ހުޅުމާލޭގައި ފްލެޓް އިމާރާތެއް އެޅުމަށް އާރުސީސީ އާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

 

ހުޅުމާލޭގައި ފްލެޓް އިމާރާތެއް އެޅުމަށް އެޗްޑިސީން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ މި ފްލެޓް އިމާރާތަކީ އެކިފަންތީގެ މީހުންނަށް ހާއްސަކޮށްގެން އިމާރާތްކުރާ ތަނެއްކަމަށް އެޗްޑިސީން ބުނެއެވެ.

ފްލެޓްތައް ވިއްކުމަށް  ”ބްލޫ ހެވަން“  ނަމުގައި އެޅުމަށް ހަމަޖައްސާފައިވާ މި ޓަވަރުގައި ދެ ކޮޓަރި އާއި ތިންކޮޓަރި އަދި ޕެންޓްހައުސް ހުރެއެވެ.

ޖުމްލަ 24،098.22 އަކަފޫޓް ހުންނަ ބިމެއްގައި 116 ޔުނިޓް އިމާރާތް ކުރަން ނިންމާފައިވާއިރު އޭގެތެރެއިން 78 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕްކޮށް އެއްމެ ބޮޑު އަގެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 1.800 ރުފިޔާ އެވެ.

ބާކީ 38 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައަޅާފައިވާ ޔުނިޓްތަކެވެ.

އެގޮތަށް ކަނޑައެޅުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ގާއިމު ކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަގު، އަތްފޯރާ ފަށުގައި ބެހެއްޓުން ކަމަށް އެޗްޑީސީ އިން ބުންޏެވެ.

މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ އިމާރާތުގެ ކުރެހުން ފާސްކުރާ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް