ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަން ހުށަހަޅަން ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ހިންގަމުންއަންނަ “އަހަރެންގެ ބޭންކް” ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ މި ފަންޑަށް މިއަހަރުގެ ތިންވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް  ޕްރޮޕޯސަލް ހޮވުމަށް ހަމަޖައްސާފައިވާކަމަށެވެ

ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ. އޭގެތެރޭގައި ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ޕްރޮޕޯސަލްތައް ހުށަހެޅޭނެ ކަމަށް އެ ބެންކުން ބުނެއެވެ.

ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް މި ފަންޑުގެ ދަށުން ރާއްޖޭގެ 50 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.

ބީއެމްއެލް އިން ވަނީ ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ މި ފަންޑުން މިއަހަރުގެ ދެވަނަ ފިޔަވަހީގެ ހުށަހެޅި ޕްރޮޕޯސަލް ތަކުގެ ތެރެއިން އެންމެ ރަގަޅު ފަސް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ފައެވެ.

އެއީ ހދ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުމަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ދިން އެހީތެރިކަމާއިށ. ޅައިމަގު ގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުމަށް ޅައިމަގު އެކުވެރިންގެ ރޫހަށް ދިން އެހީތެރިކަމުގެ އިތުރުން ލ. ގަމުގެ އަތިރިމަތީގައި ސޯލާ ލައިޓްހަރުކޮށް ކޮމިއުނިޓީ ޕާކެއް ހެދުމަށް އަމިއްލަ ފަރާތެއް ކަމަށްވާ އިބްރާހިމް ނިޔާޒަށް ދިން އެހީތެރިކަމެވެ. ދެން މިލިސްޓްގައި ހިމެނެނީ ގދ. ފިޔޯރީގައި އައުޓްޑޯރ ކޮމިއުނިޓީ ލައިބްރަރީއެއް ހެދުމަށް ފިޔޯރީ އެސޯސިއޭޝަން ފޯރ ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި އައްޑޫސިޓީ މަރަދޫގައި ކޮމިއުނިޓީ ޕާކެއް ހެދުމަށް އަމިއްލަ ފަރާތެއް ކަމަށްވާ އިބްރާހިމް އާތިފަށް ދިން އެހީތެރިކަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް