މާދަމައިން ފެށިގެން ސްކޫލުކުދިންނަށް ވެކްސިން ޖެހޭނެ

Loading

Facebook
Twitter
WhatsApp

 

މާދަމާއިން ފެށިގެން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށް ވެކްސިން ޖެހޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މާދަމައިން ފެށިގެން ސްކޫލް ކުދިންނަށް ޖަހަނީ އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ފައިޒާ ވެކްސިންކަމަށެވެ.

އަދި ސްކޫލު ކުދިންގެ އިތުރުން އާންމުންގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށް ވެސް މި ވެކްސިން ޖެހޭނެކަމަށް ވެސް އެޗަޕީއޭން ބުނެއެވެ.

ފައިޒާ ވެކްސިން ޖުހުމަށް ޝަރުތުތައް ހަމަވާ ފަރާތްތަކީ

  • 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން
  • ދިފާޢީ ނިޒާމު ބަލިކަށި މީހުން
  • މާބަނޑު މީހުން
  • ކޮވިޝީލްޑް ނުވަތަ ސައިނޯފާރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ބޮޑު ސައިޑްއިފެކްޓެއް ކުރިމަތިވެފައިވާ ފަރާތްތައް
  • ހަމައެކަނި ފައިޒަރ ވެކްސިން ޤަބޫލުކުރާ ޤައުމުތަކަށް ކިޔަވަންދާ ފަރާތްތައް

އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލުތަކުގައި އުޅޭ ދަރިވަރުންނާއި މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ހަމަޖައްސާފައި ސްކޫލްތައް މެދުވެރިކޮށް ވެކްސިން ދިނުމަށެވެ. އަދި މި ވެކްސިން އަށް ޝަރުތު ހަމަވާ މީހުންނަށް ވެކްސިން ޖަހަން ހަމަޖައްސާފައިވަނީ ކުރިއެކޭވެސް އެއްގޮތަށް ވެކްސިން ފެސިލިޓީތަކުގައެވެ.

މާލެއާއި އަތޮޅުތަކުގައިވެސް މި ވެކްސިން ޖަހަން ފެށުމަށް ނިންމާފައިވާއިރު، ސްކޫލް ކުދިން ފިޔަވާ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެހެން ފަރާތްތަކުން ވެކްސިން ޖަހަން ޖެހެނީ އޮންލައިންކޮށް އެޕޮއިންޓްމަންޓް ހަދައިގެންގެންނެވެ. މި ވެކްސިން ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން  book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދޭނެކަމަށް އެޗްޕީއޭން ބުނެއެވެ.

އެޗްޕީއޭން ނިންމާފައިވާގޮތުގައި މާބަނޑު މީހުންގެ ތެރެއިން، ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ޖަހާނީ ފައިޒަރ ވެކްސިނެވެ. އަދި މާބަނޑު މީހުންގެ ތެރެއިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން ފައިޒަރ ނުވަތަ އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށް ހިޔާރު ކުރުމުގެ ފުރުސަތުވެސް ހިމަނާފައިވެއެވެ.

ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށްވެސް ރާއްޖޭގައި ފައިޒަރ ވެކްސިން ޖެހުމަށް ނިންމާފައިވާއިރު، އެފަދަ ފަރާތްތަކުގެ ތެރެއިންވެސް އިސްކަންދޭނެ ފަރާތްތަކެއް ވަނީ ކަނަޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާޢީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުންނެވެ. އަދި މީގެ އިތުރުން ދިގު މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި، ގަވާއިދުން ޑަޔަލިސިސް ހަދަމުންދާ މީހުންގެ އިތުރުން ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ މީހުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒަރ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ވަނީ ރާއްޖެގެނެސްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް