ގައިދީ މަރުވި މައްސަލަ ބެލުމަށް އެމްނެސްޓީން ގޮވާލައިފި

ހުޅުމާލޭ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި ގައިދީގެ މަރުގެ މައްސަލަ މިނިވަން ތަހުގީގެއް ކޮށް ބެލުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދިޔަ ގދ. ވާދޫ، ޖަނަވަރީގެ މުހައްމަދު އަސްލަމް (40 އަހަރު) މަރުވީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސްލަމް މަރުވި މައްސަލާގައި ހޮސްޕިޓަލުން ދީފައިވާ މަރު […]
ސީއެޗްއެސްސީގެ ޓީޗަރަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ސުއޫދު މުހައްމަދުފުޅު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސުއޫދު ނިޔާވީ ރޭ ނިދާފައި އޮއްވާ ނޭވާލުމަށް އުނދަގޫތަކެއް ވުމުން ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ނިޔާވިއރު އުމުރުން 52 އަހަރެވެ. ސުއޫދުވަނީ 22 އަހަރުގެ ދިގު މުއްދަތަކަށް ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވާފައެވެ. އެ ބޭފުޅާ ސީއެޗްއެސްސީގައި ކިޔަވައި ދެމުންގެންދާތާ 19 އަހަރުވެފައިވާއިރު […]
ޖިންސީގޯނާގެ މުޑުދާރު ތުހުމަތު އިންސާފް ކުރިމަށްޗަށް ގެނައުމާއެކު ރައީސުލް ޖުމްހޫރިއްޔާ ގޯސްވެއްޖެ: އަނދުން ހުސައިން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީވަހީދުގެ މަށްޗަށް މުއައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ މުޑުދާރު ތުހުމަތުތައް ކުރުމުން އެކަން އިންސާފްގެ ކުރިމަށްޗަށް ގެނައުމާއެކު ގޯސްވީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ. އަލީ ވަހީދު އަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކުން ރެކެން ފިއްލަވައިގެން ރާއްޖޭން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަނިކޮށް ވިސާގެ މައްސަލައެއްގައި އެގައުމުގެ ފުލުހުން ވަނީ މިދިޔަ […]
އިމްތިހާން ހެދުމެއްނެތި ބަންގްލަދޭޝް މީހުންނަށް ލައިސަންސް ދޫކުރަނީ

އިމްތިހާން ހެދުމަކާ ނުލައި ރާއްޖޭގެ ލައިސަންސް ބިދޭސިންނަށް ދޫކުރަން ހަމަޖެއްސި ގައުމުތަކުގެ ތެރެއަށް ބަންގްލްދޭޝް އިތުރުކޮށްފި އެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހާއެކު ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ޓްރާސްޕޯޓް މިނިސްޓްރީއަށް އިހްތިޔާރު ދީފައިވެއެވެ. އެ އިހުތިޔާރުގެ ދަށުން އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ލިސްޓެއް އެކުލަވާލާ އެ މިނިސްޓްރީން އާންމުކުރީ […]
ގައިދީއެއްގެ ގަޔަށް ހޫނު ފެން ޖެހުމުގައި ކަރެކްޝަން މުއައްޒަފެއްގެ ނުހިމެނޭކަމަށް ބުނެފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީ އެއްގެ ގަޔަށް ހޫނުފެން ޖެހި މައްސަލައިގައި ޖަލު ބަލަހައްޓަމުން ގެންދާ މޯލްޑިވްސް ކަރެކްޝަން ސާވިސްގެ މުވައްޒަފެއްގެ އަތެއްވާކަމަށް ދެކެވޭވަހަކަ ކަރެކްޝަން އިން ދޮގުކޮށްފިއެވެ. މާފުށީ ޖަލުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ހުކުމް ތަމްފީޒު ކުރަމުންދިޔަ ގައިދީއެއް ގަޔަށް ހޫނުފެންޖެހި މައްސަލައެއް ފެންމަތިވެފައިވާއިރު އެ ގައިދީގެ ގަޔަށް ހޫނު ފެން ޖެހުމުގައި ކަރެކްޝަން މުއައްޒަފެއްގެ އަތެއްވާކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ވާހަކަ ފަތުރަމުންނެވެ. މައުލޫމާތު […]
މަސްވެރިންގެ ދުވަސް މިއަހަރު ފާހަގަކުރާނީ ގާފަރުގައި

މިއަހަރުގެ މަސްވެރިންގެ ދުވަސް ކ. ގާފަރުގައި ފާހަގަކުރަން ނިންމައިފި އެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރަން ނިންމީ ދުވަސްވަރަށް ރިއާޔަތްކޮށް ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. މީގެކުރިން މަސްވެރިންގެ ދުވަސް ފާހަގަކުރާނެ ރަށެއް ސަރުކާރުން ކަނޑައަޅަނީ އާންމުކޮށް އެކަމަށް ހުޅުވާލުމުން ކުރިމަތިލާ ރަށްތަކެއް ބެލުމަށްފަހު އެވެ. ނަމަވެސް މިއަހަރު އެފަދަ އިއުލާނެއް ކޮށްފައެއް ނުވެ އެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުން ދަނީ ކޮންމެ އަހަރެއްގެ […]
މާލޭ ސިޓީގެ ބްލޮކްތަކުގެ ވެރިންނަށް ވުމަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި

މާލެ ސިޓީގައި އައްޔަންކުރާ ބުލޮކް ވެރިންނަށް ވުމަށް އެދުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މާލޭ ސިޓީކައުންސިލުން ބުނީ ބްލޮކްތަކުގެ ވެރިންނަށް ވުމަށް އެދުމުގެ މުއްދަތު އިތުރުކުރީ ގިނަ ފާރާތްތަކުން އެކަމަށް އެދެމުން ދާތީ ކަމަށެވެ. ބްލޮކްތަކުގެ ވެރިންނަށް ވުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. މި މުއްދަތު ކުރިން އޮތީ މި މަހު 16 ގެ ނިޔަލަށެވެ. ސިޓީ ކައުންސިލުން ބުނީ ކޮންމެ ބްލްކޮއަކަށް ވެރިއަކު އައްޔަން […]
ބޭނުންވާ ކޮންމެ ކެންޑިޑޭޓަކަށް ވެސް އެމްޑީޕީ ހަރުގެ ދޫކުރާނެ: ހަސަން

ކޮންމެ ކެންޑިޑޭޓަކަށް ވެސް ހަރަކާތްތައް ބާއްވަން އެމްޑީޕީ ހަރުގެ ދޫކުރާނެ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. މާލެސިޓީގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މާލެ ސިޓީގެ ރައީސް ކަމަށް ކުރިމަތިލައިގެން އުޅުއްވާ ޝިފާ މުހައްމަދުގެ ކެމްޕެއިން އިވެންޓެއް އެމްޑީޕީ ހަރުގޭގައި ބޭއްވި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި މީހަކު ހަސަން ލަތީފް ޓެގްކޮށް ބުނެފައިވަނީ ޕާޓީގެ ވަކި […]
އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި

އައްޑޫސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްފިއެވެ. ފުލުހުން ބުނީ އައްޑޫ ސިޓީ ފްލެޓު ސަރަހައްދުގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން ކަމުގެ މައުލޫމާތު ލިބުނީ މިއަދު 12:08ހާ އިރު ކަމަށެވެ. ހަމަލާގައި ޒަހަމްވެފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެ އެވެ. ހަމަލާގައި ޒަހަމްވި މީހާއަށް މިހާރުއައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދެމުންނެވެ. މި ހަމަލާގައި ޒަހަމްވި މީހާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މި ފޮޓޯތަކުން ފެންނަ ގޮތުގައި […]
ފަޑިޔާރުންގެ އޯޑިއޯ ތަހުލީލު ކުރުމަށް ބޭރުގެ ތަހުލީލީ އިދާރާ އަކަށް ހަވާލުކުރުމަށް ސުޖާ ގޮވާލައިވައިފި

ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމަށް މަނީ ލޯންޑަރިން މައްސަލައިގައި ހުކުމްކުރި ކުރިމިނަލް ކޯޓުގެ ގާޒީންގެ އޯޑިއޯތަކެއް ކަމަށް ބެލެވޭ އޯޑިއޯތައް ތަހްލީލު ކުރުމަށް ބޭރުގެ ތަހްލީލީ އިދާރާއަކާ ހަވާލުކޮށްދިނުމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ޝުޖާއު ގޮވާލައްވައިފިއެވެ. ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ މި އޯޑިއޯތަކުގެ ސައްހަކަން ބަލަންޖެހޭ ކަމަށާ އޯޑިއޯތައް ތަހުލީލު ކުރުމަށް އަމިއްލަ ފަރާތަކަށް ދިނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ސުޖާ ވިދާޅުވީ […]