ހިޔާ ފްކެޓްތަކުގެ މެއިންޓަނެންސް އެޗްޑީސީން ބަލަހައްޓާނީ އެއް އަހަރަށް

Loading

Facebook
Twitter
WhatsApp

 

ހިޔާ ފްކެޓްތަކުގެ މެއިންޓަނެންސް މަސައްކަތްތައް އެޗްޑީސީން ކުރަން ހަމަޖައްސާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުހައިލް މިއަދު ވިދާޅުވީ އެޗްޑީސީން  ފުލެޓުތަކުގެ މެއިންޓެނެންސް ބަލަހައްޓާނީ އަހަރެއްހާ ދުވަހަށް ކަމަށާ އޭގެ ފަހުން މެއިންޓަނަންސް މަސައްކަތްކުރާނީ މެނޭޖްމަންޓް ބޮޑީތަކަކުން ކަމަށެވެ.

އެގޮތުން ކޮންމެ ދެ ޓަވަރަކީ މެނޭޖްމަންޓު ބޮޑީއެއްގެ ގޮތުގައި ބަލައިގެން ކޮންމެ ބޮޑީއަކުން ފުލެޓުތައް ބެލެހެއްޓުމަށް ރެޕްރެޒެންޓޭޓިވް އެއް ހަމަޖައްސާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިޔާފުލެޓްތކުގެ މެއިންޓެނެންސް ފީގެ ގޮތުގައި ވެރިފަރާތުގެ އަތުން ކޮންމެ މަހަކު ނަގާ ފައިސާއިން، ބާކީވާ އަދަދު އެ ފަރާތްތަކަށް ރައްދުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

”ހަމަ ގައިމުވެސް ހަރަދުކޮށްފަ ބާކީހުރި އެއްޗެއް ވެއްޖިއްޔާ އަޅުގަނޑުމެން އަނބުރާ ދޭނަން،“ ސުހައިލް ވިދާޅުވިއެވެ.

ހިޔާ ފުލެޓުތަކުގެ ކުލި ނަގަނީ މެއިންޓެނެންސް ފީ އަކާ އެކީގައެވެ. އެގޮތުން ފުލެޓުތަކުގެ ކުއްޔަށް 7،500 ރުފިޔާ ނަގާއިރު މެއިންޓެނެންސް ފީ އަށް ނަގާ 1،000 ރުފިޔާވެސް ނަގާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް