މަސްވެރިންގެ ދުވަސް މިއަހަރު ފާހަގަކުރާނީ ގާފަރުގައި

Loading

Facebook
Twitter
WhatsApp

 

 

މިއަހަރުގެ މަސްވެރިންގެ ދުވަސް ކ. ގާފަރުގައި ފާހަގަކުރަން ނިންމައިފި އެވެ.

 

ފިޝަރީޒް މިނިސްޓްރީން ބުނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރަން ނިންމީ ދުވަސްވަރަށް ރިއާޔަތްކޮށް ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

މީގެކުރިން މަސްވެރިންގެ ދުވަސް ފާހަގަކުރާނެ ރަށެއް ސަރުކާރުން ކަނޑައަޅަނީ އާންމުކޮށް އެކަމަށް ހުޅުވާލުމުން ކުރިމަތިލާ ރަށްތަކެއް ބެލުމަށްފަހު އެވެ. ނަމަވެސް މިއަހަރު އެފަދަ އިއުލާނެއް ކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުން ދަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

މަސްވެރިންގެ ދުވަސް އެކި އަހަރުތަކުގައި އެކި ރަށްރަށުގައި ކުލަގަދަކޮށް ބާއްވާއިރު މި ދުވަސް ވެފައިވަނީ މަސްވެރިކަމާގުޅުން ހުރި ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް އަގުވަޒަންކުރުންވެސް ފާހަގަކުރާ ދުވަހެއްގެ ގޮތުގައެވެ. ނަމަވެސް މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް އަދި ހާމައެއް ނުކުރެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް