އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި

Loading

Facebook
Twitter
WhatsApp

 

އައްޑޫސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ފްލެޓު ސަރަހައްދުގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން ކަމުގެ މައުލޫމާތު ލިބުނީ މިއަދު 12:08ހާ އިރު ކަމަށެވެ.

ހަމަލާގައި ޒަހަމްވެފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެ އެވެ.

ހަމަލާގައި ޒަހަމްވި މީހާއަށް މިހާރުއައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދެމުންނެވެ.

މި ހަމަލާގައި ޒަހަމްވި މީހާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މި ފޮޓޯތަކުން ފެންނަ ގޮތުގައި ޒަހަމް ވއެ މީހާ ބޯވެސް ވަނީ ޒަހަމްވެފައެވެ.

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީގައި އޭނާއަށް ފަރުވާދެމުން އަންނަ އިރު ހޮސްޕިޓާލުން ބުނީ މައުލޫމާތު އެމީހާގެ ބޮލަށް ގިނަ ޒަހަމްތަކެއް ވެފައިވާ ކަމަށެވެ.

މި މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް