އާޝޫރާ: މުޙައްރަމް މަހު މުސްލިމުން ރޯދަ ހިފައި ހިތާމަ ފާޅުކުރަނީ ކީއްވެ؟

ދިހައެއް މުޙައްރަމް ފާހަގަކުރަނީ ރަސޫލު ސައްލައްﷲ ޢަލައިހި ވަސައްލަމްގެ ކާފަފުޅު ދަރިކަލުނާއި އިދިކޮޅަށް މީލާދީން 680 ވަނަ އަހަރުގައި ކަރުބަލާގައި ހިނގި ހަނގުރާމައިގައި އެ ދަރިކަލުން ޝަހީދުވި ހާދިސާއިންނެވެ. ހިޖުރީ ކަލަންޑަރުގެ ފުރަތަމަ މަސް ކަމަށްވާ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހުގައި ހުރިހާ މުސްލިމުން އާޝޫރާ ދުވަސް ފާހަގަ ކުރެއެވެ. މިދުވަސް ފާހަގަ ކުރަނީ ނޫޙުގެފާން ނަވުން ފައިބައިވަޑައިގަތް ދުވަހަށް ވުމުންނާއި، ﷲ ތަޢާލާ މޫސާގެފާނުން ފިރުއައުންގެ ކިބައިން ސަލާމަތް ކުރެއްވި ދުވަހުގެ ގޮތުގައިވެސްމެއެވެ. ރަސޫލް ޒަމާނުގައި […]
އިންޑިއާގެ ކަނާތުފިޔާގެ ހިންދީ ވަތަނީ ގްރޫޕަކުން ބޮލީވުޑުގެ ތަރި އާމިރު ޚާންއާއި ދިމާކޮށްލައިފި

އިންޑިއާގެ ސަރުކާރުގެ ކަނާތުފިޔާއަށް ތާއީދުކުރާ މީހުންތަކެއް ބޮލީވުޑުގެ ތަރި އާމިރު ޚާންއާއި ދިމާކޮށްފިއެވެ. އެމީހުން ތުހުމަތު ކުރާ ގޮތުގައި މުސްލިމް އެކްޓަރު މަސައްކަތްކުރަނީ އިންޑިއާއި ދެކޮޅަށް ޗައިނާއާއި ތުރުކީއަށް ތާއީދުކޮށްގެންނެވެ. އެމީހުން މަޖައްލާއެއްގެ ބޭރު ގަނޑުގައި އޭނާގެ ފޮޓޮއެއް ޖަހާ، ސުރުޚީއަކަށް “ ޑި ޑްރެގަންސް ފޭވަރިޓް ޚާން“ ލިޔެ މަޖައްލާ ޝާއިއުކޮށްފިއެވެ. އާމިރު ޚާން އަކީ ޗައިނާގައި ވަރަށް މަޝްހޫރު ބަތަލެކެވެ. އޭނަ ފޮލޯ ކުރާ 1.16 މިލިއަން މީހުން ތިބެއެވެ. އާމިރު ޚާން ތުރުކީގައި […]
މާލީގެ ބަޣާވަތާއި ގުޅިގެން އެމެރިކާ ޢާއި ޔޫރަޕިއަން ޔޫނިއަނާއިމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި، އެއްބަޔަކު އަނެއްބަޔެއްގެެބޮލުގައި އިލްޒާމް އަޅުވަމުންދޭ

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ، މާލީގައި ގެނެވުނު ބަޣާވާތް ގެނައި ސިފައިން ތަމްރީނު ކުރި ކަމުގެ ތުހުމަތު ބުރޫސެލްސްއާއި ވޮޝިންޓަނުން އެއްބަޔަކު އަނެއްބަޔަކަށް ކުރަމުން އެބަދެއެވެ. މާލީގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށް ސިފައިން ވެރިކަމާއި ހަވާލުވުމާއި ގުޅިގެން، ނުތަނަސަވަންކަން އުފެދިފައިވަނީ އެގައުމުގެ އެތެރޭގައި އެކަނޏެއްނޫނެވެ. ބައިނަލްއަގުވާމީ މަޝަރްހުގައިވެސްވަނީ ނުތަނަވަސްކަން އުފެދިފައެވެ. މާލީގައި ހަމަނުޖެހުން އުފައްދަން އެހީވި ކަމުގެ ތުހުމަތު ވާަދަވެރި ބާރުތަކުންދަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ. ގުދުރަތީ ވަސީލަތްތަކުން މުއްސަނދި އެފްރިކާގެ މި ގައުމަށް […]
ޔޫ އޭ އީން އިޒްރޭލު ބޮއިކޮޓުކުރުން ކެންސަލްކޮށް، އިޒުރޭލުގެ ފްލައިޓުތަކާއި، ވިޔަފާރިތަކާއި އެންބަސީ ހުޅުވުމުގެ ދޮރު ހުޅުވާލައިފި

ޔޫ އޭ އީން އިޒްރޭލު ބޮއިކޮޓުކުރުން ރަސްމީކޮށް ނިންމިކަން އިއުލާންކުރުމަށް ޔޫ އޭ އީގެ ވެރިޔާ ބަޔާނެއް ނެރުއްވައިފިއެވެ. މިއީ އެމެރިކާ މެދުވެރިވެގެން އެއްބަސްވި ސިޔާސީ ގުޅުމުގެ އެއްބަސްވުމާޢި އެއްގޮތަށް ކުރި ކަމެކެވެ. ސަރުކާރުގެ ނޫސް އެޖެންސީ ޑަބްލިއު އޭ އެމްއިން ހޮނިހިރި ދުވަހު ބުނެފައިވާ ގޮތުގައި އެ ބަޔާން ނެރުއްވީ ޔޫއޭއީގެ ރައީސް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އެވެ. އެއީ އަބޫދާބީއާއި އެމިރޭޓުސްގެ ވެރިޔާ ޝެއިޚު ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ […]
ﷲއަށް އީމާންވުމުގެ މުހިންމުކަން

ގަސްގަހާގެހި އާރޯކަމާއި ތާޒާކަމާއެކު ދެމިހުރުމަށް ފެނަށް ބޭނުންވާފަދައިން، އިންސާނާ އޭނާގެ حياة ބާއްޖަވެރި ކުރުމަށްޓަކައި، އީމާންކަމަށް ބޭނުންވެއެވެ. ﷲ އަށް އީމާންވުމަކީ، އިންސާނާގެ ހިތުގައި ދިރިއުޅުމުގެ شوق ވެރިކަމާއި އުންމީދު އާލާކޮށްދޭ ވަރަށް މުހިންމު ބަހާއެކެވެ. ދިރިއުޅުމުގެމަތިން އުންމީދުކެނޑި މާޔޫސްކަމުގެ ކަނޑަށް ގެނބިގެންދަނީ، ﷲ އަށް އީމާންނުވާ މީހުންނެވެ. އީމާންކަމަކީ، ހިތްތައް އުންމީދުން ފުރާލަދޭ ކަމެކެވެ. ހެޔޮފާލުގެ شعور ތަކާއި، ބާއްޖަވެރިކަމުގެ إحساسތައް އުފައްދާ ކަމެއްވެސް މެއެވެ. އެހެނީ ﷲއަށް އީމާންވާ މީހާ ގަބޫލުކުރާ ގޮތުގައި އޭނާވަނީ، […]
މެލޭޝިއާއިން އެގައުމުގެ ފުރަބަންދުގެ މުއްދަތު 31 ޑިސެންބަރަށް އިތުރުކޮށްފި

މެލޭޝިއާގެ ބޮޑު ވަޒީރު ތަން ސްރީ މުޙުޔިއްދީން ޔާސީން ވިދާޅުވި ގޮތުގައި ކޮވިޑުގެ ހާލަތުވަނީ ކޮންޓްރޯލް ކުރެވިފައެވެ. އެހެންނަމަވެސް، ”ތިބޭފުޅުންގެ ފައިދާއަށް، ފުރަބަންދުގެ މުއްދަތު 31 ޑިސެންބަރު 2020 އަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިން“، ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން، ބޮޑުވަޒީރު މުޙުޔިއްދީން މެލޭޝިއާގެ ރައްޔިތުންނަށް ދެއްވި މެސެޖުގައި ވިދާޅުވިއެވެ. ހަމަ މިގޮތަށް، ބޭރު ގައުމުތަކުގެ ފަތުރުވެރިންނަށް މެލޭޝިއާއަށް އެތެރެވުން އަދިވެސް މަނާވާނެ ކަމަށާއި، މިއީ މެލޭޝިއާއަށް ބޭރުން އަތުވާދެ ވޭދަނަތައް ހުއްޓުވަން އެޅުއްވި ފިޔަވަޅެއްކަމުގައިވެސް […]
މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް!

ރޭ މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. އަލިފާންގަނޑު ފުރަތަމަ ރޯވެފައިވަނީ ބޮޑުތަކުރުފާނުމަގުގައި އެސްބީއައި ކައިރީގައި ހުންނަ ކެފޭ ޓިއޯލޯގައެވެ. ކެފޭގައި ހިފި އަލިފާންގަނޑު ކޮނޓްރޯލްނުވެ ކެފޭވަނީ އަނދާ ހުލިވެފައެވެ. މި ކެފޭއަކީ ދެފަންގިފިލާއަކަށް ހަދާފައި ހުރި ކެފޭއެކެވެ. އެއަށްފަހު ދެން އަލިފާންހިފައި އަނދަންފެށީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ ހުރި އިމާރާތެވެ. އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާ ވަނީ ވަރަށް ބޮޑަށް […]
އެމިރޭޓްސް އަދި އިއްތިހާދު އެއާރވޭސް އިން ފްލައިޓްތަކުގެ މުއައްޒަފުން އުޖޫރަނުލިބޭ ގޮތަށް ޗުއްޓީ ނަގަން އަންގައިފި

ހަބަަރުލިބޭގޮތުގައި މެދުއިރުމަތީގެ ދެ ކުންފުނި ކަމަށްވާ އެމިރޭޓްސް އަދި އިއްތިހާދު އެއާރވޭސްއިން އަންނަ މަހުން ފެށިގެން އުޖޫރަ ނުލިބޭ ގޮތަށް ޗުއްޓީ ނެގުމަށް ކެބިން ކްރޫއިންނަށް ދަނީ އަންގަމުންނެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ސިއްހީ ކާރިސާ އާއި ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ނިސްބަތްވާ އެއާރލައިންތަކުން އެތައްހާސް ވަޒީފާތަކެއް އުވާލާފައިވެއެވެ. ”ރޮއިޓާރސް ޓުޑޭ“ ގެ ރިޕޯޓަކުން ހާމަވާގޮތުގައި މި ދެ އެއާރލައިނުން އަނެއްކާވެސް މުވައްޒަފުންނަށް މިފަދައިން ޗުއްޓީ ނެގުމަށް އަންގައިފިއެވެ. މިފިޔަވަޅު އަޅަން ކުންފުނިތަކުން ނިންމާފައިވަނީ […]
އެކްސްކުލޫސިވް: ވޮޝިންޓަން ގައި ނަތަންޔާހޫއާއެކު ބޭއްވުމަށް ރޭވި ބައްދަލުމަށް މުހައްމަދު ބިން ސަލްމާން ވަޑައެއް ނުގެންނެވި

އިޒުރޭލުގެ ބޮޑު ވަޒީރާއި ސަޢޫދީ ވަލީ އަހުދު ބައްދަލުކުރެއްވުމަށް، ޢާންމުކޮށް އެންމެނަށް ފެންނަގޮތަށް ބައްދަލުވުމެއް ބޭއްވުމަށް ރޭވިއެވެ. އެހެންނަމަވެސް، އެ ބައްދަލު ބޭއްވުމަށް، ކުރައްވަން އުޅުއްވި ދަތުރުގެ މަޢުލޫމާތު ލީކުވުމާއި ގުޅިގެން ރޭވި ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ. ވޮޝިންޓަންގައި އިޒުރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ސަޢޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބާއްވަން ރޭވި ބައްދަލުވުން ކެންސަލް ކުރެއްވީ އެދަތުރުގެ ޚަބަރު ލީކުވެ، އެމެރިކާގެ ވެރިރަށުގައި ހުންނެވި ޚަބަރު ފެތުރުމުން، ބޮޑު ކަންތައްގަނޑަކަށް ވެދާނެތީއެވެ. […]
ސަންދާނު ދަ ބްލެކް ޑޭ! 4 ވަނަބައި

7 ޖުލައި 2002، މިއަދަކީ ދިވެހިރާއްޖޭގެ ގާނޫނާއި ޚިލާފަށް ސަންދަނުގެ ބައިވެރީންނަށް ޢުމުރުދުވަހުގެ ޖަލުޙުކުމަކާއި އަދި އެއް އަހަރު ދުވަހަށް އަރުވާލުމަށް ކުރީގެ ޑިކްޓޭޓަރ މައުމޫނު ޢަބުދުލް ގައްޔޫމްގެ ބޭނުންފުޅަކަށް ދިވެހިރާއްޖޭގެ ޢަދާލަތުގެ ދަރުބާރުން ފުރަތަމަފަހަށް (ރައްޔިތުން ބިރުދެއްކުމަށްޓަކައި) މިފަދަ ޙުކުމެއް ކުރި ފުރަތަމަ ދުވަހެެވެ. މިހާރުގެ ސިޔާސީ ކުދިންނަށް މިޙަގީގަތް ނޭނގި އޮތުމަކީ ހަމަ އެކަށިގެންވާ ކަމެކެވެ. އެހެންވުމާއި އެކު ސަންދާނު މިގެނެސްދިނީ ދިވެހިރާއްޖެ ޑިމޮކްރަސީ އާއި ޢަދުލު އިންސާފުގެ މަގަށް ކުރި އެތަކެއް ދަތުރުތަކަކުން […]