އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ރަށްރަށުގައި ވިއްކުމަށް 22 އެޖެންޓުން

Loading

Facebook
Twitter
WhatsApp

 

އެސްޓީއޯއިން އެތެރެކުރާ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް 22 އެޖެންޓުން އެ ކުންފުނިން އައްޔަންކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ރަށްރަށުގައި އެޖެންޓުން މެދުވެރިކޮށް ވިއްކުމުން ގިނަ ފައިދާތަކެއް ރަށްތަކަށް ލިބިގެން ދާނެކަމަށެވެ. އެތޮތުން އަތްފޯރާ ފަށުގައި އިމާރާތްކުރާ ސާމާނު ލިބުމާއި ކުދި ވިޔަފާރިތަކަށް ރަނގަޅު ނަފާއެއް މިކަމުގެ ސަބަބުން ލިބިގެންދި އުމުގެ އިތުރުން ބޭނުންވާ ގިނަ ސާމާނު ލިބިގެންދާނެކަމަށެވެ.

އެސްޓީއޯއިން އެޖެންޓުން އައްޔަންކުރީ އެކަމަށް އެދުމަށް އިއުލާނކޮށް ޕްރޮޕޯސަލް ހުށަހެށި ފަރާތްތަކަށެވެ. މިހާރު އައްޔަންކޮށްފައި އެ ވަނީ މާޗްމަހުގައި ޕްރޮޕޯސަލް ހުށަހެޅި ހުރިހާ ފަރާތްތެއްކަމަށްވެސްއެސްޓީއޯއިންބުނެއެވެ.

އެސްޓީއޯއިން މާޗް މަހު ފުރުސަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކަކަށެވެ. ނަމަވެސް އެކުންފުނިން އެޖެންޓަކަށްވުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި އުސޫލުތަކައް ބަދަލުގެނެސް، ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަން ނިންމާފައެވެ.

އެޖެންޓުން ހޮވުމުގައި ރަށްރަށުގައި ތިބި ވިޔަފާރިތަކަށް އިސްކަންދޭއިރު ޖުލައިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް