ނަޝީދަށް ދިން ހަމަލާއަށްފަހު ބައްދަލުކުރި ފުރަތަމަ ވަޒީރަކަށް ފޮރިންމިނިސްޓަރު

Loading

Facebook
Twitter
WhatsApp

 

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށްގެން މެއި މަހު ދިން ބޮމުގެ ހަމަލާއަށްފަހު ފުރަތަމަ ބައްދަލުކުރި ވަޒީރަކީ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު އާއި ޝާހިދު މިއަދު ބައްދަލުކުރައްވާފައި ވާއިރު މި ބައްދަލްވުމުގެ ފޮޓޯއަކާއެކު ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ރަހުމަތްތެރި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްއާ ބައްދަލުވުމުން ވަރަށް އުފާވި ކަމަށެވެ.

މިއީ އަޅުގަނޑަށް ދެވުނު ބޮމުގެ ހަމަލާއަށް ފަހު ރާއްޖޭގެ ވަޒީރަކާއި ބައްދަލުވި ފުރަތަމަ ފަހަރު“ ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުއާއި މި ސަރުކާރުގެ ފޮރިން މިނިސްޓަރު ބައްދަލުކުރައްވާފައި މި ވަނީ ސިޔާސީ ގޮތުން ރައީސް ސާލިހާއެކު ހުރެވެން ނެތް ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އަދި މީގެ އިތުރުން ރައީސް ޔާމިންއާ އެކު ސިޔާސީގޮތުން ގުޅިވަޑައިގެން މަސައްކުރައްވަން ބޭނުންފުޅުވާކަން ތަކުރާރުކޮށް ވިދާޅުވަމުން ދާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދަށް  އަމާޒުކޮށް ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު ޖަރުމަނަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިނގިރޭސި ވިލާތަށް ވަޑައިގެންނެވި އޭގެ އެއްމަސްފަހުންނެވެ.
މިއަންނަ މަހުގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމަށް ކުރީން ނިންމެވި ނަމަވެސް ޗުއްޓީ އިތުރުކޮށް ދެއްވާ ރާއްޖެއިން ބޭރުގައި ހުންނެވޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެން މަޖިލީހަށް ސިޓީއެއްވެސް ފޮނުއްވާފައެވެ.

އެ ސިޓީގައި ވިދާޅުވީ ހަމަލާގެ ތަހުގީގު ނިމި އެކަމުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރީގައި ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކާއި އަދި އެމަނިކުފާނުވެސް ޖެހިލުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް