މިލަދޫ ބަނދަރުގެ ބޭރުތޮށިލުން ނިންމާލައިފި

Loading

Facebook
Twitter
WhatsApp

 

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މިބަނދަރު މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ބުނީ  މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް މިއަދު ނިމިފައިވާ ކަމަށެވެ.

އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 56 ޕަސެންޓް ވަނީ ނިމިފައި ވާކަމަށާ އެ ކުންފުނީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މިމަޝްރޫއުގެ މަސައްކަތް ނިންމާލުމަށް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ މިމަސައްކަތް ހަވާލުކުރީ 2019 އަހަރުގެ ސެމްޓެމްބަރު މަހުގައެވެ. 42.1 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީ އާ އޭރު ހަވާލުކުރީ 330 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ.

އެމްޓީސީސީން ބުނީ މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މި މަޝްރޫއުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުނ 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ އިތުރުން 1،430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް