މަގުމަތިން މީހެއްގެ ފޯނެއް ފޭރިގަތް ބަޔަކު ހޯދުމަށް އެމީހުންގެ ވީޑިއޯއެއް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

މާލޭ މަގުމަތިން ހިނގާފައިދިޔަ މީހެއްގެ މޯބައިލް ފޯން ފޭރިގެންފައިވާ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ދެ މީހަކު ހޯދުމަށް އެމީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަނީ ޒުވާން ދެ ފިރިހެނުން މާލޭގެ ހަނި މަގަކުން ދާ މަންޒަރެވެ.  އެތަނުން އެކަކު ހުރީ ކަޅުކުލަކަމަށް ބެލެވޭ އަތްކުރު ގަމީހަކާއި ގަދަ ނޫކުލައިގެ ޖިންސެއް ލައިގެން އަދި ބޮލުގައި ނޫކުލައިގެ ތޮއްޕެއް އަޅައިގެންނެވެ. ދެންހުރި ޒުވާނާ ހުރީ  ހުދުކުލައިގެ ރޮގުދެމި ގަމީހެއްހަކާއި މަޑުނޫކުލައިގެ ޖިންސެއްލައިގެންނެވެ.

ފުލުހުން ބުނީ މި ވީޑިއޯއިން ފެންނަ ދެމީހުންނަކީ 2021 ޖޫން 29 ވަނަ ދުވަހުގެ ވަގުތެއްގައި މީހެއްގެ އަތުން ފޯނު ފޭރިގަތް މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހުން ކަމަށެވެ.

މިދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.

މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 490737 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރުމަށް ވެސް ފުލުހުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް