އަނެއްކާވެސް ކުޑަކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް

Loading

Facebook
Twitter
WhatsApp

 

އަނެއްކާވެސް ކުޑަކުއްޖަކު ރަހީނުކޮށް އަނކިޔާކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ފުލުހުން ބުނީ ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އިނިޔާކުރި މައްސަލައެއް އިއްޔެ އެ މުއައްސަސާ އަށް ރިޕޯޓް ކޮށްފައިވާ ކަމަށާ، އެ މައްލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ރަހީނުކުރުމަށްފަހު އަނިޔާކޮށްފައިވަނީ އުމުރުން 17 އަހަރުގެ ފިހެން ކުއްޖަކަށް ކަމަށެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އާދީއްތަ ދުވަހުގެ ރޭ އެކުއްޖާ ފެނުނީ އެރަށު އެންޓަނާ އެއްގައި އައްސާފައި ހުއްޓައެވެ. އެކުއްޖާގެ ގައިގައި ތަޅާފައިވާކަމުގެ ނިޝާންތައް ފެންނަން ހުރި އިރު އޭނާގެ އަގަމަތީގައި ޓޭޕް އަޅާފައި ވާކމަށް ވެސް އެރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.

 

“ އެ ކުއްޖާ އޮތީ ދެ އަތާ ދެފައި އައްސާ އަނގަމަތީ ޓޭޕްއަޅައި ވަރަށް އަނިޔާކޮށްފައި އޮތީ“ އެމީހާ ބުންޏެވެ.

ވަގުތެއްގައި ބަޔަކު މީހުން އެކުއްޖާ ގެންގޮސް އެންޓަނާއެއްގައި އައްސާފަ ބަހައްޓާފަ ވަނީ ވަނީ އަނިޔާ ކޮށްފައެވެ. އަދި ބަލަމުން ގެންދާ ކަމަށާއި އެކަމާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. ނަމަވެސް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ ބަލަމުންދާކަމަށް ވެސް ފުލުހުން ބުނެއެވެ.

އުމުރުން  13 އަހަރުގެ ކުއްޖަކު ވެސް ރަހީނުކުރުމަށްފަހު އަނިޔާކޮށް މަރާލާފަ އެއްލާލާފަ އޮއްވާ ދާދިފަހުން ވަނީ ފެނިފައެވެ. މި ކުއްޖާ މަރާލާފައި އޮތްވާ ފެނުނީ ޖޫން  21 ވަނަދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ މޫދަށް އެއްލާލާފައިވާ ފޮށްޓެއްގެ ތެރެއިންނެވެ. މި ކުއްޖާ ފެނިފައިވަނީ ރަހީނުކުރި މައްސަލައިގައި އެ ކުއްޖާ ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް