަ ސުވާލު ކުރައްވައިފަވެއެވެ. ދެންފަހެ ގިނަބައެއްގެ ސުވާލަކީ މައުމޫނު ހޭފުޅުލެއްވީތޯއެވެ. އެހެނީ ރާއްޖޭގައި މިފަދައިން ނަމާދު ކުރާތާ މިހާރު 12 ވަރަކަށް އަހަރަށްވުރެވެސް އިތުރުވެދާނެކަމަށެވެ. އަދި […]

ނަމާދު- ބަންގި ދިނުމަށްފަހު މިސްކިތުން ނުކުތުން:

ބަންގިދޭ މުއައްޒިނަށް އިޖާބަ ނުދިނުމާއި ޢުޒުރަކާނުލައި ނުވަތަ އެނބުރި އައުމަށް ގަސްދު ކުރުމަކާއި ނުލައި ބަންގި ދިނުމަށްފަހު މިސްކިތުން ނުކުތުން ނަހީ ވެގެންވުން ދަންނައެވެ. ބަންގިއަށް އިޖާބަ ދިނުމަކީ ނަމާދަށް ޖަމާޢަތަށް ޙާޒިރުވުމެވެ. ފަހެ އަބޫ ހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. މިއުންމަތުގެ ނަބިއްޔާ ތިމަންނައަށް އަމުރު ކުރެއްވިއެވެ. ތިއަބައިމީހުން މިސްކިތުގައި ވަނިކޮށް ނަމާދަށް ގޮވާލެވިއްޖެނަމަ ފަހެ ނަމާދު ކޮށްފުމަށް ދާންދެން ތިޔަބައިމީހުންކުރެ މީހަކު ހަމަ އެއްގޮތަކަށްވެސް މިސްކިތުން ނުނިކުންނަ ހުށްޓެވެ. (ރަވާހު އަޙުމަދު) އަބޫ ޝަޢުޝާއު […]

މަރުގެ ސަކަރާތް:

ނުބައިމީހުންގެ ފުރާނަ މިދުނިޔެއިން ވަކިވެ އާޚިރަތާއި ކުރިމަތިލުމުން ކަޅުއަނދިރި މޫނެއްގެ ވެރި އެތަކެއް ހާސް މަލާއިކަތުން ވަރަށް ނުބައި ވަސްދުވާ ސާންތިތަތެއް ހިއްޕަވއިގެން އޭނާގެ ކައިރއަށް ވަޑައިގެން އެތުރިގެން ތިއްބަވާނެއެވެ. މިބެއިކަލުންގެ ސަފުތައް އޭނާގެ ލޮލުކޮޅަށް ދެމިގެންދާނެއެވެ. އެހިނދު މަލަކަލް މައުތް ވަޑައިގެން ވިދާޅުވާނެއެވެ. ”އޭ ނުބައި ފުރާނައާއެވެ. ކަލޭ ހެއްދެވިފަރާތުގެ ނުރުއްސެވުމާއި ދިމާއަށް އަންނާށެވެ.“ މަލަކަލް މައުތުގެ މި އަޑުފުޅު އަހާފައި އެމީހާގެ ފުރާނަ ހަށިގަނޑުގެ އެތެރޭގައި އެތަންމިތަނަށް ދުވަންފަށާނެއެވެ. ދެން އެމަލާއިކަތާ އޭނާގެ މެއާއި […]

ފެންނެގޭނީ ވެހޭއިރުއެވެ!

ބަރަކާތްތެރި ރޯދަމަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމުގެ ހެޔޮ ތައުފީގު އެއްކައުވަންތަ އިލާހް އަޅަމެންގެ އެންމެނަށް ދެއްވާށިއެވެ. އާމީން. އެއްކައުވަންތަ އިލާޙުގެ މަދަދާއި ތައުފީގު ނުލިބި އެއްވެސް ކަމެއްގައި ކާމިޔާބީއެއް ނުލިބޭނެއެވެ. އެހެން ކަމުން އަޅަމެންނަށް ވަނީ އެކަލާންގެ މަދަދާއި ތައުފީގަށްއެދި އިލާހީ ޙަޒްރަތަށް ދެންނެވުމަށް ޢާފިލު ނުވުމެވެ. ބަރަކާތްތެރި ރޯދަމަހުގެ ދުވަސްތަކާއި ރޭތައް ފާއިތުވަމުންދަނީއެވެ. ބުއްދިވެރީން ރެއާއި ދުވާލު މަސައްކަތް ކުރަމުން އެދަނީ، ކީރިތި ﷲ އަށް މިމަހުގައި ދަރުމަ ކުރައްވާފައިވާ […]