ބޭނުންވާ ކޮންމެ ކެންޑިޑޭޓަކަށް ވެސް އެމްޑީޕީ ހަރުގެ ދޫކުރާނެ: ހަސަން

Loading

Facebook
Twitter
WhatsApp

 

ކޮންމެ ކެންޑިޑޭޓަކަށް ވެސް ހަރަކާތްތައް ބާއްވަން އެމްޑީޕީ ހަރުގެ ދޫކުރާނެ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މާލެސިޓީގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މާލެ ސިޓީގެ ރައީސް ކަމަށް ކުރިމަތިލައިގެން އުޅުއްވާ ޝިފާ މުހައްމަދުގެ ކެމްޕެއިން އިވެންޓެއް އެމްޑީޕީ ހަރުގޭގައި ބޭއްވި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި މީހަކު ހަސަން ލަތީފް ޓެގްކޮށް ބުނެފައިވަނީ ޕާޓީގެ ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިން ކުރުމަށް ޕާޓީގެ ހަރުގެ ބޭނުންކުރަނީ ކޮންގޮތަކަށްތޯ ސުވާޅުކުރައްވާފައެވެ. އެމީހާ ބުނެފައިވަނީ މިހާރު ފެންނަމުންދަނީ ވަރަށް ހުދުމުހުތާރު ގޮތްގަޑެއް ކަމަށެވެ. އަދި އަދި ވަކި އާއިލާއެއްގެ ހަރުމުދާގަނޑެއްވީމާ ވާނީ މިހެންކަމަށް ވެސް އޭނާވަނީ ބުނެފައެވެ.

އެއައް ރައްދު ދެއްވާ ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަރުގޭގައި ހަރަކާތްތައް ބާއްވަން ކޮންމެ ކެންޑިޑޭޓެއް އެދުނަސް ހަރުގެ ދިފައިވާނެކަމަށެވެ.

“ ޕާޓީ ހަރުގޭގަ ހަރަކާތްތައް ބާއްވަން ކޮންމެ ކެންޑިޑޭޓެއް އެދުނަސް މީގެ ކުރިންވެސް ހުންނާނީ ދީފަ. އެ އުސޫލުން މިހާރުވެސް ދެމުން ގެންދާނީ.“ ހަސަން ވިދާޅުވިއެވެ.

އެމްޑީޕީ ތެރޭގައި މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބް ބޭއްވުމަށ ތައްޔާރީތައް ވަމުންއަންނައިރު އިންތިހާބުގެ ކަންކަން ކުރިއަށް ދާގޮތާމެދު ގިނަބަޔަކު ދަނީ ސުވާލު އުފައްދައި ޝަކުވާތައް ކުރަމުންނެވެ.

 

އެ ޕާޓީގެ އިންތިހާބަށް ކުރިމަތިލައިފައިވާ ކެނޑިޑޭޓުންނާ މެދު ޕާޓީ އޮފީހުންނާ ޕާޓީގެ އިސްފަރާތްތަކުން ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ކެނޑިޑޭޓުންގެ ސަޕޯޓަރުން އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް