އާޝޫރާ ދުވަހަކީ ބުދަ ދުވަސް

Loading

Facebook
Twitter
WhatsApp

 

ރާއްޖެއަށް މި އަހަރުގެ އާޝޫރާ ދުވަހަކީ މިމަހުގެ 18 ވާ ބުދަ ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރި ނަމަވެސް ކޮންމެ ގައުމެއްގެ ރައްޔިތުންވެސް އަމަލުކުރަންވާނީ އެ ބަޔަކު ދިރިއުޅޭ ތަނުގެ އުސޫލުގެ މަތީން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ އުސޫލުގެ މަތީން 1443 ވަނައަހަރުގެ މުހައްރަމް އެއް ވަނަ ދުވަހކީ މި މަހުގެ ނުވަ ވަނަ ދުވަސް ކަމަށްވާތީ 1443 ވަނަ އަހަރުގެ މުހައްރަމް މަހުގެ 10 ވަނަ ދުވަހކީ މި މަހުގެ 18 ވާ ބުދަ ދުވަސް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރުގެ އާޝޫރާ ދުވަހު ރޯދަ ހިފުމަށް ނަސޭހަތްތެރިވެރިވެފައެވެ.

އާޝޫރާ ދުވަހު ރޯދަ ހިފުން ސުންނަތް ގޮތަކީ އާޝޫރާ ދުވަހުގެ ކުރީ ދުވަހާއެކު ނުވަތަ އާޝޫރާ ދުވަހާއި އެ ދުވަހުގެ ފަހު ދުވަހާއެކު ރޯދަ ހިފުމެވެ.

ހިޖުރީ ކަލަންޑަރުގެ ފުރަތަމަ މަސް ކަމަށްވާ މުހައްރަމް މަހުގެ ދިހަވަނަ ދުވަހުގައި ހުރިހާ މުސްލިމުން އާޝޫރާ ދުވަސް ފާހަގަ ކުރެއެވެ

މިދުވަސް ފާހަގަ ކުރަނީ ނޫހުގެފާން ނަވުން ފައިބައިވަޑައިގަތް ދުވަހަށް ވުމުންނާއި، ﷲ ތައާލާ މޫސާގެފާނުން ފިރުއައުންގެ ކިބައިން ސަލާމަތް ކުރެއްވި ދުވަހުގެ ގޮތުގައިވެސްމެއެވެ.

ރަސޫލް ޒަމާނުގައި ދިރިއުޅުނު މުސްލިމުން އާންމުގޮތެއްގައި އާޝޫރާ ދުވަހު ރޯދަހިފަން ފެއްޓެވީ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް  އެކަން އެހެން ކުރައްވަން ފެއްޓުމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް