ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

    މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި  މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ގައެވެ. ފުލުހުން […]

މާލެ ކައިރިން ޕިކްނިކަށްދާނެ ރަށެއް ހެދުމުގެ ގޮތުން އާންމުންގެ ހިޔާލު ހޯދަނީ

  މާލެ ކައިރީ ސަރަހައްދުން ޕިކްނިކަށްދާނެ ރަށެއް ތަރައްގީކުރުމަށް ކުޑަގިރި ފަޅު ހިއްކުމަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާލައިފިއެވެ. މި ފަޅު ހިއްކުމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާފައިވަނީ އޮންލައިން ކޮށެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މި ސަރވޭއަކީ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށްޓަކައި ރަށެއް ތަރައްގީކުރުމަށް ސަރުކާރުން ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ބިންހިއްކުމުގެ މަޝްރޫއަށް ތައްޔާރުކުރެވޭ އީއައިއޭއަށް ހެދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދާ ސަރވޭއެކެވެ. މި ސަރވޭގެ ބޭނުމަކީ […]

އެމްޑީޕީގެ އިންތިހާބުގައި 730 ކެނޑިޑޭޓުން ވާދަކުރޭ

  ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިހާބު 2021 އަށް އެތެރޭގެ 730 ކެނޑިޑޭޓުން ވާދަކުރާކަމަށް އެޕާޓީން ހާމަކޮށްފިއެވެ. އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ބެހޭގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ބުނީ އެޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓް މިއަދު އާންމު ކުރާނެކމަށެވެ. ނޫސްވެރިންނާ މައުލުމާތު ހިއްސާ ކުރައްވަމުން އެ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް  […]

ހަނިމާދޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

  ހދ. ހަނިމާދޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި އެވެ. ފުލުހުން ބުނީ މިއަދު ނައްތާލައިފައިވާ ބަނގުރާތަކަކީ ހަނިމާދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތިކަމަށެވެ. ފުލުހުން ބުނީ މި ބަނގުރާތަކަކީ 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 122 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތައްކަމަށެވެ. އޭގެތެރޭގައި ހިމެނެނީ  425 ފުޅި ބަނގުރާ އާއި 13 ދަޅު ބަނގުރާ ކަމަށް ވެސް […]

މުރައިދޫ ބަނދަރު ތަރައްގީކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި

  ހއ.މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް  މިއަދު  ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. 33.72 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް […]

ކުޑަކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އިނިޔާކުރި މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު އެމައްސަކައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށާ ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންކަމަށެވެ. އެއީ 31 އަހަރުގެ މީހަކާއި 26 އަހަރުގެ ދެ މީހުންކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ހޯމަދުވަހުގެ ރޭ ކަމަށް ވެސް ފުލުހުން ބުނެއެވެ. ރަހީނުކުރުމަށްފަހު އަނިޔާކޮށްފައިވަނީ އުމުރުން 17 އަހަރުގެ ފިހެން […]

އަނެއްކާވެސް ކުޑަކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް

  އަނެއްކާވެސް ކުޑަކުއްޖަކު ރަހީނުކޮށް އަނކިޔާކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ. ފުލުހުން ބުނީ ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އިނިޔާކުރި މައްސަލައެއް އިއްޔެ އެ މުއައްސަސާ އަށް ރިޕޯޓް ކޮށްފައިވާ ކަމަށާ، އެ މައްލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ ރަހީނުކުރުމަށްފަހު އަނިޔާކޮށްފައިވަނީ އުމުރުން 17 އަހަރުގެ ފިހެން ކުއްޖަކަށް ކަމަށެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އާދީއްތަ ދުވަހުގެ ރޭ އެކުއްޖާ ފެނުނީ އެރަށު އެންޓަނާ އެއްގައި […]

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަން ހުށަހަޅަން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ހިންގަމުންއަންނަ “އަހަރެންގެ ބޭންކް” ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފިއެވެ. ބީއެމްއެލް އިން ބުނީ ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ މި ފަންޑަށް މިއަހަރުގެ ތިންވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް  ޕްރޮޕޯސަލް ހޮވުމަށް ހަމަޖައްސާފައިވާކަމަށެވެ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ. އޭގެތެރޭގައި ތައުލީމާއި، […]

ފިހާރައަކުން ޝޭވަރެއް ވަގަށް ނެގި މީހަކު 8600ރުފިޔާއިން ޖޫރިމަނާ ކޮށްފި

  މަޝްހޫރު އިހުސާން ފިހާރައިން ޝޭވަރެއް ވަގަށް ނެގި މީހަކ8،600ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ އުމުރުން 37 އަހަރުގެ  ފިރިހެނަކަށެވެ. ދައުލަތުން އޭނާގެ މަށްޗަށް އުފުލާފައިވަނި ވައްކަން ކުރުމުގެ ދައުވާ އެވެ. އިއްޔެ ކޯޓުން އޭނާގެ މަށްޗަށް ޖޫރިމަނާ ކުރަން ހުކުމް ކުރީ 2018 އަހަރުގެ ސެޕްޓެމްބަރު މަހުގައި ގައި އިހްސާން ފިހާރަ އަށް ވަދެ ފިޔާތޮށި ކުލައިގެ، ކެމީ ބްރޭންޑްގެ ޝޭވަރެއް ވަގަށް ނެގި […]

މިލަދޫ ބަނދަރުގެ ބޭރުތޮށިލުން ނިންމާލައިފި

  ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ނިންމާލައިފިއެވެ. މިބަނދަރު މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ބުނީ  މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް މިއަދު ނިމިފައިވާ ކަމަށެވެ. އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 56 ޕަސެންޓް ވަނީ ނިމިފައި ވާކަމަށާ އެ ކުންފުނީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މިމަޝްރޫއުގެ މަސައްކަތް ނިންމާލުމަށް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ. ޕްލޭނިން މިނިސްޓްރީން […]