ތިނަދޫގައި ގެއިން ބޭރަށް ދެވޭނީ ގޭބީސީއަކުން އެކަކަށް ހަފްތާއަކު އެއްދުވަހު އެއްގަޑި އިރަށް

  ގދ. ތިނަދޫގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުގެ ތެރެއިން ގެއިން ބޭރަށް ދެވޭނީ ގޭބީސީއަކުން އެކަކަށް ހަފްތާއަކު އެއްދުވަހު އެއްގަޑި އިރަށް ކަމަށް ރަށު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އީއޯސީ) އިން ހަމަޖައްސައިފި އެވެ. ތިނަދޫ ކައުންސިލް އިދާރާއިން ބުނީ އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން ނިންމީ ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށްޓަކައި ކޮންމެ ހައުސް ހޯލްޑަކަށް ދެ ފާސް ދޫކޮށްގެން ކޮވިޑް ކޮންޓްރޯލްވޭތޯ ކުރި މަސައްކަތުންވެސް ފައްސިވާ މީހުން މަދު ނުވެ، […]

އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ރަށްރަށުގައި ވިއްކުމަށް 22 އެޖެންޓުން

  އެސްޓީއޯއިން އެތެރެކުރާ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް 22 އެޖެންޓުން އެ ކުންފުނިން އައްޔަންކޮށްފިއެވެ. އެސްޓީއޯއިން ބުނީ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ރަށްރަށުގައި އެޖެންޓުން މެދުވެރިކޮށް ވިއްކުމުން ގިނަ ފައިދާތަކެއް ރަށްތަކަށް ލިބިގެން ދާނެކަމަށެވެ. އެތޮތުން އަތްފޯރާ ފަށުގައި އިމާރާތްކުރާ ސާމާނު ލިބުމާއި ކުދި ވިޔަފާރިތަކަށް ރަނގަޅު ނަފާއެއް މިކަމުގެ ސަބަބުން ލިބިގެންދި އުމުގެ އިތުރުން ބޭނުންވާ ގިނަ ސާމާނު ލިބިގެންދާނެކަމަށެވެ. އެސްޓީއޯއިން އެޖެންޓުން އައްޔަންކުރީ އެކަމަށް އެދުމަށް އިއުލާނކޮށް ޕްރޮޕޯސަލް […]

ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދި އަކީ އެމީހާގެ މަށްޗަށް ހުރި ވަބާއެއް: ހުތުބާ

  ބުއްދިވެރިކަމާ އެކީ ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދި އަކީ އެ މީހާގެ މަށްޗަށް ހުރި ވަބާއެއްކަމަށް މިއަހުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. ބުއްދީގެ ނިއުމަތުގެ މަށްޗަށް ހާއްސަކޮށްގެން މިއަދު އިއްވި ހުތުބާގައި ބުނީ ބުއްދި ވެރިކަމާ ނުލާ ދީންވެރިކަމެއްނުވާކަމަށާ އަދި ދީންވެރިކަމާ ނުލާ ލަދުވެރި ކަމެއްވެސް ނެތްކަމަށެވެ. އަދި ބުއްދި ވެރިކަމެއް ނެތް މީހާ އާއި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާ މީހާގެ އެތަށް ކަމެއް އުނިވެގެންވާކަމަށެވެ. “ މާތްﷲގެ ވަހީކުރެއްވިއެވެ.ހަމަކަށަވަރުން ދިރޭތަކެތީގެ ތެރެއިން […]

ހިޔާ ފްލެޓް ލިބުނު ފަރާތްތަކާ މެދު ވެވޭ އެއްބަސްވުމުގެ ޑްރާފްޓެއް އާންމުކޮށްފި

ހިޔާ މަޝްރޫގެ ފްލެޓްތައް ލިބުނު ފަރާތްތަކާ އެކު ވެވޭ އެއްބަސްވުމުގެ ޑްރާފްޓެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާންމުކޮށްފިއެވެ. އެޗްޑީސީން ބުނީ ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާ އެކު ވެވޭ އެއްބަސްވުމުގެ ޑްރާފްޓެއް ކުރިއާލައި އާންމު ކުރީ ވަގުތު ސަލާމަތްކުރަން ކަމަށެވެ. އެ ކޯޕަރޭޝަނުން ބުނީ ހިޔާ މަޝްރޫއުގެ ދަށުން 6720 ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކުރާއިރު ވަރަށްގިނަ ވަގުތު ނަގާނެކަމަށާ ދުރާލާ މި އެއްބަސްވުން ކިޔުމަށްފަހު ސޮއިކުރާނަމަ ވަރަށްގިނަ ވަގުތު ސަލާމަތް ވާނެކަމަށެވެ. ހުޅުމާލޭ […]

ހިޔާ ފްލެޓް: އެގްރިމަންޓްގައި ސޮއިކުރާ ދުވަހު ފްލެޓް ތަޅުދަނޑި ލިބޭނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާފްލެޓްތައް ލިބުނު ފަރާތްތަކުން އެގްރިމެންޓްގައި ސޮއި ކުރާ ދުވަހު ފްލެޓްގެ ތަޅުދަނޑި ވެސް ހަވާލު ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ. ހުޅުމާލޭ ހިޔާގެ ފްލެޓްތައް ލިބޭ ފަރާތްތަކާއި އެޗްޑީސީއާ ދެމެދު ހަދާ އެގްރިމެންޓްތަކުގައި ސޮއި ކުރުން ކުރިޔަށް ގެންދަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެނެވެ. އެޗްޑީސީން ބުނީ ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާ މެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމް ހަމަޖައްސަނީ […]

އައްޑޫ ފްލައިން ސްކޫލް އެވިޑް ކޮލެޖަށް

އައްޑޫ ސިޓީގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އެވިޑް ކޮލެޖާ ހަވާލުކުރަން ނިންމައިފިއެވެ. އެނގިފައިވާ ގޮތުގައި މި ފްލައިން ސްކޫލް ހިންގުމަށް އެވިޑްކޮލެޖަށް ދިނުމަށް ވާންޖެހޭ ތައްޔާރީތަށް މިހާރު ދަނީ ކުރަމުންނެވެ. އަދި އެވިޑަށް މި ސްކޫލު ދިނުމަށް ވެވޭ އެއްބަސްވުމުގައި މާދަމާ ސޮއިކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އައްޑޫ ފްލައިން ސްކޫލު ހިންގާނެ ފަރާތެއް ހޯދުމަށް ތިން ފަހަރެއްގެ މަތީން ހުޅުވާލިއެވެ. މި ފްލައިން ސްކޫލް އެވިޑްކޮލެޖުގެ ދަށަށް ބަދަލު ކުރަން ތައްޔާރީތައް ވަމުންއަންނައިރު […]

ތިނަދޫގައި ޕީސީއާރު ޓެސްޓް ކުރެވޭގޮތްހަދަނީ

  ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ޕީސީއާރު ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖައްސުމުގެ މަސައްކަތް ފަށައިފިއެވެ. އެ ހޮސްޕިޓަލުގައި ބެހެއްޓުމަށް މަސައްކަތްކުރަނީ ދުވާލެއްގެ މައްޗަށް 300 ސާމްޕަލް ޓެސްޓު ކުރެވޭނެ މެޝިނެކެވެ. މިހާތަނަށް 4780 ސާމްޕަލް އެރަށުން ނަގައިފައިވާއިރު ދުވާލެއްގެ މައްޗަށް މިހާރު ނަގަމުންދާ ސާމްޕަލްތަކުގެ ތެރެއިން 20 އިންސައްތަ ބައްޔަށް ޕޮޒިޓިވްވަމުންދާކަމަށް އެރަށު ހޮސްޕިޓަލުން ބުނެއެވެ. އެ ހޮސްޕިޓަލުން ބުނީ ސާމްޕަލްތައް މާލެ ފޮނުވައިގެން ރިޕޯޓްލިބެން ދެ ދުވަސްވަރު ވާ ކަމަށާ، ނަމަވެސް އެ ހޮސްޕިޓަލުގައި […]

ހަކަތައިގެ ނިޒާމް ގާއިމު ކުރުމަށް 61 ކުންފުންޏަކުން ޝައުގުވެރިވެއްޖެ

  ރާއްޖޭގެ އާބާދީ ބޮޑު ސަރަހައްދުތަކަށް ހާއްސަކޮށްގެން އަވިން ހަކަތަ އުފައްދައިދޭ ނިޒާމް ގާއިމު ކުރުމަށް 61 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނީ އަވިން ހަކަތަ އުފައްދާ މި ނިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އާބާދީ ބޮޑު ހަ ސަރަހައްދެއްގައި ކަމަށެވެ. ވޯލްޑް ބޭންކާ ގުޅިގެން ހިންގާ ”އެކްސެލެރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނަރޖީ“ އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން ހިންގާ މި ޕްރޮޖެކްޓްގެ […]

ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލްކަމަށް ޝައުގުވެރިވާ ފަތާތްތަކަށް ހާއްސަ ވެބިނާއެއް

  ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ވެބިނާއެއް ބާއްވަން ސިވިލް ސަރވިސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ނިންމައިފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ މި ވެބިނާއަކީ މިމަގާމަށް ކުރިމަތިލާ މީހުންނަކީ ގާބިލު، މަސްއޫލިއްޔަތުތަކަށް ހޭލުންތެރި ބަޔަކަށް ހެދުމަށް، މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ވެބިނާ އެއް ކަމަށެވެ. އެ ކޮމިޝަނުން ބުނީ މި ވެބިނާގައި ލީގަން އަދި ހިއުމަން ކެޕިޓަލް މެނޭޖްމަންޓާ ގުޅޭ މައުލޫމާތު […]

ހިޔާ ފްލެޓްތައް ނިންމަން ނުވަ މަސް ދިނުމަށް އެދިއްޖެ

    ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ނުވަ މަސް ދިނުމަށް މާލެ ސިޓީ ކައުންސިލުން ރައީސުލް ޖުމުހޫރިއްޔާގެ އޮފީހަށާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ( އެޗްޑީސީ)ގައި އެދިފައިވާނެ ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ހިޔާ ފްލެޓްތައް ހަވާލުކުރަން ސަރުކާރުން ނިންމާފައިވަނީ ފިނިޝިން މަސައްކަތްތައް ފްލެޓްތައް ލިބުނު ފަރާތްތަކުން  އަމިއްލަ އަށް ކުރާ ގޮތަށެވެ. މީގެތެރޭގައި ތަށިމުށި ޖެހުމާއި، ފަންކާއާއި ލައިޓް ހަރުކުރުމާއި، ކުލަ ލުމާއި، ބައެއް ދޮރުފަތްތައް ހަރުކުރުން […]