ތިނަދޫގައި ގެއިން ބޭރަށް ދެވޭނީ ގޭބީސީއަކުން އެކަކަށް ހަފްތާއަކު އެއްދުވަހު އެއްގަޑި އިރަށް

Loading

Facebook
Twitter
WhatsApp

 

ގދ. ތިނަދޫގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުގެ ތެރެއިން ގެއިން ބޭރަށް ދެވޭނީ ގޭބީސީއަކުން އެކަކަށް ހަފްތާއަކު އެއްދުވަހު އެއްގަޑި އިރަށް ކަމަށް ރަށު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އީއޯސީ) އިން ހަމަޖައްސައިފި އެވެ.

ތިނަދޫ ކައުންސިލް އިދާރާއިން ބުނީ އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން ނިންމީ ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށްޓަކައި ކޮންމެ ހައުސް ހޯލްޑަކަށް ދެ ފާސް ދޫކޮށްގެން ކޮވިޑް ކޮންޓްރޯލްވޭތޯ ކުރި މަސައްކަތުންވެސް ފައްސިވާ މީހުން މަދު ނުވެ، ރަށުތެރޭގައި ހަރަކާތްތައް އިތުވުމާއި ގުޅިގެންކަމަށެވެ.

”އެގޮތުން މިހާރު ގޭގޭ އަށް ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓް ބޭނުން ކޮށްގެން ބޭރަށް ނުކުމެވޭނީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ކަނޑައަޅާފައިވާ ވަގުތުތަަކަށް ކޮންމެ ގޭބީސީއަކުން އެކަކަށް، ހަފްތާއަކު 01 ދުވަހު 1 (އެކެއް) ގަޑިއިރަށް“ ރަށު ކައުސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވެއެވެ.

ކައުސިލުން ބުނީ ބުރާސްފަތި ދުވަހު އީއޯސީގެ ބައްދުވުމެއް ބާއްވާ ނިންމީ ފިޔަވޅުތައް އިތުރަށް ހަރުކަށި ކޮށްގެން ނޫނީ ރަށުތެރޭގައި ކޮވިޑް ކޮންޓްރޯން ނުކުރެވޭނެކަމަށެވެ.

ރަށު ކައުސިލުން ބުނީ އެ ނޫން ގަޑިތަކުގައި ޒަރޫރީ ކަންކަމުގައި ބޭރަސް ނުކުތުމަށް ބޭނުން ކުރވޭނީ ހަަމައެކަނި ޕޮލިސް ޓައިމް ޕައުންޑް ޕާމިޓްކަމުގައި ހަމަޖައްސަން ފުލުހުންނަށް އެ އިދާރާއިން އެދިފައިވާނެކަމަށެވެ.

ތިނަދޫގައި 264 އެކްޓިވް ކޭސް ވާއިރު އެރަށުގެ ކޮވިޑް ފެސިލިޓީގައި މިވަގުތު ހަ މީހަކަށް ދަނީ ފަރުވާ ދެ،މުންނެވެ. އެރަށުން މިހާތަނަށް ޖުމްލަ 579 ކޭސް ވަނީ ފެނިފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް