ރައީސްގެ އަނބިކަނބަލުންގެ އަރިހަށް ޝާހިދުގެ އަނބިކަނބަލުން އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އަރިހަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދުގެ އަނބިކަނބަލުން އާއިޝަތު ސުއިޒާ، އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގޭގައި މިއަދު އެވެ. . ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮންމެ ފަރުދަކަށް ނުވަތަ ގައުމަކަށް ލިބޭ ޝަރަފަކާއި ފަހުރެއްގެ ފަހަތުގައި އެތައް ބައެއް އަދި ހާއްސަގޮތެއްގައި އެތައް […]

ދިވެހިން ބައިބައިކޮށް ދިވެހިން ވިއްކާލާ ދީނީ މިނިވަންކަން ދިނުމުގެ މަސައްކަތް ރައީސް ކުރައްވާ: އަބްދުއްރަހީމް

  ދިވެހިން ބައިބައިކޮށް ދިވެހިން ވިއްކާލާ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައީސުލް ޖުމުހޫރިއްޔާ މަސައްކަތްކުރައްވާކަމުގެ ތުހުމަތު އިދިކޮޅު ލީޑަރު އަބްދުއްރަހީމް އަބްދުއްލާ ކުރައްވައިފިއެވެ. ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހީން ބައިބައިކުރުމުގެ މަސައްކަތް ރައީސް ސާލިހު އާއި މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. ”ދިވެހީންގެ ޒަމާންވީ އެކުވެރިކަމާ އެއްބައިވަންތަކަން ނަގާލާ، […]

ރާއްޖޭގައި ޖަހާ ތިން ވެކްސިނެއް އިނގިރޭސި ސަރުކާރުން ބަލައިގަނެ ދިވެހިންނަށް ލުއިތަކެއް

  ކޮވިޑް 19 އިން ދިފާއުވުމަށް ރާއްޖޭގައި ޖަހާ ތިން ވެކްސިނެއް ބަލައިގަނެ އިނގިރޭސިވިލާތަށް ތަތުރުކުރާ ދިވެހިންނަށް ލުއިތަކެއް ދޭން އެގައުމުން ނިންމައިފިއެވެ.   އިނގިރޭސިވިލާތުން ނިންމާފައިވަނީ އިންޑިއާގެ ކޮވިޝީލްޑް އަދި ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިންގެ އިތުރުން ޖަރުމަނުގެ ފައިޒާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ލުއި ދިނުމަށެވެ.   ރާއްޖޭގައި ހުންނަ އިނގިރޭސި ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިނގިރޭސި ސރުކާރުގެ ނިންމުމާ ގުޅިގެން ވެކްސިން ފުރިހަމަ ކޮށްގެން އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް […]

މަތީ ދަރަޖަ ހޯއްދެވި ފަރާތްތަކަށާއި ހާފިޒުންނަށް ހާއްސަ މެޑެލް ދެއްވައިފި

  ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަތީ ދަރަޖަ ހޯއްދެވި ފަރާތްތަކަށާއި ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި މިއަހަރު ފާސްވި ހާފިޒުންނަށް ހާއްސަ މެޑެލް މިރޭ ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި އިނާމުތައް ދެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 11 ބޭފުޅަކަށެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ދިވެހިރާއްޖޭގެ ގައުމީ […]

ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމް ދެއްވައިފި

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހަތަރު ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، 1443 ވަނަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ […]

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ސުކޫލް އިމާރަތް ކުރުމަށް ހުޅުވައިލުމުން އެކަށީގެންވާ ތަރުހީބެއް ނުލިބުނު

  ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ދެ ސްކޫލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކުރުމުން އެކަށީގެންވާ ތަރުހީބެއް ނުލިބުނެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސްކޫލް އިމާރާތް ކުރުމަށް ފިނޭންސް މިނިސްޓްރީން ހުޅުވައިލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ހުޅުވާލުމަށް މާބޮޑު ތަރުހީބެއް ނުލިބުމުން މިނިސްޓްރީން ވަނީ އަނެއްކާވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ދެ ސްކޫލް އިމާރާތް ކުރާނެ ބަޔަކު ހޯދުމަށް އަލުން އިއުލާން ކޮށްފައިވާއިރު އެ […]

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ބައްދަލުވުން އިދިކޮޅުން ބޮއިކޮޓް ކޮށްފި

  އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ އަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުން އިދިކޮޅު ޕީޕީއެމް / ޕީއެންސީން ބޮއިކޮޓްކޮށްފި އެވެ. ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މިއަދު ހެނދުނު ބައްދަލުކުރެއްވި އިރު  އެ ބައްދަލުވުމުގައި ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ބައިވެރިވެވަޑައިގެންފައި ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުން ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ބައިވެރިނުވީ […]

ކޭޝް ކާޑެއް ވަގަށް ނަގައިގެން ގިނަ އަދަދެއްގެ ފޯން ގަނެފި

  ކޭޝް ކާޑެއް ވަގަށް ނަގައިގެން ގިނަ އަދަދެއްގެ ފޯން ގަނެފިއެވެ. ފުލުހުން ވަނީ ވަގަށް ނަގާފައިވާ ކޭޝް ކާޑެއް ބޭނުން ކޮށްގެން ގިނަ އަދަދެއްގެ މޯބައިލް ފޯން ގަތް ކަމަށް ތުހުމަތު ކުރެވޭ މީހާ  ހޯދަން އެމީހާ ކަމަށް ތުހުމަތު ކުރެވޭ މީހާގެ ވީޑިއޯ އާންމު ކޮށްފައެވެ. ވީޑިއޯއިން ފެންނަނީ ޓީޝާޓަކާއި ސޯޓެއް ލައިގެން ހުރި ފިރިހެނަކު  ބޯބައިލް ވިއްކާ ފިހާރައެއްގެ ތެރޭގައި ހަރަކާތްތެރިވާ ތަނެވެ. އެމީހާގެ އަތުގައި ވިޔަފާރި ކޮތަޅުތަކެއް ހުއްޓެވެ. ފުލުހުން ބުނީ […]

އަޑިއަށް ދިޔަ ދޯނިން ކަނޑުވި އެންމެން ސަލާމަތްކޮށްފި

    ކާށިދޫން ފުރައިގެން ޅ. އަތޮޅަށް ދަތުރުރުކުރަނިކޮށް އަޑިއަށް ދިޔަ ދޯނިން ކަނޑުވި އެންމެން ސަލާމަތް ކަމާއެކު ކާށިދޫއަށް ގެންގޮސްސިއެވެ. އެމްއެންޑީއެފް އިން ބުނީ “ ބައިވިލާ“ ނަމަކަށް ކިޔާ މިދޯންނި އަޑިއަށް ދިޔައިރު އޭގައި ފަސް މީހުން ތިއްބިކަމަށެވ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ. އެއިން ދަތުރުކުރި މީހުން މިއަދު ހެނދުނު ކަނޑުން ނަގާ ކާށިދޫއަށް ގެންދިޔަ ކަމަށާ އެންމެންގެ ހާލު ރަނގަޅުކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އެ ދޯންޏަކީ 60 ފޫޓުގެ ސަޕްލައި […]

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

  މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރުކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ހޯދަމުން ދަނީ ކ. މާލެ / މއ. ކަޅުފެހިގެ، ޖައުފަރު ޝަފީއު (51އ)  އެވެ. ޖައުފަރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 އޮކްޓޯބަރ 05 ވަނަ ދުވަހުގެ 10:45 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން […]