އަލިފާން ނިއްވާ ފުޅިއެއް ގޮވައި ދެ މީހަކު ފިހިއްޖެ

Loading

Facebook
Twitter
WhatsApp

މާލޭގެ ގުދަނެއްގައި ހުރި އަލިފާން ނިއްވާފުޅިއެއް ގޮވައި ދެ މީހަކު ފިހިގެން ފަރުވާދޭން ފަށައިފި އެވެ.

އެމްއެންޑީއޭފް ބުނީ މި ހާދިސާ ހިނގީ މާލޭ ބިސްބުރު ކައިރީ ހުރި  އަލިފާން ނިއްވާ ފުޅި ރައްކާކުރާ ގުދަނެއްގައި ކަމަށާ އެ ގުދަނުގެ ތެރެއިން ގޮވާފައި ވަނީ އެފްއެމް200ގެ ސިލިންޑަރެއްގައި ކަމަށެވެ. ނަމަވެސް މި ފުޅި ގޮވަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފްން އަދި ހާމައެއް ނުކުރެއެވެ.

އެ ހާދިސާގައި އަނިޔާވީ ދިވެއްސަކާއި ބިދޭސީއަކަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އެ ދެ މީހުން ވެސް ހޮސްޕިޓަލަށް ގެންގޮސް މިހާރުގެންދަނީ ފަރުވާދެމުންކަމަށް ވެސް އެމްއެންޑީއެފްން ބުންޏެވެ.

މި ދެ މީހުން ފިހިފައިވަނީ ކުހާވަރަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން އއަންނަނީ ހަރަކާތްތެރިވަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް