ފޮނަދޫ ޕޮލިސް ސްޓޭޝަނުގައި ހުރި ބަނގުރާ ނައްތާލައިފި

ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ބުނީ ނައްތާލައިފައިވަނީ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 25 ފުޅި ބަނގުރާ ކަމަށެވެ. މި ބަނގުރާ ތަކަކީ 22 މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަނގުރާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދއެވެ. ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ. ފުލުހުން ބުނީ މި ބަނގުރާތައް ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ […]
ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ރ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ރ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކޮށްފައިވާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މަސްތުވާތަކެތި އަތުލައިގަތީ މީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހޮނިހިރު ދުވަހުކަމަށެވެ. މި އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ މީހާ […]
މަގުމަތިން މީހެއްގެ ފޯނެއް ފޭރިގަތް ބަޔަކު ހޯދުމަށް އެމީހުންގެ ވީޑިއޯއެއް އާންމުކޮށްފި

މާލޭ މަގުމަތިން ހިނގާފައިދިޔަ މީހެއްގެ މޯބައިލް ފޯން ފޭރިގެންފައިވާ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ދެ މީހަކު ހޯދުމަށް އެމީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފި އެވެ. ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަނީ ޒުވާން ދެ ފިރިހެނުން މާލޭގެ ހަނި މަގަކުން ދާ މަންޒަރެވެ. އެތަނުން އެކަކު ހުރީ ކަޅުކުލަކަމަށް ބެލެވޭ އަތްކުރު ގަމީހަކާއި ގަދަ ނޫކުލައިގެ ޖިންސެއް ލައިގެން އަދި ބޮލުގައި ނޫކުލައިގެ ތޮއްޕެއް އަޅައިގެންނެވެ. ދެންހުރި ޒުވާނާ ހުރީ ހުދުކުލައިގެ ރޮގުދެމި ގަމީހެއްހަކާއި މަޑުނޫކުލައިގެ […]
ނަޝީދަށް ދިން ހަމަލާއަށްފަހު ބައްދަލުކުރި ފުރަތަމަ ވަޒީރަކަށް ފޮރިންމިނިސްޓަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށްގެން މެއި މަހު ދިން ބޮމުގެ ހަމަލާއަށްފަހު ފުރަތަމަ ބައްދަލުކުރި ވަޒީރަކީ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު އާއި ޝާހިދު މިއަދު ބައްދަލުކުރައްވާފައި ވާއިރު މި ބައްދަލްވުމުގެ ފޮޓޯއަކާއެކު ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ރަހުމަތްތެރި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްއާ ބައްދަލުވުމުން ވަރަށް […]
އާޝޫރާ ދުވަހަކީ ބުދަ ދުވަސް

ރާއްޖެއަށް މި އަހަރުގެ އާޝޫރާ ދުވަހަކީ މިމަހުގެ 18 ވާ ބުދަ ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރި ނަމަވެސް ކޮންމެ ގައުމެއްގެ ރައްޔިތުންވެސް އަމަލުކުރަންވާނީ އެ ބަޔަކު ދިރިއުޅޭ ތަނުގެ އުސޫލުގެ މަތީން ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ އުސޫލުގެ މަތީން 1443 ވަނައަހަރުގެ މުހައްރަމް އެއް ވަނަ ދުވަހކީ މި މަހުގެ ނުވަ ވަނަ ދުވަސް ކަމަށްވާތީ […]
ސްކޫލު ވެކްސިން ޕްރޮގްރާމްގެ ފުރަތަމަ ދަރިވަރުންނަކީ ހުރަވީ ސްކޫލު ދަރިވަރިވަރުން

ސްކޫލުކުދިންނަށް ވެކްސިންދޭން މިއަދު ފަށާފައިވާއިރު ވެކްސިން އެންމެ ފުރަތަމަ ފުރަތަމަ ޖަހަންފަށައިފައިވ ވަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލު ދަރިވަރުންނަށެވެ. ހުރަވީ ސްކޫލު ދަރިވަރުންނަށް މިއަދު ވެކްސިން ޖެހުމުގެ ޕްރްގްރާމް ކުރިއަށް ގެންދަނީ ހުޅުމާލޭގެ ރެހެންދި ސްކޫލުގައި ގާއިމް ކޮށްފައިވާ ވެކްސިން ސންޓަރުގަ އެވެ. އަދި މީގެ އިތުރުން ސްކޫލު ކުދިންނަށް ވެކްސިން ޖެހުން އިސްލާމީ މަރުކަޒުގައި ވެސް މިއަދު ކުރިއަށް ގެންދާނެއެވެ. ސްކޫލުން ވެކްސިން ޖަހަމުންދާއިރު ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް […]
އަލިފާން ނިއްވާ ފުޅިއެއް ގޮވައި ދެ މީހަކު ފިހިއްޖެ

މާލޭގެ ގުދަނެއްގައި ހުރި އަލިފާން ނިއްވާފުޅިއެއް ގޮވައި ދެ މީހަކު ފިހިގެން ފަރުވާދޭން ފަށައިފި އެވެ. އެމްއެންޑީއޭފް ބުނީ މި ހާދިސާ ހިނގީ މާލޭ ބިސްބުރު ކައިރީ ހުރި އަލިފާން ނިއްވާ ފުޅި ރައްކާކުރާ ގުދަނެއްގައި ކަމަށާ އެ ގުދަނުގެ ތެރެއިން ގޮވާފައި ވަނީ އެފްއެމް200ގެ ސިލިންޑަރެއްގައި ކަމަށެވެ. ނަމަވެސް މި ފުޅި ގޮވަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފްން އަދި ހާމައެއް ނުކުރެއެވެ. އެ ހާދިސާގައި އަނިޔާވީ ދިވެއްސަކާއި ބިދޭސީއަކަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އެ […]
ހިޔާ ފްކެޓްތަކުގެ މެއިންޓަނެންސް އެޗްޑީސީން ބަލަހައްޓާނީ އެއް އަހަރަށް

ހިޔާ ފްކެޓްތަކުގެ މެއިންޓަނެންސް މަސައްކަތްތައް އެޗްޑީސީން ކުރަން ހަމަޖައްސާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުހައިލް މިއަދު ވިދާޅުވީ އެޗްޑީސީން ފުލެޓުތަކުގެ މެއިންޓެނެންސް ބަލަހައްޓާނީ އަހަރެއްހާ ދުވަހަށް ކަމަށާ އޭގެ ފަހުން މެއިންޓަނަންސް މަސައްކަތްކުރާނީ މެނޭޖްމަންޓް ބޮޑީތަކަކުން ކަމަށެވެ. އެގޮތުން ކޮންމެ ދެ ޓަވަރަކީ މެނޭޖްމަންޓު ބޮޑީއެއްގެ ގޮތުގައި ބަލައިގެން ކޮންމެ ބޮޑީއަކުން ފުލެޓުތައް ބެލެހެއްޓުމަށް ރެޕްރެޒެންޓޭޓިވް އެއް ހަމަޖައްސާނެ […]
ހިޔާ ފްކެޓްތަކުގެ ކުއްޔަށް އިތުރު ބަދަލެއް ގެނެވޭކަށް ނެތް: ސުހައިލް

ހިޔާ ފްކެޓްތަކުގެ ކުލި ބޮޑުވެގެން ގިނަ ޝަކުވާތަކެއް ކުރަމުންދާއިރު ފްލެޓްތަކުގެ ކުއްޔަށް އިތުރު ބަދަލެއް ގެނެވެން ނެތްކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުހައިލް ވިދާޅުވީ ހިޔާ މަޝްރޫއަސް ނަގާފައިވާ ލޯނު ދެއްކެން އޮތީ ފްލެޓްތަކުގެ ކުލީގެގޮތުގައި ކަނޑައަޅާފައިވާ މިންވަރަށް ކުލި ނަގައިގެންކަމަށާއި، އެހެންކަމުން މިހާރު ކަނޑައަޅާފައިވާ ކުލި ކުޑަކުރެވެން ނެތްކަމަށެވެ. ”ކުލި ކުޑަކުރަން ބަލާއިރު، އަޅުގަނޑުމެން ކުރިންވެސް ދަންނަވާފައި އޮންނާނެ ލޯނު ދެއްކުމަށް އަޅުގަނޑުމެއްނަށް މިކުލީގައި […]
މާދަމައިން ފެށިގެން ސްކޫލުކުދިންނަށް ވެކްސިން ޖެހޭނެ

މާދަމާއިން ފެށިގެން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށް ވެކްސިން ޖެހޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެޗްޕީއޭ އިން ބުނީ މާދަމައިން ފެށިގެން ސްކޫލް ކުދިންނަށް ޖަހަނީ އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ފައިޒާ ވެކްސިންކަމަށެވެ. އަދި ސްކޫލު ކުދިންގެ އިތުރުން އާންމުންގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށް ވެސް މި ވެކްސިން ޖެހޭނެކަމަށް ވެސް އެޗަޕީއޭން ބުނެއެވެ. ފައިޒާ ވެކްސިން ޖުހުމަށް ޝަރުތުތައް ހަމަވާ ފަރާތްތަކީ […]