މީހުންގެ ޒާތީ މައުލޫމާތު ވިއްކާ ގްރޫޕެއްގެ މައްސަލަ ބަލަންފަށައިފި

  އަންހެން ކުދިންގެ ޒާތީ މައުލޫމާތު ވިއްކަމުންދާ ގުރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ. މަބުރޫކް ވިދާޅުވީ ކުރިއަށް ހުރި ވަގުތުތަކުގައި މި މައްސަލައިގެ އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ޓްލެގްރާމް ޕޭޖްގައި އަންނަނީ ދިވެހި އަންހެންކުދިންގެ ފޯނު ނަންބަރާއި، ފޮޓޯ […]

ދިވެހި އަންހެން ޓީޗަރަކު ދަރިވަރަކަށް ޖިންސީ  ގޯނާ ކުރި މައްސަލައެއް

ދިވެހި އަންހެން ޓީޗަރަކު ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ މެދު އުތުރު ޕްރޮވިންސް (ނ، ފ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 16 އަހަރުގެ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސައެއް އިއްޔެ އެ އިދާރާއަށް ހުށަހަޅައިފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ޓީޗަރަކީ އުމުރުން  25 އަހަރުގެ އަންހެނެއްކަމަށެވެ. އެގިފައިވާ ގޮތުގައި […]

އަޅުގަނޑާމެދު އަމަލުކުރަމުން އަންނަނީ ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއްގޮތަށް : މަހްލޫފް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އޭނާއާމެދު އަމަލުކުރަމުން އަންނަނީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ އުސޫލުން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އެއީ ސިޔާސީގޮތުން ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމައްކަމަށާ އެކަމުގެ ބޭނުމަކީ މަގާމުން ވަކިކުރުން ކަމަށެވެ. ”ފެށުނީއްސުރެވެސް އެމްއެމްޕީއާރުސީގެ މައްސަލައިގައި އަޅުގަނޑާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް. އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ. […]

ލައިސަންސް ކާޑާއި ރަޖިސްޓްރީތައް ދޫކުރުން ސެލްފް ކަލެކްޝަން ސްޓޭޝަންނެއް

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކާޑާއި ރަޖިސްޓްރީތައް ސެލްފް ކަލެކްޝަން ސްޓޭޝަންއަކުން ދޫކުރާގޮތަށް ހަމަޖައްސައިފިއެވެ. ސެލްފް ސަރވިސް މި ޚިދުމަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މުޅިން އަލަށް ފެށި ޚިދުމަތެކެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކުރިއަށް އޮތްތާ ލައިސެންސް ކާޑް ދޫކުރުމާއި ރަޖިސްޓްރީތައް ދޫކުރާނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ދެވަނަ ފަންގިފިލާއިން ކަމަށެވެ. މި ސެންޓަރުން ލައިސަންސް ކާޑާއި ވެހިކަލް ރަޖިސްޓްރީތައް ދޫކުރާނެއެވެ. މި ޚިދުމަތަކީ ކިއުގައި ނުޖެހި އަވަސް، ފަސޭހަ ޚިދުމަތެއް ދިނުމަށްޓަކާ ޤާއިމުކުރި ޚިދުމަތެއްކަމަށް ޓްރާންސްޕޯޓުން […]

އެންދަމަން އުޅެނިކޮށް ހާލުދެރަވި މީހަކު މަރުވެއްޖެ

    ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން މޫދަށް އެރި އުޅެނިކޮށް ހާލު ދެރަވި މީހަކު މަރުވެއްޖެ އެވެ. ފުލުހުން ބުނީ މަރުވެފައިވަނީ ހދ. ވައިކަރަދޫ، ކަސްތޮޅި 59، މުހައްމަދު ރަޝީދު ކަމަށެވެ. އޭނާ މަހަށް ގޮސްފައިވަނީ ސ. ހިތަދޫ މޯހިރު ދޯނިން ކަމަށް ވެސް ފުލުހުން ބުނެއެވެ. އިއްޔެ ހަވީރު އެންދަމަން މޫދުގައި އުޅެނިކޮށް ހާލު ސީރިއަށްވެގެން އެމީހާ ދެއްވަދޫ ހެލްތު ސެންޓަރަށް ގެންދިޔައެވެ. ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ […]

ޝާހިދު އދ. އިންތިހާބު ކާމިޔާބު ކޮށްފި

    އދގެ އާންމު މަޖިލީހުގެ ރައީސަކު ހޯދަން ބޭއްވި އިންތިހާބު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ކާމިޔާބު ކުރައްވައިފި އެވެ. މިނިސްޓަރު ޝާހިދަށް ލިބިވަޑައިގަތީ 191 ވޯޓުގެ ތެރެއިން 143 ވޯޓުންނެވެ. ޝާހިދުއާ ވާދަކުރެއްވި އަގްފާނިސްތާނުގެ ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގަތީ 48 ވޯޓެވެ. އދގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިނިސްޓަރު ޝާހިދު އދގެ އާންމު މަޖިލީހުގެ 76 ވަނަ […]

ޓެކްސް ދެއްކުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

  ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޓެކްސް ފައިސާ ދައްކަން ޖެހޭ ސުންގަޑި އަނެއްކާ ވެސް ފަސް ކޮށްދީފި އެވެ. މީރާއިން ބުނީ މިހާރު ސުންގަނޑީގެ ގޮތުގައި ކަނޑައަޅާފައި ވާނީ މި އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަދުވަސްކަމަށެވެ. މީގެ ކުރިންވެސް މީރާއިން ވަނީ ޓެކްސް ދައްކަންޖެހޭ ސުންގަޑި ފަސްކޮށްފައެވެ. ކުރިން ހަމަޖައްސާފައި އޮތްގޮތުން ޓެކްސް ދައްކަންޖެހޭ ސުންގަޑި އަކީ އަންނަ ބުރާސްފަތި ދުވަހެވެ. މީގެ އިތުރުން މި އަހަރަށް ހުށަހަޅަން […]

ޝާހިދު ވާދަކުރައްވާ އދ ގެ އާންމު މަޖިލީހުގެ ރައީސަކު ހޮވުން މިރޭ

    ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު ވާދަކުރައްވާ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ހޮވުމުގެ  އިންތިހާބު މިރޭ އޮންނާނެއެވެ. މި އިންތިހާބު އޮންނާނީ ރާއްޖެ ގަޑިން މިރޭ 7:00 ޖަހާއިރު އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދގެ މައި މަރުކަޒުގައެވެ. މި އިންތިހާބުގައި ޝާހިދުއާ ވާދަކުރައްވަނީ އަފްއާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އެވެ. މި އިންތިހާބު ކާމިޔާބު ކާމިޔާބު ކުރުމަށް ރާއްޖެއިން ކެމްޕެއިން ކުރުމަށް ސަރުކާރުގެ ބަޖެޓުން ވަނީ 4.3 […]

މާލެއިން އަތޮޅުތަކަށް ދާން ހުއްދަ ދޭވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި : އެޗްޕީއޭ

  ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެއިން އަތޮޅުތަކަށް ދަތުރުކުރުން ހަރަކަށިކޮށް، ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ހުއްދަދޭން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ. އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް ސޮއިކުރައްވާ އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ މާލެއިން ފުރައިގެން އެހެނިހެން ރަށްތަކަށް ދާން ހުއްދަ ދޭނީ ޒަރޫރީ ހާލަތްތަކުގައި އެކަނި ކަމަށެވެ. ޒަރޫރީ ހާލަތްތަކުގެ ގޮތުގައި ކަނޑައަޅަފައިވާ ކަންތައް ވެސް އެޗްޕީއޭ އިން ވަނީ އާންމުކޮށްފައެވެ. އެއީ: ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް އައިސް […]

”މަކުޑި“ ޕޯޓަލް އަޕްގްރޭޑްކުރަން ހަވާލުކޮށްފި 

  ރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ މައުލޫމާތުތައް ބެލެހެއްޓުމާއި، ކެމިކަލްތައް އެތެރެކުރާ ފަރާތްތަކަށް އޮންލައިންކޮށް ހުއްދަ ދޫކުރުމުގެ ކަންތައްތައް ކުރިއަށްގެންދާ ”މަކުޑި“ ޕޯޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. މަކުޑި އަކީ ނޭޝަނަލް ސިންގަލް ވިންޑޯގެ ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ ސިސްޓަމެކެވެ. މި ޕޯޓަލް އަޕްގްރޭޑް ކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި  އެމްއެންޑީއެފާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ނަސީރުއެވެ. އެމްއެންޑީއެފްގެ […]