ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތް ހީނަރުވެދިޔަ ދީގެން ނުވާނެ : ނަޒާކީ ޒަކީ

ސިޔާސީޕާޓީތަކުގެ ކޯޅުމާއި އެ ޕާޓީތަކުން ފަތުރަމުންދާ ބުހުތާން ދޮގުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތް ހީނަރުވެދިޔަ ދީގެން ނުވާނޭކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ސުޕެޝަލް އެންވޯއީ ދާތޯ މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) ވިދާޅުވެއްޖެއެވެ. ސަންދާނަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ”އަޅުގަނޑުމެންގެ ގައުމަށް ޒިޔާރަތް ކުރަން ބޭނުވެފައިތިބި ފަތުރުވެރިންނަށް އަޅުގަނޑު މެންގެ ފަރާތުން ދެވެން ހުރި ހުރިހާ ލުއިފަސޭހަތަކެއް ހަމަޖައްސައިދީ އެކަންކަމަށް މަގުފަހިކޮށް ދިނުމަކީ އަބަދުވެސް އަދާކުރަން ޖެހިފައިވާ ޒިންމާއެއް“ ކަމުގައެވެ. ޢާންމު […]
އެޕްރިކޮޓް: މީރުކަމާ އެއްވަރަށް ސިއްހަތަށްވެސް ފައިދާހުރި މޭވާއެއް!

އެޕްރިކޮޓް އަކީ އަނގަޔަށް މީރު ހުތް ފޮނި މޭވާ އެކެވެ. މިއީ ކައްކައިގެންނާއި، ޖޭމްގެ ގޮތުގައި ތައްޔާރުކޮށްގެންނާއި، ރޯކޮށްހުއްޓައި، އަދި ހިއްކައިގެންނާއި، ދަޅުގައި ބަންދުކޮށްގެން ވެސް ކައިއުޅޭ މޭވާއެކެވެ. ނަމަވެސް ޞިއްޙީ ގޮތުން އެންމެ ފައިދާ ބޮޑީ ހިއްކައިގެން ބޭނުންކުރުމުންނެވެ. 5 ކިލޯގެ ތާޒާ އެޕްރިކޮޓް ބޭނުންކޮށްގެން އުފެއްދެނީ އެންމެ ކިލޯއެއްގެ ހިކި އެޕްރިކޮޓެވެ. މިސަބަބަށްޓަކައި، ކާނާގެ ބާވަތްތައް ހިމެނޭ މިންވަރު ހިއްކާފައި ހުންނަ، އެޕްރިކޮޓްގައި ގިނަވާނެ އެވެ. ހިއްކާފައި ހުންނަ އެޕްރިކޮޓަކީ ތަތް އެއްޗެއްކަމުން މިފަދަ […]
ނިއުމޯނިއާ ޖެހޭގޮތާއި މަގުފަހިވާ ކަންކަން!

ނިއުމޯނިއާ އަކީ ފުއްޕާމޭގައި ޖަރާސީމު އެޅުމެވެ. ނުވަތަ އަރިދަފުސް ހިފުމެވެ. ނިއުމޯނިއާ އަކީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. މިއީ ކޮންމެ އުމުރު ފުރައެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ނިއުމޯނިއާ ޖެހޭ ސަބަބު: ނިއުމޯނިއާ އާންމުކޮށް ޖެހެނީ ބެކްޓީރިޔާ ނުވަތަ ވައިރަސް ތަކުގެ ސަބަބުންނެވެ. ނިއުމޯނިޔާ ޖައްސާ ބެކްޓީރިޔާތަކުގެ ތެރޭގައި ”ސްޓްރެޕްޓަކޮކަސް ނިއުމޯނިއާ“، ”މައިކަޕްލާޒްމާ ނިއުމޯނިއާ“ ފަދަ ޖަރާސީމުތައް ހިމެނެއެވެ. ނިއުމޯނިއާ ޖައްސާ ވައިރަސް ތަކުގެ ތެރޭގައި ”އިންފުލުއެންޒާ އޭ ވައިރަސް“ އަދި ”ރެސްޕިރޭޓަރީ […]
އުރަމަތި ދުޅަވާ ސަބަބާއި ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން!

އުރަމަތި ދުޅަވެ ދޮސްގަތުން (Mastitis) ނުވަތަ އުރަމަތި ދުޅަވުމަކީ އުރަމައްޗާއި، އޭގެ ވަށައިގެންވާ ޓިޝޫ ތަކުގައި އިންފްލެމޭޝަން އުފެދި، ދުޅަވުމެވެ. ތުއްތު ދަރިފުޅަށް ކިރުދޭން ފެށުމާއި އެކު އުރަމަތި ދުޅަވެ ދޮސްގަތުމަކީ އަލަތު މައިންނަށް ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އާންމު ގޮތެއްގައި އުރަމަތި ދުޅަވުން ނިސްބަތް ކުރެވެނީ ދެ ވައްތަރަކަށެވެ. އެއީ ވިހެއުމަށްފަހު ގާތުންދޭ މައިންނަށް ދިމާވާ އުރަމަތި ދުޅަވުމާއި، އާއި އެފަދަ ނޫންމީހުންނަށް ދިމާވާ އުރަމަތި ދުޅަވުމެވެ. އެންމެ އާންމުކޮށް އުރަމަތި ދުޅަވެ، ދޮސްގަތުން […]
ޕެނިކް އެޓޭކަށް މަގުފަހިވާ ސަބަބުތަކާއި އަލާމާތްތައް!

ޕެނިކް ޑިސްއޯޑަރ އަކީ ކުއްލިއަކަށް ބިރުގަތުމާއި ހިތް ނުތަނަވަސްވުމުގެ ހާލަތެވެ. ޕެނިކްވުމަކީ ކުއްލިއަކަށް ވަރަށް ބޮޑަށް ބިރުގަތުމާއެކު ހިތް ނުތަނަވަސްވެ، ހަދާނެގޮތް ހުސްވުމެވެ. ޕެނިކްވާ މީހާއަށް ހީކުރެވޭނީ އޭނާއަށް އިހްސާސްކުރެވޭ ބިރަކީ ހަގީގަތުގައިވެސް އޭނާއަށް ދިމާވެފައިވާ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. ވުމާއެކު މި އިހްސާސްތަކާއި އެއްގޮތަށް ހަށިގަނޑުވެސް އެއަށް އިޖާބަދީ އަމަލީގޮތުން އޭގައި ބައިވެރިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނޭވާލުމާއި ހިތުގެ ވިންދަށް ބަދަލުއައުމުގެ އިތުރުން، ހަށިގަނޑުގެ އެހެން ގުނަވަންތަކުގެ މަސައްކަތްތަކަށްވެސް ބަދަލުއާދެއެވެ. އަދި އެފަދަ […]
އިޒްރޭލު ފަތުރުވެރިޔާއާއި ގުޅޭގޮތުން ކުރި ޓްވީޓަށް 700،000 އަށްވުރެ ގިނަ ވިއުޒް!

ދިވެހިރާއްޖެއަށް އައި ފަތުރުވެރިޔަކު، އޭނާއަކީ އޮޒްރޭލު ރައްޔިތެއްކަން ދިވެހިރާއްޖޭގެ ރަށެއްގެ އާންމުންނަށް އެނގުމާއެކު އޭނާ އެރަށަށް އެރިޔަ ނުދީ ހިފެހެއްޓި ޙަބަރު “ފްރެންޑްސް އޮފް ޕަލަސްޓައިން އިން މޯލްޑިވްސް” ހިންގަވާ ފަރާތުން އެކްސް، ކުރީގެ ޓްވިޓަރގައި ހިއްސާކުރުމުން އެ ޓްވީޓަށް 700،000 އަޡްވުރެ ގިނަ ވިއުޒް ލިބިއްޖެއެވެ. ޕޯސްޓްކުރިތާ 12 ގަޑިއިރުތެރޭގައި 300،000 ވިއުޒް ލިބި އެ ޕޯސްޓް ވައިރަލްވެފައިވާއިރު، 24 ގަޑިއިރު ވެގެން ދިޔައިރު 700،000 ފަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުން މީހުން އެޓްވީޓް ބަލާފައިވެއެވެ. ޓްވީޓްކުރެއްވި […]
މާތް ﷲގެ މަގުގައި” ބުނާ ބަހުގެ މާނައަކީ ކޮބާ؟

މުސްލިމަކަށްވީތީ އަހަރެމެން ހެއްދެވީ އަދި އެކަލާނގެ ހަޟްރަތަށް އަހަރެމެން އެނބުރީ ދާނީ ކޮންފަރާތަކަށްކަން އަހަރެމެންނަށް ވަރަށް ސާފުކޮށް އެނގެއެވެ. އަދި މިދުނިޔެއަކީ އިމްތިހާނެއް ކަމާއި، ދިރުންވި ކޮންމެ އެއްޗެއް މަރުގަންނަވާނެކަންވެސް އަހަރެމެން ދަންނަމުއެވެ. ސުވަރުގޭގައި ހޭދަކުރާނެ ވަގުތާއި އަޅާބަލާއިރު މިދުނިޔޭގައި ވެއަތުކުރާ ދުވަސްތަކަކީ ވަރަށްވެސް ކުރު މުއްދަތެކެވެ. އަހަރެމެންނަކީ ރަނގަޅު މަގުން ހިނގުމަށް މަސައްކަތްކުރާ މުސްލިމުންކަން ދުނިޔޭގައި ދައްކުވައިދީގެން މާތް ުގެ ރުއްސެވުމާއި ފުއްސެވުން ހޯދައި އެކަލާންގެ ރަހުމަތާއި ބަރަކާތް މިންވަރުކުރެއްވުމަށް އެދިގެން މަސައްކަތްކުރާ ބައެކެވެ. ދުނިޔޭގެ ދުވަސްތައް ކޮންމެ […]
އައިސިސްއިން މޮސްކޯގައި ދިން ހަމަލާގެ ފަހަތުގައި އޮތީ އެމެރިކާ؟

ރަޝިއާއިން ޔޫކްރޭނުގައި ކިރާ ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ހުޅަނގުގެ އެމެރިކަައާއި ރަޝިއާއާއި ދެމެދު “ޕްރޮކްސީ ވާރ” އެއް ކުރިއަށްދާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އެމެރިކާގެ މަސައްކަތުގައި ކުލަ ނުޖެހި އުޅެނިކޮށް އިރާނާއި ޗައިނާ ފަދަ އަސްކަރީ ބާރުތަކުގެ މަދަދާއެކު ރަޝިއާވަނީ އިތުރަށް ބާރުގަދަ ވާން ފަށާފައެވެ. އައިސިސް ހަނގުރާމަވެރިން މޮސްކޯގައިދިން ނިރުބަވެރި ހަމަލާގެ ކުރިން އެމެރިކާ ސަރުކާރުގެ ތަރުޖަމާނު ވަނީ މޮސްކޯގައި ތިބި އެމެރިކާ ރައްޔިތުން މޯލްތަކާއި، ތިއެޓަރތަކާއި، މުނިފޫހިފިލުވުމަށާއި އެހެނިހެން ކަންކަމަށްވެސް އާންމުން އެއްވެ އުޅޭ […]
އިންޑިއާއިން ދިން ރައްދަކީ މާކުރިން ރާވައިގެން ދިން ތަދުބީރީ ހަމަލާއެއް!

ދިވެހި ސިޔާސީ ބައެއް ފަރާތްތަކުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހަޖޫކިޔައި މީސްމީޑިއާގައި ވާހަކަ ދައްކާފައިވާކަމަށް ބުނެ އިންޑިއާގެ މީސްމީޑިއާ އެކައުންޓުތަކުން ދިވެހިރާއްޖެއަށް ދެމުންގެންދާ ވާޗުއަލް ހަމަލާތައް ގިނަ ބައެއްގެ ސަމާލުކަމަށްވާނީ އައިސްފައެވެ. އެހެންނަމަވެސް، އިންޑިއާގެ އެންޓި-މޯލްޑިވްސް ޕީއާރް ކެމްޕޭނު ކުރިއަށް ގެންގޮސްފައިވާގޮތުގެ ފުރިހަމަކަމުން، މިއީ މާކުރިން ރޭވިގެން ނުހަނު ވިސްނުންތެރިކަމާއެކު ކުރިއަށްގެންދެވޭ މަސައްކަތެއްކަން ގިނަ ދިވެހީންނަށް އަންދާޒާ ނުކުރެވިދާނެއެވެ. ހަގީގަތަކީ، މިއީ ދެގައުމުގެ ޑިޕްލޮމަސީއަށްވުރެ ބޮޑު މައްސަލައެއްކަމެވެ. މައްސަލަ ފެށޭ ހިސާބަކީ، ބޮޑުވަޒީރު މޯދީއާއި އިންޑިއާ […]
އިންޑިއާ ބޮޑުވަޒީރު މޯދީ ޕީއެންޖީއަށް ވަޑައިގެންފި

އިންޑިއާ ބޮޑުވަޒީރު، ނަރެންދްރަ މޯދީ، ޕަޕުއާ ނިއު ގިނީ (ޕީއެންޖީ) އަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުން އޭނާއަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. އެމެރިކާއަށް ދިމާވެފައިވާ ޚާރިޖީ ދަރަނީގެ މައްސަލަ ބޮޑުވުމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެހެން ގައުމުތަކަށް ކުރަން ހަމަޖެހިފައިވާ ދަތުރުފުޅުތައް މެދުކަނޑާލާފައިވާއިރު، ބައިޑެން ޕީއެންޖީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ވެސް ވަނީ ކެންސަލްކުރައްވާފައެވެ. އެމެރިކާއިން ތައްޔާރުވަމުންދަނީ ދުނިޔޭގެ މައިދާނުގައި މިހާރު އަތްގަދަ ކުރަމުން އަންނަ ޗައިނާގެ ބާރު ކަނޑުވައިލުމަށް އަސްކަރީ ބާރު […]