ކުޑަކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އިނިޔާކުރި މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު އެމައްސަކައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށާ ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންކަމަށެވެ. އެއީ 31 އަހަރުގެ މީހަކާއި 26 އަހަރުގެ ދެ މީހުންކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ހޯމަދުވަހުގެ ރޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރަހީނުކުރުމަށްފަހު އަނިޔާކޮށްފައިވަނީ އުމުރުން 17 އަހަރުގެ ފިހެން ކުއްޖަކަށެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އާދީއްތަ ދުވަހުގެ ރޭ އެކުއްޖާ ފެނުނީ އެރަށު އެންޓަނާ އެއްގައި އައްސާފައި ހުއްޓައެވެ. އެކުއްޖާގެ ގައިގައި ތަޅާފައިވާކަމުގެ ނިޝާންތައް ފެންނަން ހުރި އިރު އޭނާގެ އަގަމަތީގައި ޓޭޕް އަޅާފައި ވާކމަށް ވެސް އެރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.

“ އެ ކުއްޖާ އޮތީ ދެ އަތާ ދެފައި އައްސާ އަނގަމަތީ ޓޭޕްއަޅައި ވަރަށް އަނިޔާކޮށްފައި އޮތީ“ އެމީހާ ބުންޏެވެ.

އުމުރުން  13 އަހަރުގެ ކުއްޖަކު ވެސް ރަހީނުކުރުމަށްފަހު އަނިޔާކޮށް މަރާލާފަ ފޮއްޓަކަށް އަޅައި ހުޅުމާލޭ މޫދަށް އެއްލާލާފަ އޮއްވާވެސް ދާދިފަހުން ވަނީ ފެނިފައެވެ. އެ ކުއްޖާ މަރާލާފައި އޮތްވާ ފެނުނީ ޖޫން  21 ވަނަދުވަހުގެ ރޭ ދަންވަރު އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް