ސެކިއުރިޓީއާ ގުޅޭގޮތުން މައުލޫމާތު ލީކް ކުރީ އަސްކަރިއްޔާއިން ރިޕޯޓްކުރާ މީހަކު ކަމަށް ބެލެވޭ: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ”މިހާރު“ ނޫހުގައި ލިޔެފައިވާ ރިޕޯޓެއްގައި ހިމަނާފައިވާ މައުލޫމާތަކީ އަސްކަރިއްޔާއިން ރިޕޯޓްކުރާ މީހަކު ލީކް ކުރި މައުލޫމާތުކަމަށް ބެލެވޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. ”ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި ކަމަށް ބުނެ ސިއްރު މައުލޫމާތުތަކެއް ”މިހާރު“ ނޫހުގައި ޝާއިއު ކުރި މައްސަލައެއް ވަރަށް ބޮޑަށް ހޫނުވެފައެވެ. މި […]
ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ 16 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ހޮނިހިރު ދުވަހު އެ އިދާރާއަށް ހުށަހަޅައަޅައިފައިވާކަމަށެވެ. ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުގައި ރޭ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މިމައްސަލާގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. އެނގިފައިވާ ގޮތުގައި ޖިންސީ އަނިޔާ ލިބުނު ކުއްޖާ އިއްޔެ ވަނީ އެ […]
ރަހީނުކޮށްގެން އަނިޔާކުރި މީހާގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްފި

ހދ. ކުޅުދުއްފުށީ ރަހީނުކޮށްގެން އަނިޔާކުރި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސް ބޮލުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ. އެ ޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް އޭނާގެ ސިކުނޑި ލޭ އެޅިފައިވުމުގެ ސަބަބުން އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ އިއްޔެގައެވެ. މާލެގެނެސް ފުރަތަމަ އެމީހާ ގެންދިޔައީ އައިޖީއެމްއެޗަށެވެ. ނަމަވެސް އިމަޖަންސީގައި އޮޕަރޭޝަން ކުރަން އޭނާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އޭނާއަށް އޭޑީކޭއިން ފަރުވާދެމުން އަންނައިރު ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ […]
ހުއްދަނެތި މަގުމަތީ އުޅޭ ބިދޭސީންނާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި

ވާރކް ވިސާ ނެތް ފަރާތްތަކާއި ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީންނާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފި އެވެ. އިމިގްރޭޝަނުން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ހަރުކަށިފިޔަޅުގެ ތެރެއިން ކާފިއު ވަގުތުގައި ގަވާއިދާ ހިލާފަށް މަގުމަތީގައި އުޅޭ ފަރާތްތަކާއި ވޯކް ވިސާ ނެތްފަރާތްތައް ހިފަހައްޓުމަށްފަހު ގެންދަނީ ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކޮށްފައިވާ ޑިޓެންޝަން ސެންޓަރަށެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމްޕީއެލްގެ ބައިވެރިވުމާއެކު ހިންގާ މިޕްރޮގްރާމަކީ […]
ރަހީނުކޮށްގެން އަނިޔާކުރި މީހާގެ ހާލު ސިރިއަސް

ހދ. ކުޅުދުއްފުށީގަައި ޒުވާނަކު ރަހީނުކޮށް ދިން އަނިޔާގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ވެއްޖެއެވެ. ފުލުހުން ބުނީ ރޭ 20:48 ހާއިރު މޫނު ނިވާ ކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ޒުވާނަކު ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔަކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާކަމަށެވެ. އަދި މި ޒުވާނާ ރަހީނުކޮށްގެން ގެންދިޔުމަށްފަހު އަނިޔާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ޒުވާނަކު ރޭ 9:50 ހާއިރު އެ ހޮސްޕިޓަލަށް […]
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ފުރުސަތު ހުޅުވައިލައިފި

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، މިއަހަރު އަލަށް ތައާރަފް ކުރި އިނާމެކެވެ. މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ. ދިވެހި […]
މާދަމައިން ފެށިގެން ބީއެމްއެލްއިން ކާޑު ދޫކުރާނެ

މާދަމައިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް)ގެ ކަސްޓަމާ ސާވިސް ސެންޓަރު މެދުވެރިކޮށް ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިފި އެވެ. ބީއެމްއެލް އިން ބުނީ މާދަމައިން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް އެ ސެންޓަރު ހުޅުވާނެ ކަމަށެވެ. ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހިދުމަތް ދޭނީ ކިއުބީ މެދުވެރިކޮށް ދޫކުރާ އޮންލައިން ޓޯކަން އަށް ވަކި އަދަދެއްގެ ކަސްޓަަމަރުންނަށެވެ. ބީއެމްއެލް […]
ތަހުގީގީ މައުލޫމާތު ސީދާ ނަޝީދަށް ދެއްވުމަށް އެމްޑިޕީން އެދިއްޖެ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގުގެ މައުލޫމާތު ރައީސް ނަޝީދާއި ހިއްސާކުރުމަށް އެމްޑީޕީން ފުލުހުންގެ އިދާރާގައި އެދިއްޖެ އެވެ. ތަހުގީގުގެ މައުލޫމާތު ރައީސް ނަޝިދަށް ހިއްސާކުރުމަށް އެދިފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ސޮއިކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އިއްޔެ ފޮނުއްވި ސިޓީއެއްގައެވެ. ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް ވިދާޅުވީ ފުލުހުން ހިންގާ ތަހުގީގުގެ […]
ހުޅުމާލޭގައި ފްލެޓް އިމާރާތެއް އެޅުމަށް އާރުސީސީ އާ ހަވާލުކޮށްފި

ހުޅުމާލޭގައި ފްލެޓް އިމާރާތެއް އެޅުމަށް އެޗްޑިސީން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ މި ފްލެޓް އިމާރާތަކީ އެކިފަންތީގެ މީހުންނަށް ހާއްސަކޮށްގެން އިމާރާތްކުރާ ތަނެއްކަމަށް އެޗްޑިސީން ބުނެއެވެ. ފްލެޓްތައް ވިއްކުމަށް ”ބްލޫ ހެވަން“ ނަމުގައި އެޅުމަށް ހަމަޖައްސާފައިވާ މި ޓަވަރުގައި ދެ ކޮޓަރި އާއި ތިންކޮޓަރި އަދި ޕެންޓްހައުސް ހުރެއެވެ. ޖުމްލަ 24،098.22 އަކަފޫޓް ހުންނަ ބިމެއްގައި 116 ޔުނިޓް އިމާރާތް ކުރަން […]
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ސިޓީކައުންސިލުން އެދިއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި 6،000 ރުފިޔާއަށް ވުރެ ކުޑަކޮށް ދޭން މާލެ ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިއްޖެއެވެ. މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ރައީސް ސޯލިހާއި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމަށްފަހު ރޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ ރައީސް އާއި އެކީ ބޭއްވި ބައްދަލުވުމުގައި ހިޔާ ފްލެޓްތަކުގެ އަގު ކުޑަކޮށް […]