ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ރ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކޮށްފައިވާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި މަސްތުވާތަކެތި އަތުލައިގަތީ މީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހޮނިހިރު ދުވަހުކަމަށެވެ. މި އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި އަށް ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

ފުލުހުން ދަނީ  މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް